ADS BY VOICE

ކޮވިޑު-19 އަށް ޕޮޒިޓިވްވި 17 ދުވަހުގެ ކުއްޖާގެ މައިންބަފައިންގެ ބޮޑެތި ކަންބޮޑުވުންތަކެއް!

- 2 weeks ago 4 - ޝަފްރާޒް އހ

ކޮވިޑް-19 އަށް މިމަހުގެ 16 ވަނަ ދުވަހު ޕޮޒިޓިވްވެފައިވާ 17 ދުވަހުގެ ތުއްތުކުއްޖާގެ އާއިލާގެ ކަންބޮޑުވުންތައް ވޮއިސްއާއި ހިއްސާކޮށްފިއެވެ.

ADS BY GOPRIME

އާންމު ގޮތެއްގައި އަމަލު ކުރާ އުސޫލަކީ ޕޮޒިޓިވްވާ ކޮންމެ މީހަކުވެސް ދެފަހަރަށް ޓެސްޓު ކުރުމެވެ. އަދި ޕޮޒިޓިވް ވި ކަން ޔަގީން ކުރަނީ ދެވަނަ ފަހަރު ހަދާ ޓެސްޓުގެ ނަތީޖާއިންވެސް ޕޮޒިޓިވް ނަމައެވެ. ނަމަވެސް އެ ކުއްޖާގެ ދެވަނަ ޓެެސްޓުގެ ނަތީޖާ، ސާމްޕަލް ނެގިތާ 2 ދުވަސް ވެފައިވާއިރުވެސް އަދިވެސް ނުލިބޭތީ ކުއްޖާގެ މަންމަ ވަނީ މިހާތަނަށް ކަންހިނގާފައިވާގޮތް ހިއްސާކޮށްފައެވެ.

"އަޅުގަނޑުގެ 17 ދުވަހުގެ ދަރިފުޅު ޕޮޒިޓިވްވެފައިވާ މީހަކާއި ޑައިރެކްޓް ކޮންޓެކްޓްވެފައިވާތީވެ މިމަހުގެ 11 ވަނަދުވަހު ވަނީ އެޗްޕީއޭއަށް އެކަންއަންގާފައި. ކޮވިޑްއަށް ފުރަތަމަ ޓެސްޓުކުރެވުނީ 14 މޭ ވަނަ ދުވަހު. ނަތީޖާ ލިބިފައިވަނީ 16 މޭގެ ހަވީރު ފަހެއްޖަހާފައިވަނިކޮށް. ޓެސްޓު ޕޮޒިޓިވް ވެފައިވުމުން އެޗްޕީއޭއިން ވަނީ 16 ވަނަދުވަހު ކުއްޖާގެ ރީ-ޓެސްޓް ސާންޕަލް ނެގުމަށްފަހު އަޅުގަނޑާއި، ދަރިފުޅުގެ ބައްފަ އަދި މިގޭގައި ދިރިއުޅޭ ފަރާތްތަކުގެ ސާންޕަލް ނަގާފައި. ހަމަ އެރޭ މެންދަމު 1:30 ގައި އެޗްއައިއެޗް އައިސޮލޭޝަން ފެސިލިޓީއަށް އަޅުގަނޑުމެން ދެމަފިރިންނާއި ދަރިފުޅުވަނީ ބަދަލުކުރެވިފަ. ޕޮޒިޓިވްވްފައިވަނީ 17 ދުވަހުގެ ބޭބީއެއްކަމުން އެޗްޕީއޭއިން ބަލަނީ މިއީ ހައި ރިސްކް ކޭސްއެއްކަމަށާއި އެހެންކަމުން 12 ގަޑި އިރާއި 24 ގަޑިއިރާ ދެމެދު ޓެސްޓްތަކުގެ ނަތީޖާ ދޭނެކަމަށް ބުނެފައިވޭ. އަޅުގަނޑުމެން އޭގެ 12 ގަޑި އިރު ހަމަވުމަށްފަހު 17 ވަނަ ދުވަހުން ފަށައިގެން މިހާތަނަށް ގުޅައިގެންވެސް އެޗްޕީއޭއިން ދަރިފުޅުގެ ނަތީޖާ އާއި އަޅުގަނޑުމެން ދެމަފިރިންގެ ނަތީޖާ ހާމަކުރައްވާފައެއްނުވޭ. ތަކުރާރުކޮށް ގުޅުމުންވެސް އެޗްޕީއޭއިން ފޯން ނަގާފައި ނުވޭ. ނަގާ ފަރާތަކަށް ޖަވާބު ނުދެވޭ މިކަމާ ބެހޭގޮތުން. ނަމަވެސް އަޅުގަނޑުމެން ގޭ މީހުންނަށް ވަނީ އެޗްޕީއޭއިން ގުޅުމަށްފަހު އެންމެން ނެގެޓިވް ވާހަކަ ބުނެފައި. ގޭ މީހުންވެސް ބޭބީގެ ނަތީޖާ އެހުމުން ބަލާލާނެކަމަށް ބުނެފައި މި ބުނަނީ އަދި ނެގޭކަމަށް" ކުއްޖާގެ މަންމަ އެޗައައިއެޗް އައިސޮލޭޝަން ފެސިލިޓީގައި ހުރެ ކިޔައިދިނެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި އެޗްޕީއޭގެ ތެރެއިން ދަންނަ ފަރާތްތައް މެދުވެރިކޮށް ދަރިފުޅުގެ ނަތީޖާ ނެގެޓިވްކަން އެނގިފައިވާކަމަށެވެ.

"ވަރަށް އިތުބާރު ކުރެވޭ ފަރާތްކުން ވަނީ އަޅުގަނޑުމެނާ ނަތީޖާ ހިއްސާކޮށްފަ. ނަތީޖާ އެޗްޕީއަށް ލިބިއްޖެ 18 ވަނަ ދުވަހު ހެނދުނު. ދެވަނަ ޓެސްޓުން ދަރިފުޅާއި އަޅުގަނޑުމެންވެސް ނެގެޓިވް ވެފައިވަނީ" ކުއްޖާގެ މަންމަ ކިޔައިދިނެވެ.

އެއާއެކު 18 ވަނަދުވަހު އެޗްޕީއޭއިން ވަނީ އާއިލާއަށް ގުޅައި އާއިލާގެ އެންމެންނާއި ކުއްޖާގެ މަންމައާއި ބައްޕަގެ ނަތީޖާ ނެގެޓިވް ވެފައިވާކަމަށް ބުނެފައެވެ. ނަމަވެސް 17 ދުވަހުގެ ތުއްތު ކުއްޖާގެ ނަތީޖާ ދީފައިނުވާތީ އެކަމާ އާއިލާއިން ސުވާލުކުރުން ވަނީ އެ މައުލޫމާތު ހިއްސާކުރުމަށް ދެކޮޅު ހެދުމަށްފަހު، ފަހުގެ ވަގުތެއްގައި ހިއްސާކުރާނެކަމަށްބުނެފައިކަމަށް އޭނާ ކިޔައިދިނެވެ. އަދި އޭރުވެސް ކުއްޖާގެ މަންމައަށް މީގެ އެއްވެސް ވާހަކައެއް ހިއްސާކޮށްފައިނުވެއެވެ.

"އަޅުގަނޑުމެން ނަތީޖާ ނޭނގި މިހެންތިބެން ޖެހުމުން ނަފްސާނީގޮތުންވެސް ވަރަށް ބޮޑަށް އަސަރުކޮށްފައި މިތިބީ. ނަތީޖާ ނުލިބި މިހެން ތިބޭ ކޮންމެ އިރަކީ މީކަން ދިމާނުވާނެ މީހަކަށް އިހުސާސްކުރެވޭނެކަމެއްނޫން. މިދައްކަނީ ގައިގަ ތަނެއްގައި ތަދުވަންޏާ ތަދުވާ ވާހަކަ ބުނަން ނޭގޭވަރުގެ ކުޑަކުއްޖެއެއްގެވާހަކަ. ދަރިފުޅުގެ ހާލާމެދު އެހާ ކަންބޮޑުވެ ނަތީޖާ ނުލިބި ދާ ކޮންމެ އިރެއް. އަޅުގަނޑު 18 ވަނަ ދުވަހު ހަވީރު 5:30 ގައިވެސް ގުޅިން ނަތީޖާ އާއި ބެހޭގޮތުން. ފަހުން ގުޅާލުމަށް ބުނުމުން ރޯދަ ވީއްލައިގެން ވެސް ގުޅާލިން ނަމަވެސް ވަރަށް ރުޅިއައިސް ހުރެ އެޗްޕީއޭގެ ފަރާތުން ފޯނު ނެގި ކުއްޖާ ވާހަކަ ދައްކާފައި ބުނީ ނަތީޖާ ނުލިބޭކަމަށާއި، ނަތީޖާ ލަސްވުމާއި، އޭގެ އަޕްޑޭޓް ކޯލް ސެންޓަރަށް ނޭންގުމަކީ އެހެން ޑިޕާޓްމަންޓްއެއްގެ މައްސަލައެއްކަމަށް ބުނެފަ. ވަރަށް ރޫޑްކޮށް ޖަވާބު ދީފައިވަނީ" ކުއްޖާގެ މަންމަ ކިޔައިދިނެވެ.

ކުއްޖާގެ މަންމަ ބުނިގޮތުގައި އެންމެ ބޮޑު ކަންބޮޑުވުމަށް ވަނީ 17 ދުވަހުގެ ތުއްތު ދަރިފުޅަކީ ހައި ރިސްކްއަށް ހުށަހެޅިފައިވާ ފަރާތަކަށްވެ، އެންމެ އިސްކަންދީގެން ކުއްޖާގެ ކަންކަން އެޗްޕީއޭއިން ބަލަންބުނެ، މިހާތަނަށް ވެސް ކުއްޖާގެ ނަތީޖާއާއި އަޅުގަނޑުމެންގެ ނަތީޖާގެ އެއްވެސް ވާހަކައެއް ރަސްމީ ފަރާތަކުން އަޅުގަނޑުމެނާއި ހިއްސާކޮށްފައިނުވާތީއެވެ. އަދި މިއީ ހައި ރިސްކް ކޭސްއަކަށް ވެފައި އެޗްޕީއޭއިން އަޅުގަނޑުމެނާ މިހާތަނަށްވެސް ގުޅައި މިކަމާ ބެހޭ އެއްވެސް ވާހަކައެއްދައްކާފައިނުވާތީކަމަށް ކަންބޮޑުވާކަމަށް އޭނާ ބުނެފައިވެއެވެ. އެޗްއައިއެޗްގެ ނަރުހުންނާއި ހިދުމަތްތަކުގެ އެއްވެސް މައްސަލައެއް އަދި ކުރާނެ ޝަކުވާއެއް ނެތްކަމުގައިވިޔަސް މިކަމުގައި ކުއްޖާގެ މަންމައާއި ބައްޕައަށް ދަރިފުޅުގެ ހާލާބެހޭ އެއްވެސް ހިއްސާކޮށްފައިނުވާތީ މިއީ ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއްކަން އޭނާ ފާހަގަކުރިއެވެ.

މިމައްސަލާގައި ނޭޝަނަލް އެމަޖެންސީ އޮޕަރޭޝަންސްގެ ތަރުޖަމާނު މަބްރޫކް ފޯން ނުނަންގަވާތީ އެޗްޕީއޭ ގެ ރަސްމީބަހެއްވަނީ ލިބޭގޮތްނުވެފައެވެ.  

33%

0%

66%

4 ކޮމެންޓް

ވަރަށް އަޑު އިވޭ ނަތީޖާ ލިބިފަ އޮތަސް އޭތި އެ ސާމްޕްލް ނެގި މީހާއާ ހިސާބަށް އަންނަން ލަސްވާ ވާހަކަ. މިކަން ރަނގަޅުވާނެބާ؟

ވަރަށް ފަރުވާކުޑަވާނެ. ޤަބޫލުކުރަން އެބުނާ ވަގުތެއްގައި ނަތީޖާ ނުދެވިދާނެކަން އެކަމަކުމީ ދެން ބޮޑު ވަރު.

ހަބަރު