21 May 2020 | 17:01
އައިއޭސީގެ ލޮތްބާއިއެކު 2020 އަށް ބޮޑު ކާމިޔާބީއެއް!

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިޔަށް ގެންދާ ލޮތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނަށް ބޮޑު ތަރްޙީބެއް ލިބިއްޖެއެވެ. ދުނިޔެއަށް ކުރިމަތިވެފައިވާ ކޮވިޑް 19 ގެ މުސީބާތުގެ ދަނޑިވަޅުގައިވެސް ދިވެހިންގެ ހިތްހެޔޮކަން މި ކެމްޕޭން ޒަރިއްޔާއިން ދައްކުވައިދީފިއެވެ. އެގޮތުން މި ރަމަޟާން މަހުގެ ފަހު ދިހައެއްގައި އެކަނިވެސް 2.4 މިލިއަން ރުފިޔާގެ އެހީ މި ކެމްޕޭނަށް ލިބިފައިވެއެވެ.

މިއަހަރުގެ ލޮތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭން ކުރިޔަށް ގެންދަނީ 6 ސަރަހައްދަކަށް ބަހާލައިގެންނެވެ. އެގޮތުން މި ކެމްޕޭނަށް ކަނޑައަޅާފައިވާ 6 ޤައުމަށް ރާއްޖޭގެ ނިސްބަތުން ބޮޑެތި އެހީތެރިކަމެއް މިހާތަނަށް ފޯރުކޮށްދެވިފައިވެއެވެ. މި ކެމްޕޭން ހާއްސަ ކުރެވިފައިވަނީ ޔުގެންޑާ، ފަލަސްތީނު، ސީރިޔާ، ޔަމަން، ނޭޕާލްގެ އިތުރުން މެލޭޝިއާއާއި ބަންގްލަދޭޝްގައި ދިރިއުޅޭ ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީނަށެވެ. 

އައިއޭސީއިން މަޢުލޫމާތުދޭގޮތުގައި ލޮތްބާއިއެކު 2020 ކެމްޕޭނުގައި ހިމެނޭ އެއް ބައި ކަމަށްވާ އިފްތާރު ޕެކޭޖުތައް ހަދިޔާކުރުމަށް ޑޮނޭޝަން ބަލައިގަތުން ކުރިޔަށް ދަނީ މި ރޯދަމަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށެވެެެ. އެހެންނަމަވެސް، ކާބޯތަކެތީގެ ޕެކޭޖްތަކަށް ޑޮނޭޝަން ބަލައިގަތުން ކުރިޔަށް ދާނެ ކަން އައިއޭސީއިން ހާމަކުރެއެވެ. ލޮތްބާއިއެކު 2020 ކެމްޕޭން 6 ރޯދައިގެ ނިޔަލަށް ކުރިޔަށް ގެންދިޔުމަށް އައިއޭސީއިން ނިންމާފައިވެއެވެ.

މި ކެމްޕޭނުން އެހީ ލިބުނު ފަރާތްތަކުގެ ޝުކުރާއި ހެޔޮ ދުޢާ ކެމްޕޭނަށް އެކިގޮތްގޮތުން އެހީވެދެއްވި ފަރާތްތަކަށް އައިއޭސީއިން ވަނީ އުފާލާއެކު ރައްދުކޮށްދީފައެވެ. މީގެއިތުރުން މި ކެމްޕޭނުގެ ޒަރިއްޔާއިން އެހީ ލިބުނު ފަރާތްތަކުގެ ހިނިތުންވުމުން ލިބުނު އުފާވެރިކަމަކީ އަގުނުކުރެވޭ ވަރުގެކަމެއްގެ ގޮތުގައި އައިއޭސީއިން ސިފަކުރެއެވެ.

ލޮތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނަށް މިހާތަނަށް ޖުމުލަ 3.9 މިލިއަން ރުފިޔާ ލިބިފައިވެއެވެ. އައިއޭސީގެ މި ކެމްޕޭން ކުރިޔަށްގެންދިޔަ 6 ސަރަހައްދުގައި ހިމެނޭ 4 މީހުންނާއި 6 މީހުން ދިރިއުޅެމުންދާ 3985 އާއިލާއަކަށް ކާބޯތަކެތީގެ ޕެކޭޖް ވަނީ ހަދިޔާކޮށްދީފައެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން އަންނަނީ ލޮތްބާއެކު 2020 ކެމްޕޭނުގެ ޑިސްޓްރިބިއުޝަންތަކުގެ އެންމެ ފަހުގެ ފޮޓޯތަކާއި ވީޑިއޯތައް އައިއޭސީގެ ފޭސްބުކް ޕޭޖު (https://www.facebook.com/IACMaldives/)ގައި ހިއްސާކުރަމުންނެވެ. އައިއޭސީގެ އެމެޖެންސީ ރިލީފް އެކައުންޓް ނަންބަރު 7770000026259 މެދުވެރިކޮށް މި ކެމްޕޭނަށް ޑޮނޭޓް ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ކެމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތެއް ބޭނުންނަމަ އައިއޭސީގެ ހޮޓްލައިން ނަންބަރު 9122121 ގުޅޭނެއެވެ. ލޮތްބާއިއެކު 2020 ކެމްޕޭނުގެ ޒަރިއްޔާއިން، ޖުމުލަ 60 ޑޮލަރަަށް 6 މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހުގެ ކާބޯތަކެތީގެ އިތުރުން އެއް މަހުގެ ހައިޖީން ޕެކެއް ދެވޭނެ އިންތިޒާމް ހަމަޖައްސާފަވެއެވެ. ނިކަމެތިންނަށް ކާބޯތަކެތި ހަދިޔާކުރުމުގެ އިތުރުން، ފިތްރު ޢީދުގެ މުނާސަބާތާއި ގުޅިގެން ހަރަކާތްތަކެއް ރާވަމުން އަންނަކަން އައިއޭސީއިން ހާމަކޮށްފައިވެއެވެ.

ލޮތްބާއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭނުގެ އިތުރުން، އައިއޭސީއިން ވަނީ ފާއިތުވި ދުވަސްތަކުގެ ތެރޭގައި ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ތިބި ނިކަމެތިންނަށް އެހީވުމުގެ ގިނަ ކެމްޕޭންތައް ކުރިޔަށް ގެންގޮސްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
14 Sep 2026
ލަންކާގެ ޖޫނިއާ ސާފިން ޗެމްޕިއަން ބަލިކޮށް، ރާއްޖޭގެ އާލިޔާ ޗެމްޕިއަންކަން ހޯދައިފި
މި މުބާރާތުގެ ތެރެއިން އާލިޔާ ދައްކުވައިދިން ހުނަރާއެކު ގިނަ ބައެއްގެ ސަމާލުކަން އޭނާއަށް ހުއްޓުނެވެ. މިއީ މިފަދަ މުބާރާތެއްގައި އާލިޔާގެ ފުރަތަމަ ތަޖުރިބާއެވެ.
14 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ސެމީފައިނަލަށް ހަނިމާދޫ އާއި ކެލާ
ކުއާޓާފައިނަލުގެ ބާކީ މެޗްތައް ކުޅޭނީ މާދަމާ ހަވީރާއި ރޭގަނޑެވެ. ހަވީރު ކުޅޭ މެޗްގައި ފިނޭ ނިކުންނާނީ ބާރަށާ ދެކޮޅަށެވެ. އަދި ރޭގަނޑު ކުޅޭ މެޗްގައި ބައްދަލުކުރާނީ ދިއްދޫ އާއި ވަށަފަރެވެ
14 Sep 2026
ބޮޑުއަގުގައި ބޭރު ފައިސާ ގަނެވިއްކާ ކަމުގެ ތުހުމަތުގައި ބަންގްލަދޭޝް ދެ މީހަކު ހައްޔަރުކޮށްފި
‏މި މައްސަލައާ ގުޅިގެން ބަންދުކޮށްފައިވަނީ އެމްޑީ މަސްއޫދު އަޙްމަދު އަދި އަބޫ ތާހިރު އެވެ.
14 Sep 2026
ހާލަންޑު ޖެހި ލަނޑު ސައްހަކަމަށް ނިންމުނީ ގޯހަކުން
ރެފްރީންގެ ކޮމިޓީން ވަނީ ވީއޭއާރުގެ މި ނިންމުން މުރާޖައާކުރާނޭކަމަށް ބުނެފައި
14 Sep 2026
ރަސްމީ ދަތުރުފުޅެއްގައި މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ރާއްޖެ ވަޑައިގެންފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަޢުވަތަކަށް، މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމް ކުރައްވާ ފުރަމާނަ ދަތުރުފުޅެއްގައި މިރޭ ރާއްޖެ ވަޑައިގެންފި އެވެ.
14 Sep 2026
ކާށިދޫ ޔޫތް ޓްރޮފީ ވުމެންސްގެ ފުރަތަނަ ދެމެޗް އެންޖީ ޖޫނިއާސް އަދި އެންޖީ ސްޓާރިންނަށް
އެންޖީ ޖޫނިއާސް މި މެޗު ކާމިޔާބުކުރީ 06-14 ގެ ނަތީޖާއަކުންނެވެ. އަދި ދެވަނަ މެޗު އެންޖީ ސްޓާރިންގ ވަނީ ކާމިޔާބުކޮށް މުބާރާތުގެ ފެށުން ރަނގަޅުކޮށްފައެވެ
14 Sep 2026
އެންޓަނާއަކުން މީހަކު ވެއްޓި އުނގޫފާރު ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާދެނީ
އެންޓަނާ މަތިން ވެއްޓުނު މީހާއަށް އަނިޔާވިއިރު އޭނާއަށް ލިބުނު އަނިޔާގެ ތަފްސީލެއް އަދި ސާފެއް ނުވެއެވެ.
14 Sep 2026
މިނިސްޓަރު ފެންވަރުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހަށް ދެ ބޭފުޅަކު އައްޔަންކުރައްވައިފި
ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް ފޯ ޓަރޝަރީ ހެލްތު ސާވިސަސްގެ މަގާމަށް، ގ. ފިނިވިލު، މުހައްމަދު ތަލާލް އަދި ޕްރިންސިޕަލް ސެކްރެޓެރީ ޓު ދަ ޕްރެޒިޑެންޓް އޮން ޕޮލިސީ އެންޑް މެނިފެސްޓޯގެ މަގާމަށް، ގދ. ތިނަދޫ ޝިފާ، އަހްމަދު ހަބީބް ޢައްޔަންކުރައްވާފަ އެވެ.