21 May 2020 | 15:54
ޒަކާތް ބަލައިގަތުމުގެ ފަހުދުވަސް: ފިޠުރު ޒަކާތް ބަލައިގަންނާނީ މިއަދު އިރުއޮއްސި 6 އާއިހަމަޔަށް!

ފިޠުރު ޒަކާތް ބަލައިގަތުމުގެ ސުންގަޑި މިއަދު އިރު އޮއްސި 6 ޖެހުމާއި ހަމަވާނެކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވާފައިވާއިރު، ގިނަ އޮންލައިން ވަސީލަތްތަކެއް މެދުވެރިކޮށް ޒަކާތް ދެއްކޭނެ އިންތިޒާމް ވަނީ ހަމަޖައްސަވާފައެވެ.

ފުރަބަންދުގެ ޙާލަތުގައި ފިޠުރު ޒަކާތް ކޯވިޑް-19 އާ ގުޅިގެން ގްރޭޓަރ މާލެ ރީޖަންގެ ފުރަބަންދުގެ ޙާލަތުގައި އިސްލާމިކް މިނިސްޓްރީގެ ފަރާތުން ގޮވާމުންނާއި ނަގުދު ފައިސާއިން ޒަކާތް ބަލައި ނުގަންނަ ގޮތަށް ވަނީ ހަމަޖެހިފައެވެ.

ރަށްރަށުގައި ފިޠުރު ޒަކާތް ބަލައިގަތުމުގެ އިންތިޒާމް ހަމަޖައްސާނީ އެރަށެއްގެ ކައުންސިލުންނެވެ.

ފިޠުރު ޒަކާތް ބަލައިގަތުމުގެ އެންމެ ފަހުގެ ތާރީޚަކީ ރަމަޟާންމަހުގެ 28 ވަނަ ދުވަހުގެ އިރު އޮއްސި 6 ޖެހުމާއި ހަމަޔަށްކަމަށް އިސްލާމިކް މިނިސްޓްރީން ހާމަކުރައްވައެވެ.

ފިޠުރު ޒަކާތް ދައްކަންޖެހޭ އަގުތައް

އާދައިގެ ހަނޑުލުން ނަމަ 15 ރުފިޔާ

ތައިލެންޑް ހުދު ހަނޑުލުން ނަމަ 48 ރުފިޔާ

ބާސްމަތީ ހަނޑުލުން ނަމަ 105 ރުފިޔާ

ރަތް ހަނޑުލުން ނަމަ 65 ރުފިޔާ

އާދައިގެ ފުށުން ނަމަ 12 ރުފިޔާ

އާޓާ ފުށުން ނަމަ 55 ރުފިޔާ

ފިޠުރު ޒަކާތް ބަލައިގަތުން ހަމަޖެހިފައިވާ އުޞޫލު

ދިރާގު ޕޭ އެންޑް ލައިފް ސްޓައިލް އެޕްލިކޭޝަން އަދި އެސް.އެމް.އެސް މެދުވެރިކޮށް.

އުރީދޫ އެމް ފައިސާ އެޕްލިކޭޝަން އަދި އެސް.އެމް.އެސް މެދުވެރިކޮށް.

ބީ.އެމް.އެލް ވެބްސައިޓް މެދުވެރިކޮށް.

އެމް.އައި.ބީ. އޮންލައިން ބޭންކިންގ "ފައިސާނެޓް" އަދި މޯބައިލް ބޭންކިންގ "ފައިސާނެޓް" މެދުވެރިކޮށް.

ޒަކާތް ބަހާނީ ކިހިނެތް؟

ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ ޒަކާތުގެ ޙައްޤުވެރިންގެ ބޭންކު އެކައުންޓުތަކަށް ފައިސާ ޓްރާންސްފަރ ކޮށްގެންނެވެ. 1441 ވަނަ އަހަރުގެ ފިތުރު ޒަކާތް ބެހުމަށް ހަމަޖެހިފައިވަނީ 1440 ވަނަ އަހަރުވެސް ފަޤީރުންގެ ގޮތުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށެވެ. ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމާއި ވަކިވުމަށް ހުށަހެޅުން ކޯވިޑް-19 ގެ ޙާލަތާއި ގުޅިގެން ދަފްތަރު އަލުން އެކުލަވާލުމުގައި ހުރި ދަތިތަކުގެ ސަބަބުން ފަޤީރުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް ހުޅުވާލުން މިހާރުވަނީ ފަސްކުރެވިފައިކަމަށް އެ މިނިސްޓްރީން ހާމަކުރައްވައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
23 Sep 2026
ރ. ވާދޫގައި ހަރުދަނާ ޖީލެއް ބިނާ ކުރުމަށް ދަރިވަރުންނަށް ”ކާފިއު“ އެއް
މަދު، ހޭލުންތެރި އަދި އަމާން މުޖުތަމައެއް ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ދަށުން، ސްކޫލް ދަރިވަރުންގެ އަޚްލާޤީ ކަންކަން ހަރުދަނާ ކުރުމަށްޓަކައި ޚާއްޞަ ފިޔަވަޅުތަކެއް އަޅަން ރ. ވާދޫ ކައުންސިލުން ނިންމައިފިއެވެ.
23 Sep 2026
އުމުރުން ދުވަސްވީ މީހުން ސްކޭމްތަކުން ރައްކާތެރިކުރުމަށް ސެޝަނެއް ބާއްވައިފި
އުރީދޫ މޯލްޑިވްސްއާއި ދިވެހި ފުލުހުންގެ ޚިދުމަތް ގުޅިގެން މާލެ އަދި ހުޅުމާލޭގެ އިސްރަށްވެހިންގެ ނާދީގައި ދޮށީ ޢުމުރުގެ މީހުންނަށް ޑިޖިޓަލް ރައްކާތެރިކަމާއި ސްކޭމްތައް ދެނެގަތުމާ ގުޅޭ ސެޝަނެއް ބާއްވައިފިއެވެ.
23 Sep 2026
ހުޅުމާލޭގައި ސައިކައިއެޓްރީ ހޮސްޕިޓަލެއް އިމާރާތްކޮށްދޭނެ ފަރާތެއް ހޯދަނީ
ހުޅުމާލޭގައި 50 އެނދުގެ ސައިކައިއެޓްރީ (ނަފްސާނީ ބަލިތަކަށް ޚާއްޞަ) ހޮސްޕިޓަލެއް އިމާރާތްކޮށް ތަރައްޤީކޮށްދޭނެ ފަރާތެއް ހޯދުމަށް ބީލަމަށް ހުޅުވާލައިފިއެވެ.
23 Sep 2026
ވެސްޓްޕާކްގެ ބަދަލުގައި ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރިއަށް
މާލޭގެ ހަވީރީ ހިނގުމުގައި މަގު ހެދުމުގެ މަސައްކަތް ކުރިއަށްދާތީ އެ މަގު ބަންދުކުރުމާ ގުޅިގެން، ވެސްޓްޕާކް ސަރަޙައްދުގެ ބަދަލުގައި ދެން ބަސް މަޑުކުރާނީ މާފަންނު މަދަރުސާ ކައިރީގައިވާ ބަސް ސްޓޮޕަށް ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
23 Sep 2026
ވ. ފުލިދޫގައި ކުރިއަށްދިޔަ މޫދު ކުލާހެއްގެ ތެރެއިން ހާލުދެރަވި އަންހެނަކު ނިޔާވެއްޖެ
ފުލުހުން ބުނީ މި ހާދިސާ ހިނގާފައިވަނީ އިއްޔެ ހަވީރު 16:30 އެހައިކަންހާއިރު ކަމަށެވެ. އެއީ ފުލިދޫ ޕޮލިހާއި ވ. އަތޮޅު މަދަރުސާ ގުޅިގެން، އެ މަދަރުސާގެ ދަރިވަރުންނާއި މުދައްރިސުން އަދި ބެލެނިވެރިންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މޫދު ކުލާހެއްގެ ތެރޭގައެވެ.
23 Sep 2026
ޑރ.މުއްޠަލިބު ކިޔައިދެއްވީ ޕްރޮޖެކްޓުން ލިބޭނެ ފައިދާތައް
ރަސްމާލޭގައި "މޯލްޑިވްސް ވޯޓާފްރަންޓް އެންޑް މެރީނާ" ތަރައްޤީ ކުރުމަށް ޔޫއޭއީގެ އީގަލް ހިލްސް ކުންފުންޏާއެކު ވެވުނު އެއްބަސްވުމާ ގުޅިގެން އާންމުންނާއި ސިޔާސީ ފަރާތްތަކުން އުފައްދަމުންދާ ސުވާލުތަކާއި ފާޑުކިޔުންތަކަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރު ޑރ. ޢަބްދުالله މުއްޠަލިބު ތަފްޞީލީ ޖަވާބެއް ދެއްވައިފިއެވެ.
23 Sep 2026
ހިރިލަންދޫގައި 200 މެޓްރިކް ޓަނުގެ ކޯލްޑް ސްޓޯރޭޖެއް ގާއިމުކުރަނީ
މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ "ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވް މޮޑެލް" ގެ ދަށުންނެވެ.
23 Sep 2026
ޗާގޯސް ޑީލް ރަނގަޅެއް ނޫން: ޓްރަމްޕް
ޗާގޯސް އައިލެންޑްސް މޮރިޝަސްއާ ހަވާލުކުރުމަށް އިނގިރޭސިވިލާތުން ވެފައިވާ އެއްބަސްވުމަށް ޓްރަމްޕް އަނެއްކާވެސް ވަރަށް ބޮޑަށް ފާޑުކިޔައިފިއެވެ.