25 May 2020 | 16:55
އިންޑިޔާއާއި ދެކޮޅަށް ޕާކިސްތާނުން އޯއައިސީއަށް ހުށައެޅި ހުށައެޅުމަށް ޔޫއޭއީއިންވެސް ދެކޮޅު ހަދައިފި

އިންޑިޔާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ އަމަލުތައް ބަލައިދޭން އެދި އޯގަނައިޒޭޝަން އޮފް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ)އަށް ޕާކިސްތާނުން ހުށައެޅި ހުށައެޅުމަށް އެކުވެރި އަރަބި އިމާރާތުންވެސް ދެކޮޅު ހަދައިފިއެވެ.

މީޑިޔާތަކުން ރިޕޯޓްކުރާގޮތުގައި 19 މެއި ދުވަހު އޮތް އޯއައިސީގެ ވާޗުއަލް މީޓިންގ ޗެއަރކުރި ޔޫއޭއީން ވަނީ އިންޑިޔާގައި މުސްލިމުންނާއި ދެކޮޅަށް ހިންގަމުންދާ ކަންތައްތައް ތަހުގީގުކުރުމަށް އޯއައިސީގެ ނުރަސްމީ ވޯކިންގ ގްރޫޕެއް އެކުލަވާލުމަށް ޕާކިސްތާނުން ހުށައެޅި ހުށައެޅުމަށް ތާއިދުކުރަން ދެކޮޅު ހަދާފައެވެ.

މި ބައްދަލުވުމުގައި ޔޫއޭއީގެ ފަރާތުން ބުނީ ވޯކިންގ ގްރޫޕެއް ހެދޭނީ އޯއައިސީގެ ހުރިހާ ގައުމެއްގެ ފޮރިން މިނިސްޓްރީތަކެއްގެ ހުއްދައާއި އެކުގައިކަމަށެވެ. ޔޫއޭއީގެ އިތުރުން ދިވެހިރާއްޖެއިންވެސް ވަނީ ޕާކިސްތާނުގެ ހުށައެޅުމަށް ދެކޮޅު ހަދާފައެވެ.

މި ދެގައުމަކީވެސް ޚާރިޖީ އަދި ވިޔަފާރީގެ ދާއިރާއިން އިންޑިޔާއާއި ގާތް ގުޅުންތަކެއް ބާއްވަމުންދާ ދެ ގައުމެވެ.

ދިވެހިރާއްޖެއިން ވަނީ އިސްލާމަފޯބިކް ނުވަތަ އިސްލާމްދީނާއި މުސްލިމުންނާއި ދެކޮޅު ޚިޔާލުތައް ގެންގުޅޭ ގައުމެއްގެ ގޮތުގައި އިންޑިޔާ އެކަހެރިކުރުމަކީ ރަނގަޅުކަމެއް ނޫންކަމަށް ބުނެފައެވެ.

އޯއައިސީގެ ބައްދަލުވުމުގައި ދިން ބަޔާނުގައި ދިވެހިރާއްޖެއިން ވަނީ ދުނިޔޭގެ އެންމެ ބޮޑު ޑިމޮކްރަސީގެ ގޮތުގައި އޮތް އިންޑިޔާގައި 200 މިލިޔަނެއްހާ މުސްލިމުން ދިރިއުޅެމުންދާއިރު، އެގައުމަށް އިސްލާމަފޯބިކް ގައުމެއްގެ ތުހުމަތުކުރުމަކީ ދެކުނު އޭޝިޔާގެ ދީނީ އެއްބައިވަންތަކަމަށް އެޅިގެންދާނެ ބޮޑު ހުރަހެއްކަމަށް ބުނެފައެވެ. އަދި އެއީ މުޅިން ރަނގަޅުކަމެއްވެސް ނޫންކަމަށް ދިވެހިރާއްޖެއިން ވަނީ ބުނެފައެވެ.

ފޮރިން މިނިސްޓްރީގެ ކޮމިއުނިކޭޝަންސް ޑިރެކްޓަރ މިއުވާން މުހައްމަދު ވިދާޅުވީ އިސްލާމަފޯބިއާ އަކީ ސީރިއަސް މައްސަލައެއްކަމަށް ދިވެހިރާއްޖެއިން އެއްބަސްވާކަމަށާއި، އޯއައިސީގެ ބައްދަލުވުމުގައި ދިވެހިރާއްޖެއިން ދިން ބަޔާނުގައި މިކަމާއި ގުޅިގެން ވަކި ގައުމަކަށް ޓާގެޓްކުރުމަކީ ހަގީގީ މައްސަލައަށް ނުބެލުންކަމަށް ބުނެފައިވާނެކަމަށެވެ.

މިއުވާން އިތުރަށް ވިދާޅުވީ ފާއިތުވެދިޔަ އަހަރުތަކުގެ ތެރޭގައި ކަންބޮޑުވާފަދަ ދަރަޖައަކަށް ނަފްރަތާއި ނަސްލީ ތަފާތުކުރުންތައް ދުނިޔެއިން ދެކެފައިވާކަމަށާއި، އަނިޔާވެރިކަމަކީ ސިޔާސީ އަދި އެހެނިހެން އެެޖެންޑާތައް ކުރިއެރުވުމަށް ބޭނުންކުރެވޭ ހަތިޔާރަކަށް ވެފައިވާކަމަށެވެ. އަދި ދުނިޔޭގެ ކޮންމެ ހިސާބެއްގައިވެސް ހިނގާ މިފަދަ އަމަލުތަކާއި ދިވެހިރާއްޖެއިން އަބަދުވެސް ދެކޮޅަށް އޮންނާނެކަމަށް އެބޭފުޅާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Oct 2026
ވިކްޓްރީ އާއި މާޒިޔާ ބައްދަލުކުރި ބޮޑު މެޗް އެއްވަރު
މެޗަށްފަހު ޕޮއިންޓް ތާވަލް މިހާރު އޮތްގޮތަށް ބަލާއިރު، ތާވަލްގެ އެއްވަނާގައި ޕޮއިންޓްގެ ގޮތުން އެއްވަރެއްގައި ވިކްޓްރީ އަދި ނިއު ކުރީގައި އުޅޭއިރު ދެ ޓީމަށްވެސް ލިބިފައިވަނީ 7 ޕޮއިންޓެވެ
10 Oct 2026
ސީޖޭޕީގެ މުޒާހަރާއަށް ދިޔަ މަގުމަތީ، މަހަތުމާ ގާންދީގެ މުނިކާފަ ދަރިކަލުން ފުލުހުންގެ ބެލުމުގެ ދަށަށް
ފުލުހުން ބުނީ އޭނާ ހައްޔަރެއް ނުކުރާކަމަށާއި، މުޒާހަރާއަށް ހުރަސް އެޅުމުގެ ގޮތުން ވަގުތީ ގޮތުން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައީކަމަށެވެ.
10 Oct 2026
ލޯނު އަދާކުރުމަށް 10 ބިލިއަނަށްވުރެ ގިނަ ރުފިޔާ
އެންމެފަހުން ދައްކާފައިވަނީ އިންޑިއާގެ ސްޓޭޓް ބޭންކު މެދުވެރިކޮށް ނަގާފައި އޮތް 150 މިލިއަން ޑޮލަރުގެ ޓްރެޒަރީ ބިލް ފެސިލިޓީގެ އެންމެ ފަހު 50 މިލިއަން ޑޮލަރެވެ. އޭގެ ކުރިން އެޕްރީލް މަހުގެ ދެ ވަނަ ދުވަހު 524 މިލިޔަން ޑޮލަރުގެ ސުކޫކާއި 23 އެޕްރީލުގައި އިންޑިއާއަށް ދެއްކި 400 މިލިޔަން ޑޮލަރުގެ ކަރަންސީ ސްވޮޕް ފައިސާވެސް ހިމެނެއެވެ.
10 Oct 2026
އިންޑިއާގެ މަޝްހޫރު ކެއްކުންތެރިޔާ ކަބީތާ ސިންގް، ސަން ސިޔާމް އޮޅުވެއްޔަށް
ކަބީތާ ސިންގް އަކީ "ކަބީތާސް ކިޗެން" ގެ ނަމުގައި ޔޫޓިއުބުގައި 14.6 މިލިއަނަށް ވުރެ ގިނަ ސަބްސްކްރައިބާޒް ހޯދާފައިވާ، އިންޑިއާގެ ތަފާތު ކެއްކުންތައް ދުނިޔޭގެ އެކި ކަންކޮޅުތަކަށް ގެނެސްދޭ ތަރިއެކެވެ. 2024 ވަނަ އަހަރު ނެޝަނަލް ކްރިއޭޓާޒް އެވޯޑްގެ ކާބޯތަކެތީގެ ކެޓެގަރީން އެންމެ މޮޅު ކްރިއޭޓަރުގެ ޝަރަފު ވެސް ކަބީތާ ހޯދާފައިވެއެވެ.
10 Oct 2026
އިސްރަށްވެހިންނަށް ލިބެންޖެހޭ ނަފްސާނީ ދުޅަހެޔޮކަން ކަށަވަރުކުރަންޖެހޭ
އެކަމަނާ ވިދާޅުވީ ގައުމެއް މިއަދު މިހިސާބަށް ގެނެސްދިނުމުގައި އެންމެ ބޮޑު ގުރުބާނީއެއް ވީ ފަރާތްތަކަކީ އިސްރަށްވެހިން ކަމަށެވެ. ގައުމަށް ކުރިމަތިވި ކޮންމެ ބޮޑު ގޮންޖެހުމެއްގައި އެންމެ ބުރަ ބައި އެ ފަރާތްތަކުން އުފުލައި، ޒުވާން ޖީލުތައް ތަރުބިއްޔަތުކޮށް ހިދުމަތުގެ މައިދާނަށް ނެރެދީފައިވާ ކަމަށް ވެސް ވިދާޅުވިއެވެ
10 Oct 2026
ސްރީލަންކާއިން ސައުދީގެ ވެރިރަށަށް ކުރާ ދަތުރުތައް ވަގުތީގޮތުން ހުއްޓާލައިފި
ސްރީލަންކާގެ ގައުމީ އެއާލައިނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މި ފިޔަވަޅަކީ އެއާޕޯޓުގެ ސަލާމަތީ ކަންކަން އިތުރަށް ދިރާސާކޮށް، އޮޕަރޭޝަންތައް ކުރިއަށް ގެންދިއުމަށް ރައްކާތެރި މާހައުލެއް އޮތްތޯ ބެލުމުގެ ގޮތުން އެޅި ފިޔަވަޅެކެވެ
10 Oct 2026
ރަޝިއާގެ ޑީސަލް ގަތުމަށް ޓްރަމްޕް ޕޫޓިންއާ އެކު އެއްބަސްވުމެއް ހަދައިފި
ޔޫކްރެއިންގެ ރައީސް ވޮލޮޑީމީރް ޒެލެންސްކީ ދެކޭ ގޮތުގައި މި ޑީލުގެ ސަބަބުން ރަޝިޔާއަށް އިތުރަށް މީހުން މެރުމާއި ދިގު މުއްދަތަކަށް ހަނގުރާމަ ކުރިއަށް ގެންދިޔުމަށް ފުރުސަތު ހުޅުވޭނެއެވެ.
10 Oct 2026
އެމްޑީޕީގެ ގައުމީ މަޖިލިސް އިންތިހާބުގައި ވާދަކުރުމުގެ ފުރުސަތު ހުޅުވާލައިފި
އެ ޕާޓީން ކަނޑައަޅާފައިވާ ގޮތުގައި، މި އިންތިހާބުގައި ބައިވެރިވެވޭނީ މި އޮކްޓޫބަރު މަހުގެ 20 ވަނަ ދުވަހުގެ މެންދުރުފަހު 14:00 އާ ހަމައަށް ޕާޓީގެ މެންބަރުންގެ ދަފުތަރުގައި ރަޖިސްޓްރީވެފައިވާ ފަރާތްތަކަށް އެކަންޏެވެ.