މާވިން އާއި މޭރީ
ހަބަރު
22 Jun 2026 | 14:34
މޭރީ މަރާލިކަން މާވިންގެ މައްޗަށް ސާބިތުވެއްޖެ

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) ގައި ނަރުހެއްގެ ގޮތުގައި މަސައްކަތް ކުރި ފިލިޕީންސްގެ ރައްޔިތެއް ކަމުގައިވާ މޭރީ ގްރޭސް އޮނެޑް ޕިނެޑާ މަރާލި މައްސަލައިގައި އޭނާގެ ފިރިމީހާ މާވިން އެސް. ވައި. ވާގަސް (ޔޫސުފް) ގެ މައްޗަށް ކުށް ސާބިތުވެއްޖެއެވެ.

ކްރިމިނަލް ކޯޓުން މިއަދު ކުރި ހުކުމުގައި މި ކުށް މާވިންގެ މައްޗަށް ސާބިތުވާ ކަމަށް ކަނޑައެޅިއިރު، އަދަބާ މެދު ވާހަކަ ދެއްކުން އޮތީ އަންނަ މަހުގެ އެއްވަނަ ދުވަހުއެވެ.

މާވިންގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު 19 ވަނަ ދުވަހު މާލޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓުގައި މޭރީގެ ބޮލާއި ކަރަށް ހަމަލާ ދީ ނޭވާ ހާސްކޮށްގެން މަރާލި ކަމުގެ ދައުވާއެވެ. މާވިންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލީ 4 ޖެނުއަރީ 2022 ގައެވެ.

މޭރީގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިޔައީ ފިރިމީހާ މާވިންއެވެ. ފުރަތަމަ މާވިން ބުނީ މޭރީ ދަންޖެހިގެން މަރުވީ ކަމަށެވެ. ނަމަވެސް ހަށިގަނޑުން ދަންޖެހުމުގެ ނިޝާނެއް ފެންނަން ނެތުމުން ފުލުހުން ވަނީ މާވިން ހައްޔަރުކޮށްފައެވެ. މާވިން ހައްޔަރުކުރީ 27 އޮކްޓޫބަރު 2021 ގައެވެ. މޭރީގެ ހަށިގަނޑު އޮޓޮޕްސީ ހެދުމަށް އިންޑިއާ އަށް ފޮނުވައި އޭގެ ފަހުން ފިލިޕީންސްގައި ހުންނަ އާއިލާއާ ހަވާލުކުރީ 7 ނޮވެމްބަރު 2021 ގައެވެ. އޮޓޮޕްސީ ރިޕޯޓުން ދައްކާ ގޮތުގައި މޭރީ މަރުވީ ދަންޖެހިގެން ކަމަށް ޤަބޫލެއް ނުކުރެވެއެވެ.

އޮޓޮޕްސީ ރިޕޯޓުން މޭރީގެ ކަރާއި ބޮލަށް ލިބިފައިވާ ޒަޚަމްތަކުގެ ސަބަބުން މަރުވީ ކަމަށް ދައްކައެވެ. އަދި މޭރީގެ ލޭގައި ސަކްސިނައިލްކޮލީން ހުރި ކަމަށް ފާހަގަކުރެވިފައިވެއެވެ. އެ ބޭހުގެ ބޭނުންކޮށްފައިވާ އިންޖެކްޝަނެއް ލަމްހާގެ ގެއިން ފެނިފައިވެއެވެ.

މާވިންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލާފައިވާ އިރު އޭނާގެ ލޯބިވެރިޔާ ހަލީމަތު ލަމްހާ ޢަބްދުއްރަޙުމާންގެ މައްޗަށް އުފުލާފައިވަނީ ޤަތުލަށް އެހީތެރިވި ކަމުގެ ދައުވާއެވެ. މި ތިން މީހުންނަކީ ވެސް އައިޖީއެމްއެޗްގެ އީއާރުގައި ނަރުހުންގެ ގޮތުގައި މަސައްކަތް ކުރި މީހުންނެވެ.

ޝަރީޢަތުގެ ތެރޭގައި މާވިންގެ ފަރާތުން ދިފާއުގައި ފަސް ފިލިޕީންސް ރައްޔިތަކު ހެކީންގެ ގޮތުގައި ހުށަހެޅި ނަމަވެސް ހާޒިރުވީ އެންމެ މީހެކެވެ. ދެން ތިބި މީހުން ތަކުރާރުކޮށް ހާޒިރު ނުވުމުން ކޯޓުން ނިންމީ އެ ހެކީންގެ ހެކިބަސް ނެތި ކުރިއަށް ގެންދާށެވެ.

ޝަރީޢަތް ކުރިއަށް ދިޔަ ތެރޭގައި މާވިން ވަނީ ޖަލުގައި ހުރެ އިސްލާމް ދީން ޤަބޫލުކޮށް ނަން "ޔޫސުފް" އަށް ބަދަލުކޮށްފައެވެ.

މި މައްސަލައާ ގުޅިގެން ނާސިން އެންޑް މިޑްވައިފް ކައުންސިލުން ވަނީ މާވިންއާ ލަމްހާގެ ނާސިން ހުއްދައާއި ރެޖިސްޓްރީ ބާޠިލުކޮށް ނަރުހުންގެ ރެޖިސްޓްރީ އިން ނަން އުނިކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
އީގަލް ހިލްސްއިން އަޅާ 5،000 ހައުސިން ޔުނިޓްގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށޭނެ
ޔޫއޭއީގެ މަޝްހޫރު ޑިވެލޮޕަރު ކުންފުނި "އީގަލް ހިލްސް" އިން ހުޅުމާލޭގައި ތަރައްގީކުރުމަށް ހަމަޖެހިފައިވާ 5،000 ހައުސިން ޔުނިޓުގެ އަމަލީ މަސައްކަތް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގެ ތެރޭގައި ފެށޭނެ ކަމަށް މާލީ ވަޒީރު ހަސަން ޒަރީރު ވިދާޅުވެއްޖެއެވެ.
22 Sep 2026
އުރީދޫ އެޕުން ރީޗާޖް ކޮށްގެން ހަފްތާއަކު 12،000 ރުފިޔާ
އުރީދޫ އެޕް މެދުވެރިކޮށް ރީޗާޖުކޮށްގެން ނުވަތަ ޝަރުތު ހަމަވާ ޕެކްތައް އެކްޓިވޭޓްކޮށްގެން، ކޮންމެ ހަފްތާއަކު 12،000 ރުފިޔާ އަދި ގްރޭންޑް ޕްރައިޒްގެ ގޮތުގައި 100،000 ރުފިޔާ ހޯދުމުގެ ފުރުސަތު ޕްރީޕެއިޑް ކަސްޓަމަރުންނަށް ލިބޭ އައު "ރީޗާޖް އެންޑް ވިން" ޕްރޮމޯޝަން އުރީދޫ މޯލްޑިވްސްއިން ފަށައިފިއެވެ.
22 Sep 2026
ތިން އަހަރަށްފަހު ޣައްޒާގެ ދަރިވަރުން ކްލާސްރޫމްތަކަށް
އިސްރާއީލުން ޣައްޒާއަށް ދެމުންގެންދިޔަ ލާއިންސާނީ ހަމަލާތަކާއި ޤަތުލްޢާއްމުގެ ސަބަބުން ތިން އަހަރު ދުވަހު ތަޢުލީމުން މަޙްރޫމްވެފައި ތިބި އެތައް ލައްކަ ކުދިންނެއް، ހޮނިހިރު ދުވަހު އަލުން ކްލާސްރޫމްތަކަށް ހާޒިރުވެ ކިޔަވަން ފަށައިފިއެވެ.
22 Sep 2026
ސިންގަޕޫރު ކަނޑުއޮޅިން ބިރުވެރި މަންޒަރެއް
ސިންގަޕޫރު ކަނޑުއޮޅި ސަރަހައްދުން ދަތުރުކުރި 229 މީޓަރުގެ ބޮޑުމުދާ އުފުލާ ބޯޓެއް، ޗައިނާގެ މަސްބޯޓެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގެ ބިރުވެރި މަންޒަރުތައް ފެންނަ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާންމުވެއްޖެއެވެ.
22 Sep 2026
ސައިކަލެއް ވައްޓާލާ ވީޑިއޯގެ ހަގީގަތް ފުލުހުން ހާމަކޮށްފި
ސޯޝަލް މީޑިއާގައި ދައުރުވަމުންދާ، ޓްރަކަކުން ސައިކަލެއް ތިރިއަށް ވައްޓާލާ މަންޒަރު ފެންނަ ވީޑިއޯއާ ގުޅިގެން ގިނަ ބައެއްގެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް، އެކަމުގެ ހަގީގަތް ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
22 Sep 2026
އުނަގަނޑުގައި ރިއްސުމާއި ފައިގެ ރިހުންތައް ކުޑަކުރުމަށް ވެލޯސް ފައިވާނުން އެހީވާގޮތް
ވެލޯސް ބްރޭންޑްގް ފައިވާން ރާއްޖެއިން ލިބެން ހުންނާނީ ”ބަނޫން“ ފިހާރައިންނެވެ. ބަނޫން ފިހާރަ ހުންނާނީ ހުޅުމާލޭ ނިރޮޅުމަގުގައެވެ. ގުޅޭނެ ނަންބަރަކީ 7723041 އެވެ.
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ