ޒަރީރަށް މަގާމުގެ ފަތްކޮޅު އެރުވުން... ފޮޓޯ: ރައީސް އޮފީސް
22 Jun 2026 | 15:40
ކޮމިޓީން ނިންމީ ފިނޭންސް މިނިސްޓަރު ޒަރީރަށް ރުހުންދޭން ފެންނަކަމަށް

ފިނޭންސް މިނިސްޓަރުކަމަށް އައްޔަނުކުރައްވާފައިވާ ހަސަން ޒަރީރަށް ރުުންދޭން ފެންނަކަމަށް ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ފާސްކޮށްފިއެވެ.

މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޒަރީރަށް ރުހުންދޭން ފެންނަކަމަށް ފާސްކޮށްފައިވަނީ، ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ. 

ފިނޭންސް މިނިސްޓަރުކަމުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ ޒަރީރު އައްޔަނުކުރައްވާފައިވަނީ، މިހިނގާ ޖޫންމަހުގެ އަށްވަނަ ދުވަހުއެވެ. އެ މަގާމަށް ޒަރީރު އައްޔަނުކުރެއްވީ، އެހާތަނަށް ފިނޭންސް މިނިސްޓަރުކަމުގައި ހުންނެވި މޫސާ ޒަމީރު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޤަނޫނުގައިވާގޮތުން ވަޒީރުންގެ މަގާމަށް ބޭފުޅަކު އައްޔަނުކުރުމަށްފަހު، ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށް ފޮނުވަންޖެހެއެވެ.  ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްޢޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީން ޒަރީރަށް ރުހުން އޮތްކަމަށް ފާސްކުރިއިރު، ދެން އޮންނާނީ، މަޖިލީހުގެ ތަޅުމަށް ޒަރީރުގެ ނަންފުޅު ހުށަހެޅުމެވެ.

ފިނޭންސް މިނިސްޓަރުކަމަށް އައްޔަނުކުރެއްވުމުގެ ކުރިން ޒަރީރު ހުންނެވީ ކޮމިޝަނަރ ޖެނެރަލް އޮފް ޓެކްސޭޝަންގެ މަގާމުގަ އެވެ. އޭގެ ކުރީން ޑެޕިއުޓީ ކޮމިޝަނަރުގެ މަގާމުވެސް ޒަރީރު ވަނީ ފުރުއްވާފަ އެވެ. ޒަރީރަކީ ދައުލަތުގެ އެކި މަގާމުތައް ފުރުއްވާފައިވާ ވަރަށް އިލްމީ ބޭފުޅެކެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Jun 2026
އިމާމު ކަމާ ގުޅޭ ޢާއްމު އިމްތިޙާނެއް ތަޢާރަފު ކުރަނީ
ކަމާގުޅުން ހުރި އެހެނިހެން އިދާރާތަކާ މަޝްވާރާކުރުމަށް ފަހު މިކަމުގައި ކުރިއަށް ދާނެ ގޮތް ވަރަށް އަވަހަށް އިޢުލާން ކުރާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
22 Jun 2026
ކޮމިޓީން ނިންމީ ފިނޭންސް މިނިސްޓަރު ޒަރީރަށް ރުހުންދޭން ފެންނަކަމަށް
މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި ޒަރީރަށް ރުހުންދޭން ފެންނަކަމަށް ފާސްކޮށްފައިވަނީ، ކޮމިޓީގެ މެމްބަރުންގެ އިއްތިފާގުންނެވެ.
22 Jun 2026
ދައުލަތުގެ އާންމު މަންފާއަށް ހިންގާނެ 19 މަޝްރޫއަކާއި، އޭގެ ބަޖެޓް ކަނޑައަޅައިފި
ދައުލަތުގެ އާންމު މަންފާއަކަށްޓަކައި ހާސިލުކުރަން ބޭނުންވާ އިޤްތިޞާދީ ސިޔާސަތެއްގެ ދަށުން ނުވަތަ އިޖުތިމާޢީ ސިޔާސަތެއްގެ ދަށުން ނޫންނަމަ ސަރުކާރުން ކަނޑައަޅާ އެ ނޫން ވެސް މުހިންމު ސިޔާސަތެއްގެ ދަށުން ހިންގުމަށް ސަރުކާރުން ކަނޑައަޅާ މުހިންމު މަޝްރޫޢުތަކާއި، އެ މަޝްރޫޢު ހަވާލުކުރެވޭ ފަރާތުން އެންމެ މަދުވެގެން ކުރަންޖެހޭ އިންވެސްޓްމަންޓުގެ އަދަދުތައް ކޮންމެ އަހަރަކު ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރަން ޖެހެއެވެ.
22 Jun 2026
މޭރީ މަރާލިކަން މާވިންގެ މައްޗަށް ސާބިތުވެއްޖެ
މާވިންގެ މައްޗަށް ދައުލަތުން ދައުވާ ކޮށްފައިވަނީ 2021 ވަނަ އަހަރުގެ އޮކްޓޫބަރު 19 ވަނަ ދުވަހު މާލޭ މއ. އުދުހޭކޮކާގޭގެ ފުރަތަމަ ފަންގިފިލާގައި ހުންނަ އެޕާޓްމަންޓުގައި މޭރީގެ ބޮލާއި ކަރަށް ހަމަލާ ދީ ނޭވާ ހާސްކޮށްގެން މަރާލި ކަމުގެ ދައުވާއެވެ. މާވިންގެ މައްޗަށް ގަސްދުގައި މީހަކު މެރުމުގެ ދައުވާ އުފުލީ 4 ޖެނުއަރީ 2022 ގައެވެ.
22 Jun 2026
އިނގިރޭސި ބޮޑުވަޒީރު ކެއާ ސްޓާމާ މަގާމުން އިސްތިއުފާ ދެއްވައިފި
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކެއާ ސްޓާމާ ބޮޑުވަޒީރުކަމާއި ލޭބާ ޕާޓީގެ ލީޑަރުކަމުން އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރައްވައިފިއެވެ.
22 Jun 2026
ފިހާރައަކުން އައިނެއް ވަގަށް ނެގި މީހަކު ހޯދަނީ
އެހެންކަމުން، ވީޑިއޯއިން ފެންނަ މީހާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ، މާފަންނު ޕޮލިހުގެ ނަންބަރު 9660183 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.
22 Jun 2026
އަނެއްކާވެސް އިސްލާމިކް ރިދަމްގެ ތަފާތު ލަވައެއް؛
މި ލަވައަކީ ލޭ ހަދިޔާ ކުރުމުގެ ހުރި މަތި ކަމާއި، އޭގެ މުހިންމު ކަމުގެ މައްޗަށް އަލިއަޅުވާލާފައިވާ ލަވައަކަށްވާއިރު، ލޭ ނުލިބުމުގެ މައްސަލައަކީ ރާއްޖޭގައި ވަރަށް ބޮޑު މައްސަލައެއްކަން ފާހަގަކޮށްލަންޖެހެއެވެ.
22 Jun 2026
ރަޖިސްޓަރީ ނުކުރާ ދަރިވަރުންތަކަކަށް އެވިޑް ކޮލެޖުން ސަނަދު ދޫކުރި މައްސަލައެއް
އެމްކިޔުއޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، އެވިޑް ކޮލެޖުގައި ރަޖިސްޓަރީކޮށްފައި ނުވާ ސްރީލަންކާގެ ދަރިވަރުންތަކަކަށް ސަނަދު ދޫކުރި މައްސަލައާ ގުޅިގެން މިއަހަރުގެ ކުރީކޮޅުވެސް އެ މަރުކަޒަށް ނަސޭހަތްތެރިވެ، ފިޔަވަޅު އަޅައި، އެކަން އާންމުކޮށް އިއުލާނުކޮށްފައިވާނެ ކަމަށެވެ.