18 May 2020 | 14:13
އެމެރިކާގައި ކޯވިޑް-19 އަށް ވެކްސިނެއް ހޯދުމުގެ ޓީމް އިސްވެރިއަކަށް މުސްލިމެއް!

ކޯވިޑް-19 އަށް ވެކްސިނެއް ހޯދުމުގައި އެމެރިކާއިން ވެސް އަންނަނީ އެތައް ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ. ފާހަގަ ކޮށްލަން ޖެހޭ އެންމެ މުހިންމު ކަމަކީ އެމެރިކާފަދަ މުސްލިމުންނާއި އިންތިހާ އަށް ދެކޮޅު ޤައުމަކުން މުސްލިމަކު ބައިވެރިކޮށް އެންމެ އިސް ސަފަށް މުސްލިމަކު އައްޔަނު ކުރުމެވެ.

މީގެ އެތައް ސަތޭކަ އަހަރެއްގެ ކުރީއްސުރެން ފެށިގެން ފެންނަމުންދާ ހަޤީޤަތަކީ، ދުނިޔޭގައި އުޅޭ މުސްލިމުންނާއިމެދު އެމެރިކާ އިން ހިންގަމުންދާ ލާއިންސާނީ އަނިޔާވެރި އަމަލުތަކާ ކުރިމަތި ކުރަމުން ގެންދާ ފިތްތުންތަކެވެ. އެތައް ލޭ އޮހޮރުވުން ތަކެވެ. ހާއްސަކޮށް މިހާރު އެމެރިކާގެ ރައީސް އަކީ މުސްލިމުންނާއި، އެހެނިހެން މައިނޯރިޓީތަކާއި ނަސްލީ ތަފާތުކުރުންތައް ގެންގުޅުން އިންތިހާއަށް ބޮޑު ވެރިއެއްކަމުން ޓްރަންޕްގެ މި ނިންމި ނިންމުމަކީ ފާހަގަކޮށްލެވޭ ނިންމުމެކެވެ.

އެގޮތުން އެމެރިކާގައި ކޮވިޑް-19 އަށް ވެކްސިން ހޯދުމަށް އެކަށައަޅާފައިވާ ޓީމެއްގެ އިސް ވެރިޔަކަށް އެމެރިކާގެ ރައީސް ވަނީ މުސްލިމަކު އައްޔަން ކުރައްވާފައިވަނީ ޑރ. މުންސިފް މުހަންމަދު ސްލާވީއެވެ. އެއީ 1959އަހަރުގައި މޮރޮކޯގެ އަގާދިރަށް އުފަންވެވަޑައިގަތް އެމެރިކާގެ ރައްޔިތެކެވެ

ޑރ.މުންސިފަކީ މުޅި ދުނިޔޭގައިވެސް ވަރަށް މަގްބޫލް އިމިއުނޮލޮޖިސްޓެއްގެ އިތުރުން އޭނާ މިހާތަނަށްވަނީ ދުނިޔޭގައި ބޭނުންކުރާ އައު 14 ވެކްސިނެއް އުފެއްދުމަށް އެހީތެރިވެދީފައެވެ.

ވައިޓްހައުސްގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް ޑޮނަލްޑް ޓްރަމްޕް ޑރ. މުންސިފަށް ވަރަށް ބޮޑަށް ތައުރީފު ކުރައްވަވައި ދެއްކެވި ވާހަކަފުޅުގައި ފާހަގަ ކުރެއްވެވި ގޮތުގައި ޑރ.މުންސިފަކީ ގްލާޒޯސްމިތުކްލައިންގެ ވެކްސިންގ ޑިޕާޓްމަންޓްގެ ކުރީގެ ވެރިޔާ ކަމަށާ، އެ ބޭފުޅާގެ ބެއްލެވުމުގެ ދަށުން ވަރަށް އަވަހަށް ވެކްސިނެއް އުފެއްދޭނޭ ކަމުގެފުރިހަމަ ޔަގީންކަން އެބައޮތް ކަމަށްވެސް ވިދާޅުވިއެވެ.

ހަމަ އެއާއި އެކު ޑރ.މުންސިފުގެ ތަޢުލީމީ ހަޔާތަށް ބަލާއިރު، މޮރޮކޯގެ ކަސަބްލަންކާގައި ހުންނަ މުހަންމަދު ހައި ސްކޫލުން ގްރެޖުއޭޓްވުމަށްފަހު، ބަޔޮލޮޖިކަލް ސައިންސްގެ ދާއިރާއިން ބެލްޖިއަމުން ކިޔަވާ ވިދާޅުވުމަށްފަހު ވަނީ ހަވަރޑް މެޑިކަލް ސްކޫލާއި، ޓަފްޓްސް ޔުނިވަރސިޓީ ސްކޫލް އޮފް މެޑިސިންގެ ޕޯސްޓްގްރެޖުއޭޓް ކޯސްތައް ހައްދަވާފައި ވެއެވެ.

ސިއްހީ ދާއިރާގެ އެތަކެއް ލިއުންތަކެއް ލިއުއްވާފައިވާ ޑރ. މުންސިފް މުހަންމަދު ސްލާވީއަކީ އިންޓަރނޭޝަނަލް އެއިޑްސް ވެސިން އިނިޝިއޭޓިވްގެ ބޯޑު އޮފް ޑައިރެކްޓަރސްގެ މެމްބަރެއްވެސް މެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.
16 Sep 2026
ބިޒްނަސް ކިޔަވާ ދަރިވަރުން ގިނަވުމަކީ ހާސްވާން ޖެހޭ ކަމެއް: ޑރ. ހަސަން ހަމީދު
ގައުމުގައި އާއްމު ވެފައިވާ ފަސާދައަކީ މާޒީގައި މި އަދަދު 80 އިންސައްތައަށް އެރުމުގެ ނަތީޖާ ކަމަށް ބައެއް މީހުން ބުނާނެ ކަމަށެވެ.
16 Sep 2026
އަވައްޓެރި ސްރީލަންކާގެ ކަސްޓަމްސްގެ އާމްދަނީ 2 ޓްރިލިއަން ރުޕީސްއަށްވުރެ މަތީގައި
މި ކުރިއެރުމާއެކު، މިއަހަރު ނިމޭއިރު ލަންކާ ކަސްޓަމްސްގެ އާމްދަނީ ކުރިން ލަފާކުރިވަރަށްވުރެ ބޮޑުތަނުން އިތުރުވާނެ ކަމަށް ބެލެވެއެވެ
16 Sep 2026
އިންޑިއާ މަނަވަރަކުން ޕާކިސްތާނު ސަރަހައްދަށް ވަނުމުން ޕާކިސްތާނުން އިހުތިޖާޖުކޮށްފި
ޕާކިސްތާނުގެ ފޮރިން އޮފީހުން ބުނީ މިއީ 1991 ވަނަ އަހަރު ދެ ޤައުމުގެ ދެމެދުގައި ވެފައިވާ އެއްބަސްވުންތަކާ ކަނޑައެޅިގެން ޚިލާފު، އަދި ސަރަޙައްދީ ހަމަޖެހުމަށް އޮތް ނުރައްކަލެއް ކަމަށެވެ. އަދި އިންޑިއާއިން މި ހާދިސާގެ ހަޤީޤަތް އޮޅުވާލައި، ޑިޕްލޮމެޓިކް ފެންވަރުގައި ޕާކިސްތާނާ ދެކޮޅަށް ޝަކުވާ ހުށަހަޅަމުންދާ ކަމަށްވެސް އެ ޤައުމުން ބުނެއެވެ
16 Sep 2026
ކޮސޯވޯގެ ކުރީގެ ރައީސް ހާޝިމް ތާޗީ 25 އަހަރަށް ޖަލަށް
ހާޝިމް ތާޗީ އަކީ މުސްލިމެއް ނަމަވެސް ސިޔާސީ ހަޔާތުގައި އޭނާ އަބަދުވެސް އިސްކަންދެއްވީ ދީނީ ކަންކަމަށްވުރެ ބޮޑަށް ކޮސޯވޯގެ މިނިވަންކަމަށާއި ހުޅަނގުގެ ގައުމުތަކާ ގުޅުން ބަދަހިކުރުމަށެވެ
16 Sep 2026
ގައްދޫ އަތުން ޓީސީއަށް މުހިންމު މޮޅެއް
މިއަދުގެ މެޗުން ގައްދޫ އަތުން ޓީސީ މޮޅުވިއިރު، މިއީ މި ސީޒަނުގެ ދިވެހި ޕްރިމިއާ ލީގުގައި އެ ޓީމަށް ލިބުނު ފުރަތަމަ މޮޅެވެ
16 Sep 2026
ތާރީހީ ކާމިޔާބެއް: އަރަބިއްޔާގެ އެންމެ މޮޅު ދަރިވަރުންނަށް ދެބެއިން
މަތީ ސާނަވީ ބައިން އެއްވަނަ ދަރިވަރަކީ މުހައްމަދު މަބާހް މުހައްމަދެވެ. އަދި ސާނަވީން އެއްވަނަ ދަރިވަރަކީ އޭނާގެ ކޮއްކޮ މުއައްޔަދު މަބާހް މުހައްމަދެވެ.
16 Sep 2026
ޑްރަގް ވިޔަފާރި ކުރާ މީހުންނަށް ހަރުކަށި ފިޔަވަޅު އެޅޭނެ މިންގަނޑު ކުރީން އޮތީ ވަރަށް އުނދަގޫކޮށް: އިހްސާން
"ރައީސް ނިންމެވި ނިންމެވުމަކީ އަޅުގަނޑުމެން އެކަމަށް ދޭނީ [މަސްތުވާތަކެތީގެ ވިޔަފާރިކުރާ މީހުންނަށް] އެންމެ ހަރުކަށި އަދަބޭ. އެއީ މަރުގެ އަދަބު," މިނިސްޓަރު ވިދާޅުވި އެވެ.