27 May 2020 | 15:28
މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އިތުރުކުރުމާއި މެދު އެންމެފަހުން ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެނީ

ކޮވިޑް-19ގެ ހާލަތާއި ގުޅިގެން ކަނޑައަޅާފައިވާ ތާރީޚުގެ ކުރިން ލޯކަލް ކައުންސިލްތަކުގެ އިންތިޚާބު ނުބޭއްވޭނެތީވެ، މިހާރު އޮތް ކައުންސިލްތަކުގެ ދައުރު އިތުރުކުރުމާއި މެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ހުށައަޅައިފިއެވެ.

މި މައްސަލައާއި ގުޅިގެން ސުޕްރީމް ކޯޓުގެ އިސްތިޝާރީ ލަފައަކަށް އެދުމަށް އެދި ރައްޔިތުންގެ މަޖިލީހުގެ ތަޅުމަށް ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ވަނީ ގަރާރެއް ހުށައަޅުއްްވާފައެވެ. މި ގަރާރު އެބޭފުޅާ މަޖިލީހަށް ހުށައެޅުއްވީ ގާނޫނު އަސާސީގެ 95ވަނަ މާއްދާގެ ދަށުންނެވެ.

ގާނޫނު އަސާސީގެ 95ވަނަ މާއްދާގައި ބުނެފައިވާ ގޮތުގައި ގާނޫނުގައި ކަން އޮތްގޮތާ މެދު އުފެދޭ މުހިންމު ސުވާލުތަކާ މެދު ނުވަތަ ގާނޫނީގޮތުން ކަމެއް އޮތްގޮތާމެދު ސުޕްރީމްކޯޓުގެ ލަފައަކަށް އެދި ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ގަރާރަކުން ސުޕްރީމްކޯޓަށް ހުށަހެޅިދާނެއެވެ.

"މިގޮތުން ހުށަހެޅޭ ކަންތައްތަކުގެ ތެރޭގައި ގާނޫނުއަސާސީ މާނަކުރުމުގެ މައްސަލަތަކާއި ވަކި ގާނޫނެއްގެ ސައްހަކަމާ މެދު އުފެދޭ ސުވާލުތައް ހިމެނެއެވެ. މިފަދަ ކަންކަމަށް ސުޕްރީމްކޯޓުން ދޭ ލަފާ ބިނާކޮށްފައިވާ ސަބަބުތައް ބަޔާންކުރުމާއެކު އެ ލަފާ ސުޕްރީމްކޯޓުން ރައްޔިތުންގެ މަޖިލީހަށް ފޮނުވާންވާނެއެވެ. އެ ލަފާ އޮންނާންވާނީ އިސްތިއުނާފު ކުރުމަށް ސުޕްރީމްކޯޓަށް ހުށަހެޅޭ މައްސަލަތަކުގައި އެ ކޯޓުން ނެރޭ ހުކުމްތަކާ އެއްފަދައިންނެވެ"، އެ މާއްދާގައި ބުނެފައިވެއެވެ.

ކައުންސިލަރުންގެ ދައުރުގެ މުއްދަތު ވަގުތީގޮތުން އިތުރުކުރުމާއި މެދު ސުޕްރީމް ކޯޓުގެ ލަފައަކަށް އެދެން ފެނިވަޑައިގަންނަވާފަދަ މޭރުމަކުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވެސް ވަނީ ވާހަކަފުޅު ދައްކަވާފައެވެ. އެބޭފުޅާ މިހެން ވިދާޅުވީ ކައުންސިލަރުންގެ ދައުރު އިތުރުކުރުމަށް ގާނޫނު އަސާސީއަށް އިސްލާހެއް ގެނައުމާއި މެދު މަޖިލީހުގެ ރޫހު ބައިބައިވެފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jul 2026
ޕްރެޝަރު ބޮޑުވުމުން ފުލުހުން ބުނީ، ބްރިޖްގައި ސްޓަންޓް ޖެއްސި މީހުން ޖޫރިމަނާކުރިކަމަށް
އާއްމުން ސޯޝަލް މީޑިއާގައި ކަންބޮޑުވުން ފާޅުކުރަން ފެށިތާ ގާތްގަނޑަކަށް ފަސް ގަޑިއިރުފަހުން ފުލުހުން ބުނެފައިވަނީ، ސްޓަންޓް ޖެއްސި މީހުން ޖޫރިމަނާ ކޮށްފައިވާކަމަށެވެ
25 Jul 2026
ސިނަމާލެ ބްރިޖްގައި ސްޓަންޓް ޖެއްސި ސައިކަލްތައް ފުލުހުން ޓޯކޮށްފި
ސައިކަލްތައް ޓޯކޮށްފައިވަނީ 30 ދުވަހުގެ މުއްދަތަކަށެވެ.
25 Jul 2026
އެއް ނަމްބަރު ސަރަހައްދަށް ދެން އަންނަން އޮތީ ކޮން ބަދަލެއް؟
25 Jul 2026
މިނިވަން ދުވަހާ ގުޅިގެން އުރީދޫއިން ހާއްސަ އޮފާތަކެއް
މީގެ ތެރެއިން ފާހަގަކޮށްލެވޭ އެއް އޮފާއަކީ "މިނިވަން 61 ޕެކް" ގެ ނަމުގައި ހުޅުވައިލި ޑޭޓާ ޕެކެވެ. މި ޕެކުގެ ދަށުން 61 ރުފިޔާ ދައްކައިގެން 24 ގަޑިއިރަށް 61 ޖީބީގެ ޑޭޓާ ލިބޭނެއެވެ
25 Jul 2026
އެޕޯލޯ ކްރިސްޓަލް ރެސިޑެންޓުގައި ރޯވި އަލިފާންގަނޑު ނިއްވާލީ ދޮރު ހަލާކުކޮށްލައިގެން ވަދެ
އަލިފާން ރޯވެ ދުން އަރަންފެށުމާއެކު، އާއްމުން އެކަން ރިޕޯޓްކުރުމާއެކު އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއުޓީމާއި ފުލުހުން ވަރަށް އަވަހަށް އެ ސަރަހައްދަށް އެޓެންޑްވި މަންޒަރު ވޮއިސްގެ ނޫސްވެރިންނަށް ވަނީ ފެނިފައެވެ
25 Jul 2026
އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތް އެމްޓީސީސީން ފަށަނީ
25 Jul 2026
ދެ ހަރަމްފުޅުގެ ހާދިމުގެ މުޝީރު ފާހަގަކުރެއްވީ، ރާއްޖޭގެ ތަރައްޤީއަށް ދެއްވާ އަހަމިއްޔަތުކަން
ބައްދަލުވުމުގައި ރައީސް ޑރ.މުއިއްޒު ވަނީ ސަޢޫދީ ޢަރަބިއްޔާއިން ރާއްޖެއަށް ދެއްވަމުންގެންދަވާ އެއްބާރުލެއްވުމަށް، ޚާއްޞަކޮށް ދިވެހި ޙައްޖުވެރިންނަށް ފަސޭހަކޮށްދިނުމުގެ ގޮތުން "މައްކާ ރޫޓް އިނިޝިއޭޓިވް" ގެ ދަށުން ވެދެއްވާފައިވާ އެހީތެރިކަމަށް ޝުކުރު އަދާކުރައްވާފައި
25 Jul 2026
މުޒާހަރާތަކާ ގުޅިގެން އިންޑިއާގެ ތައުލީމާބެހޭ ވަޒީރު އިސްތިއުފާދެއްވައިފި
ޕްރަދާން އިސްތިއުފާދެއްވާފައިމިވަނީ ކޮކްރޯޗް ޖަންތާ ޕާޓީން ހަފުތާތަކެއް ވަންދެން ކުރި މުޒާހަރާތަކާ ގުޅިގެން ކުރިމަތިވެވަޑައިެގެންނެވި ފިއްތުންތަކުގެ ސަބަބުންނެވެ