18 May 2020 | 05:16
ކޮވިޑް-19ގައިވެސް ތަސައްލީއަކަށް މިވީ ރައީސް ޔާމީންގެ ކޮންކްރީޓް ތަރައްޤީ: ނިމާލް

ކޮވިޑް-19 ގައިވެސް ތަސައްލީއަކަށް މިވީ ރައީސް ޔާމީންގެ ކޮންކްރިޓް ތަރައްޤީކަމުގައި ފެނަކާގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރ އަދި ލޯކަލް ކައުންސިލް އިންތިހާބުގައި ޕީޕީއެމް ޓިކެޓްގައި މާލެ އަތޮޅު ރައީސްކަމަށް ކުރިމަތިލައްވާފައިވާ މުހައްމަދު ނިމާލް ވިދާޅުވެއްޖެއެވެ.

ނިމާލް މިފަދައިން ވިދާޅުވެފައިމިވަނީ އޭނާ ކުރެއްވި ޓުވީޓެއްގައިއެވެ.

"ދަރުމަވަންތަ ހޮސްޕިޓަލްވަރުގެ ހޮސްޕިޓަލެއް މިސަރަހައްދުގައިވެސް ނެތް، އައިޖީއެމް އަށް ގެނުވި ބަދަލު، ހުޅުމާލެ/ އައިސީ އަށް މަގު ބަދަލުކޮށްލި/ ވަގުތުކުރުކޮށްލި ބްރިޖް. ކުނި އުކަން އުޅުނު ބޭރު މީހުން ކަރަންޓީން ވާއިރު ވެމްކޯ ފުރާ ފުރިހަމަވެފަ، އެންބިއުލާންސް އިން އަތޮޅުތަކަށް ހިތްހަމަޖެހުން" ނިމާލްގެ ޓުވީޓުގައިވެއެވެ.

ނިމާލް "ވޮއިސް" އާއި އިތުރަށް މީގެ ތަފްސީލް ހިއްސާކުރައްވަމުން ވަނީ ރައްޔިތުން ހައިހޫނުކަމުގައި ވެންޓިލޭޓަރަށް ދިއުމުގެކުރިން މިވަގުތު އެންމެ ސްޓޭބަލް ޤައުމު ޗައިނާ ގެ ކުންފުންޏަކަށް މެނޭޖްމަންޓް ކޮންޓްރެކްޓް އެއްގެދަށުން އައުޓްސޯސްކޮށް އެމީހުންގެ ތަޖުރިބާ ދިވެހި ޑޮކްޓަރުން މިނިވަންކަމާއެކު މަސައްކަތްކުރަން ފުރުސަތު ދެއްވުމަށް ގޮވާލައްވާފައެވެ.

ކޮވިޑް-19 ހަލުއިކަމާއެކު ރާއްޖޭގައި ފެތުރެމުންދާއިރު ދިވެހިރާއްޖެއަކީ ދުނިޔޭގެ އާބާދީގެ ނިސްބަތުން އެންމެ ބޮޑަށް ބަލި ފެތުރިފައިވާގައުމުތަކުގެ ތެރެއިން ހިމެނޭ އެއްގައުމުކަން ފާހަގަކޮށްލަންޖެހެއެވެ.

ކޮވިޑް-19 އާއި ގުޅިގެން މި ބަލީގައި ހާލު އެންމެ ސީރިއަސްވާ ފަރާތްތަކަށް ފަރުވާ ދިނުމަށް ހަމަޖެހިފައިވަނީ ރައީސް ޔާމީންގެ ވެރިކަމުގައި އެޅުއްވި ދަރުމަވަންތަ ހޮސްޕިޓަލްގައެވެ. މިއީ އެންމެ ޒަމާނީ ހިދުމަތްތަކާއެކު ހަދާފައިވާ ހޮސްޕިޓަލެކެވެ. މިއާއެކު ކޮވިޑް-19 ގެ ހާލަތު އިތުރަށް ގޯސްވުމުން ޓްރީޓޮޕް ހޮސްޕިޓަލްވެސް ވަނީ ސަރުކާރުގެ ބޭނުމަށް މިހާރު ނަގައި ބޭނުން ކުރަންފަށާފައެވެ. މިއީ ވެސް ރައީސް ޔާމީންގެ ވެރިކަމުގައި ނިންމާފައިވާ ޕްރޮޖެކްޓްއެއްކަމުން މިހާރު އިދިކޮޅުގައި ތިއްބެވި ރައީސް ޔާމީންގެ ސަޕޯޓައުން އަންނަނީ މިހާރު ވެރިކަމަށް އައުމަށް ކޮންކްރީޓް ތަރައްޤީއާއި ދެކޮޅަށް ކެންޕެއިންކުރެއްވި ސަރުކާރުގެ އިސްވެރިންނަށް ރައްދުދެއްވަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
ގޭގައި މަސްތުވާތަކެތީގެ ވިޔަފާރިކުރަން ހުއްދަދިން ވެރިފަރާތް 10 އަހަރަށް ޖަލަށް
މާލޭގެ ގެއެއްގައި މަސްތުވާތަކެތި ބޭނުންކޮށް، އެ ތަކެތީގެ ވިޔަފާރިކުރުމަށް ހުއްދަދީފައިވާ ކަމަށް ސާބިތުވެ، ގ. ޕެލިކަން ގޭގެ ވެރިފަރާތް 10 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ޙުކުމްކޮށްފިއެވެ. މިއީ މަސްތުވާތަކެއްޗާބެހޭ ޤާނޫނުގެ 127 ވަނަ މާއްދާގެ ދަށުން ދަޢުވާކޮށް، ކުށް ސާބިތުވި މި ބާވަތުގެ ފުރަތަމަ މައްސަލައެވެ.
10 Sep 2026
ހުޅުމާލެއިން 29 ފުޅި ބަނގުރަލާއެކު ދެ ބިދޭސީން ހައްޔަރުކޮށްފި
ބަނގުރާ ގެންގުޅެ، ބޭނުންކޮށް އަދި އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި ހުޅުމާލެ ފޭސް 1 އިން ދެ ބިދޭސީއަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
10 Sep 2026
އެލައިޑުން ޕީއެސް5 އެއް ލިބޭ ހާއްސަ ގިވްއަވޭއެއް ފަށައިފި
ރާއްޖޭގެ އެންމެ ބޮޑު އިންޝުއަރަންސް ކުންފުނި، އެލައިޑް އިންޝުއަރަންސް އިން ސޯޝަލް މީޑިއާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ހާއްސަކޮށްގެން، ޕްލޭސްޓޭޝަން 5 (ޕީއެސް5) އެއް ލިބޭ އަގުހުރި ގިވްއަވޭއެއް ފަށައިފިއެވެ.
10 Sep 2026
ޕާޓީ މޮޅުވެއްޖެނަމަ އެމެރިކާގެ ކޮންމެ މީހަކަށް 5،000 ޑޮލަރު ދޭނަން: ޓްރަމްޕް
ކުރިއަށް އޮތް މިޑްޓާމް އިންތިޚާބުގައި ރިޕަބްލިކަން ޕާޓީން ކޮންގްރެސްގެ އަޣުލަބިއްޔަތު ދަމަހައްޓައިފިނަމަ، އެމެރިކާގެ ކޮންމެ ބޮޑު މީހަކަށް 5،000 ޑޮލަރު ދޭނެ ކަމަށް ރައީސް ޑޮނަލްޑް ޓްރަމްޕް ބުނެފިއެވެ. ޓްރަމްޕް މިކަން އިޢުލާންކުރީ ބުދަ ދުވަހު ޑެލަސްގައި ބޭއްވި ރިޕަބްލިކަން ޕާޓީގެ ފުރަތަމަ މިޑްޓާމް ކޮންވެންޝަންގައެވެ.
10 Sep 2026
އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 ގައި ބާއްވަނީ
އިދިކޮޅު މައި ޕާޓީ، އެމްޑީޕީގެ ކޮންގްރެސް އަންނަ މަހު 1 އިން 3 އަށް ބޭއްވުމަށް ނިންމައިފިއެވެ.
10 Sep 2026
އުރުދުންގެ އަލްއަޒްރަޤް ވައިގެ މަރުކަޒަކީ ކޮބާ؟ އީރާނުން އެ ތަނަށް ހަމަލާދެނީ ކީއްވެ؟
ހޮރްމޫޒް ކަނޑުއޮޅީގައި ތެޔޮ ޓޭންކަރުތަކަށް އަމާޒުކޮށް އެމެރިކާ އާއި އީރާނުން ބަދަލުކުރަމުންދާ ހަމަލާތަކުގެ ތެރޭގައި، އުރުދުންގައި ހުންނަ އަދި އެމެރިކާގެ ސިފައިންނާއި އަސްކަރީ ވަސީލަތްތައް ގާއިމުވެފައިވާ އަލްއަޒްރަޤް އެއާބޭސް އަށް އީރާނުން ބެލިސްޓިކް މިސައިލް ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތަކަކީ އެމެރިކާގެ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން ދިން ހަމަލާތަކެއް ކަމަށް އީރާނުން ބުނެއެވެ.
10 Sep 2026
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް
ހުޅުމާލެ ފޭސް 2 ގައި ދެ ސައިކަލު ޖެހި ހިނގި އެކްސިޑެންޓެއްގައި ހަތަރު މީހަކަށް އަނިޔާވެއްޖެއެވެ.
10 Sep 2026
އިނގިރޭސި ލީގްކަޕްގެ ކުރިއަށް އޮތް ބުރުގެ ޖާގައެއް ލީޑްސް ބަލިކޮށް ޗެލްސީ ހޯދައިފި
ޗެލްސީގެ ދަނޑުގައި ކުޅުނު މިމެޗް އެތީމުން ކާމިޔާބުކުރީ ފަހަތުން އަރައި 6-3 ގެ ނަތީޖާއިންނެވެ