19 May 2020 | 15:59
ކޮވިޑް-19 އަށް ޕޮޒިޓިވްވިކަމަށް ބުނާ 17 ދުވަހުގެ ކުއްޖާގެ ދެވަނަ ޓެސްޓް ނެގެޓިވް

ކޮވިޑް-19 އަށް ޕޮޒިޓިވްވިކަމަށް ސަރުކާރުން އިއުލާންކޮށްފައިވާ އުމުރުން 17 ދުވަހުގެ ކުއްޖާގެ އިތުރު ޓެސްޓެއް ހެދުމަށް ނިންމައިފިއެވެ.

ވޮއިސްއަށް މައުލޫމާތުދެއްވަމުން ނޭޝަނަލް އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ އެ ކުއްޖާގެ ފުރަތަމަ ޓެސްޓް ޕޮޒިޓިވްވެފައިވާއިރު، ދެވަނަ ޓެސްޓް ނެގެޓިވްވެފައިވާ ކަމަށެވެ. އެހެންކަމުން އެކުއްޖާގެ ކިބައިގައި ކޮވިޑް-19 ހުރިތޯ އިތުރު ޓެސްޓެއް ހެދުމަށް ނިންމާފައިވާ ކަމަށް މަބްރޫކް ވިދާޅުވިއެވެ.

މި ކުއްޖާއާއި އެކުއްޖާގެ މައިންބަފައިން މިވަގުތު ތިބީ ހުޅުލޭ އައިލެންޑް ހޮޓެލްގައި ގާއިމްކޮށްފައިވާ އައިސޮލޭޝަން ފެސިލިޓީގައެވެ. 

މި ފެސިލިޓީގައި ހުރެ ވޮއިސްއާއި ވާހަކަދައްކަމުން ކުއްޖާގެ މަންމަ ބުނީ އެކުއްޖާގެ ދެވަނަ ޓެސްޓް ނެގެޓިވްކަން މިއަދު އެޗްއައިއެޗްގައި ތިބި ޓީމުން އަންގާފައިވާ ކަމަށެވެ. އަދި މައިންބަފައިންގެ ދެ ޓެސްޓްވެސް ނެގެޓިވްކަން ކުއްޖާގެ މަންމަ ފާހަގަކުރިއެވެ.

ކުއްޖާއަކީ ހައިރިސްކް ކޭސްއެއްކަމުން އެޗްޕީއޭއިން ކުއްޖާގެ މައިންބަފައިނާއި ކުއްޖާގެ ނަތީޖާއާއި ބަލި ހާލާ ބެހޭގޮތުން މައުލޫމާތު ނުލިބޭތީ އެކަމުގެ ކަންބޮޑުވުން ކުއްޖާގެ މަންމަވަނީ ފާޅުކޮށްފައެވެ. 

މި ކުއްޖާއަކީ ޕޮޒިޓިވްވެފައިވާ ފަރާތަކާއި ޑައިރެކްޓް ކޮންޓެކްޓް ވެފައިވާ ކުއްޖެކެވެ.

17 ދުވަހުގައި ޕޮޒިޓިވްވި މި ކުއްޖާގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަކަމަށާއި ނިއުބޯން އެއް ކަމަށް ވުމާއެކު ކުޑަކޮށް ވީޒިން ހުރުން ފިޔަވާ އިތުރު އެއްވެސް ކަމެއް ނެތް ކަމަށް ކުއްޖާގެ މަންމަ މައުލޫމާތު ދިނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ތެލުގެ އަގު 2 އިންސައްތަ އުފުލިއްޖެ
ސަޢޫދީ ޢަރަބިއްޔާއަށް ހޫތީން ދިން އައު ހަމަލާތަކަކާއި، ޚަލީޖުގެ ކަނޑުގެ ސަރަޙައްދުގައި އުޅަނދުފަހަރަށް ދިން ހަމަލާތަކާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު 2 އިންސައްތައަށް ވުރެ މައްޗަށް އުފުލިއްޖެއެވެ.
14 Sep 2026
އިންޑޮނޭޝިއާގެ ބޯޓެއް ބަންޑުންޖަހާލައި 6 މީހުން މަރުވެ، 129 މީހުން ގެއްލިއްޖެ
މި ބޯޓަކީ 30 ފަޅުވެރިންނާއެކު ޖުމްލަ 243 މީހުން ގޮވައިގެން، އީސްޓް ޖާވާގެ ސުރަބާޔާ ސިޓީން ހޮނިހިރު ދުވަހު ފުރި ބޯޓެކެވެ. ބޯޓު ދަތުރުކުރަމުން ދިޔައީ ސައުތު ކަލިމަންތާންގެ ބަންޖަރުމާސިން ސިޓީއަށެވެ. އެ ސަރަޙައްދުން ދަތުރުކުރި ހެލިކޮޕްޓަރަކަށް ބޯޓު ބަންޑުންޖަހާލާފައިވާ މަންޒަރު ފެނިގެން ރިޕޯޓްކޮށްފައިވާ ކަމަށް އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓަރު ދުދީ ޕުރްވާގަންދީ ވިދާޅުވިއެވެ. މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ދަނީ އިތުރަށް ތަޙުޤީޤު ކުރަމުންނެވެ.
14 Sep 2026
އަލާއަށް ފާޑުކިޔުން؛ އަލާ ދެއްކެވީ ހެކި, އަމިއްލަ ވާހަކައެއް ނޯންނާނެ
13 Sep 2026
އިންޑިއާ އާއި ޗައިނާގެ ވިޔަފާރިއާއި ދަތުރުފަތުރުގެ ގުޅުން ބަދަހިކުރުމަށް ދެ ގައުމުގެ ވެރިން އެއްބަސްވެއްޖެ
އިންޑިއާގެ އެކްސްޓަރނަލް އެފެއަރޒް މިނިސްޓްރީއިން ބުނީ، ދެ ގައުމުގެ މެދުގައި ސަގާފީ ހަރަކާތްތަކާއި، ވިޔަފާރީގެ ގުޅުންތަކާއި، މީހުން ދަތުރުފަތުރުކުރުން އިތުރަށް އާލާކުރުމުގެ މުހިންމުކަން ދެ ލީޑަރުން ފާހަގަކުރެއްވިކަމަށެވެ
13 Sep 2026
ސިޓީގެ ފޯޑެންއަށް ދެއްކި ރަތްކާޑުގެ ފައިދާ މެންޗެސްޓަރ ޔުނައިޓެޑަށް ނުނެގި ބަލިވެއްޖެ
އިނގިރޭސި ޕްރިމިއާ ލީގުގެ ޕޮއިންޓް ތާވަލަށް ބަލާއިރު ސިޓީ އަދި އެއްވަނައިގައި އޮތް އާސެނަލްއަށް ވެސް ވަނީ އެއްވަރަކަށް ޕޮއިންޓް ލިބިފައެވެ. އެހެންނަމަވެސް، ފައިދާ ގޯލުގެ ތަފާތުން ތާވަލުގެ އެއްވަނަ އަދިވެސް ކަށަވަރުކޮށްގެން އޮތީ އާސެނަލްއެވެ.
13 Sep 2026
ބްރިޖުގައި ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއް؛ އެކަކަށް އަނިޔާވެ ފަރުވާ ދެނީ
އެކްސިޑެންޓްގަައި ހިމެނޭ ސައިކަލާއި ކާރަށް ވަނީ އެކިވަރުގެ ގެއްލުން ވެފައެވެ.
13 Sep 2026
މިސްކިތްތަކަށް ގެއްލުން ދިނުން ހުއްޓުވަން ގާނޫނެއް ފަރުމާކޮށް އަދަބު ކަނޑައެޅުން މުހިންމު: ޒައިދު
އެފަދަ މީހުން އެފަދަ ކުއްތައް ތަކުރާރުކުރާތަން ފެންނަނީ މިހާރު ހުރި ގާނޫނުތަކުން ފަރުވާ ނުލިބޭތީ ކަމުގައި އޭނާ ވިދާޅުވި އެވެ.
13 Sep 2026
ރަޙުމަތްތެރިކަމުގެ މެޗެއްގައި ދިވެހިރާއްޖެ، ޗައިނާއާ ދެކޮޅަށް ނިކުންނަނީ
މި މެޗު ކުޅޭނެ ވަކި ޚާއްޞަ ތާރީޚެއް އަދި ރަސްމީކޮށް ކަނޑައެޅިފައި ނުވި ނަމަވެސް، މެޗު ކުޅުމަށް ނިންމާފައިވަނީ ޗައިނާގައެވެ.