30 May 2020 | 23:33
ޖަލުގައި ނިޔާވި މަރުހޫމް އަބްދުﷲ ރަޝީދުގެ ވާހަކަ ދައްކަވަމުން މެންބަރު ސިރާޖު ކީރިތިކުރައްވައިފި

2015ވަނަ އަހަރުގެ މޭޑޭގައި ބޭއްވުނު މުޒާހަރާގައި ހިނގި ހަމަނުޖެހުންތަކުގެ ތެރެއިން ފުލުހަކަށް ހަމަލާދިންކަމުގެ ކުށް ސާބިތުވެ ޖަލަށްލާފައި ހުއްޓާ ނިޔާވި ގ.ކީމާ އަލްމަރުހޫމް އަބްދުﷲ ރަޝީދުގެ މަރުގެ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގެ ފޮނަދޫ ދާއިރާގެ މެންބަރު މޫސާ ސިރާޖު ކީރިތި ކުރައްވައިފިއެވެ.

މިއަދުގެ ރައްޔިތުންގެ މަޖިލީހުގައި ޖަލްސާގައި މަޖިލީހުގެ ތަޅުމަށް ހުށައެޅުނު މިނިވަން މުއައްސަސާތަކުގެ ކޮމިޓީ ރިޕޯޓާއި މެދު ވާހަކަދައްކަވަމުން މެންބަރު ސިރާޖު ވިދާޅުވީ މިނިވަން މުއައްސަސާތަކުން އިހުމާލުވާ ވާހަކައާއި އެފަދަ ފަރާތްތަކާއި މެދު ފިޔަވަޅު އަޅަންޖެހޭނެކަމަށް ތަކުރާރުކޮށް ވާހަކަދެކެވޭ ކަމަށެވެ. ނަމަވެސް އެފަރާތްތަކަށް ލިބޭ ހަމައެކަނި އަދަބަކީ މަގާމުން ވަކިކުރުން ކަމަށާއި، އެއީ އެންމެ ހަމަޖެހޭ ގޮތްކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.

އެގޮތުން ގާނޫނުގައި އަދާކުރަން މަތިކޮށްފައިވާ ޒިންމާއެއް އަދާނުކުރުމަކީ ޖިނާއީ ކުށެއްކަމަށް މެންބަރު ސިރާޖު ވިދާޅުވިއެވެ.

އެބޭފުޅާ ވިދާޅުވީ މޭޑޭގައި ފުލުހެއްގެ ގައިގައި ޖެހިކަމުގެ ކުށް ސާބިތުވެ ޖަލަށްލި މަރުހޫމް ރަޝީދު ޖަލުގައި އަނިޔާވެރިކޮށް އަޅާނުލާ ބޭއްވުމުގެ ސަބަބުން ނިޔާވީ ވަރަށް ގިނަ ބައެއްގެ އިހުމާލުންކަމަށެވެ. އަދި އެފަދަ ހާލަތެއްގައި އަދަބެއްގެ ގޮތުން މަގާމުން ވަކިކޮށް މުސާރަ ކަނޑާލުމަކީ އެންމެ އިންސާފުވެރި ގޮތްކަމަށް ދެކެވަޑައިނުގަންނަވާކަމަށްވެސް ސިރާޖު ވިދާޅުވިއެވެ.

މެންބަރު ސިރާޖު އިތުރަށް ވިދާޅުވީ ފުލުހެއްގެ ގައިގައި ޖެހުމުން ލިބޭ އަނިޔާއަށްވުރެ، މީހަކު ދުނިޔެއިން އަލްވަދާއު ކިޔުމުން އެ ލިބޭ ގެއްލުން މާބޮޑުކަމަށް ގަބޫލުފުޅު ކުރެއްވޭ ކަމަށެވެ. 

"ގައިމުވެސް އަޅުގަނޑަށް ވަރަށް އަސަރުކުރާ ވާހަކައެއް އަބްދުﷲ ރަޝީދުގެ ވާހަކަ ދެއްކުމަކީ"، މިހެން ވިދާޅުވެ، މެންބަރު ސިރާޖު ވަނީ ކީރިތިކުރައްވަން ފައްޓަވައި، މަރުހޫމްގެ ވަކީލެއްގެ ގޮތުން ސިރާޖް ވަޑައިގެންނެވިކަމަށް ހާމަކުރެއްވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Jun 2026
ފަރުމަހުގެ މަސްވެރިކަމުގެ މުބާރާތުން އެއްވަނަ ތުޅާދޫއަށް
ވަގުތު ހަމަވިއިރު ދޮން އިސްމާއީލްގެ ޓީމުން ވަނީ 214 ކިލޯގެ މަސް ބާނާފައެވެ
20 Jun 2026
އަމާން އުދަރެސްގެ ފަންގިފިލާއެއްގައި އަލިފާނުގެ ހާދިސާއެއް
ވީޑިއޯއިން ފެންނަ ގޮތުގައި ބެލްކަނީގައި ވަރަށް ބޮޑަށް ރޯވެފައިވާ މަންޒަރު އެ ވިޑިއޯއިން ފެނެއެވެ. މިކަމާ ބެހޭގޮތުން ކަމާބެހޭ އިދާރާއެއްގެ ބަހެއް އަދި ނުލިބެއެވެ
20 Jun 2026
ކޫންޔާގެ ގޯލްތަކާއެކު، ތާވަލްގެ ކުރީގައި ބްރެޒިލް ހަމަޖެހިލައިފި
މެޗުން ބަލިވުމާއެކު، ހައިޓީ ވެފައިވަނީ މި މުބާރާތުން ކަޓައިގެންދިޔަ ފުރަތަމަ ގައުމަށެވެ
20 Jun 2026
މޮރޯކޯއަތުން ބަލިވެ ސޮކްޓްލޭންޑަށް ހާސްކަން
މި ގްރޫޕްގެ މެޗްތައް މިހާހިސާބަށް އާއިރު، އަނެއް ބުރަށް ދިއުމުގެ ފުރުސަތު އެންމެ ބޮޑީ ބްރެޒިލް އަދި މޮރޯކޯއަށެވެ
20 Jun 2026
އޮސްޓްރޭލިއާ ބަލިކޮށް އެމެރިކާއިން ނޮކްއައުޓް ބުރުގެ ޖާގައެއް ކަށަވަރުކޮށްފި
މި މޮޅާއެކު އެމެރިކާ ވެފައިވަނީ މެކްސިކޯއަށްފަހު ދެވަނަ ބުރަށް ދަތުރުކުރި ދެވަނަ ޓީމަށެވެ
19 Jun 2026
އައު މަސްމާރުކޭޓް މަޝްރޫއުއަށް ކައުންސިލުން ހުރަސް އަޅާ، އެކަމަކު މަޝްރޫޢު ކުރިއަށްދާނެ: ރައީސް
އެމަނިކުފާނު މިހެން ވިދާޅުވީ "ދަ ޕަލްސް" ޕޮޑްކާސްޓްގެ ސިލްސިލާގެ 2 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.
19 Jun 2026
15،600 ވޭޕް ކާޓްރިޖް އަތުލައިގެންފި؛ މިއީ މިހާތަނަށް ހިފެހެއްޓި އެންމެ ބޮޑު ޝިޕްމަންޓް
މި އޮޕަރޭޝަންގައި ބަލައި ފާސްކޮށްފައިވަނީ "ޖެނެރަލް ކާގޯ" ނުވަތަ އާންމު މުދަލުގެ ގޮތުގައި ޑިކްލެއަރކޮށްފައިވާ ޝިޕްމަންޓެކެވެ. އެ ޝިޕްމަންޓުގެ ތެރޭގައި ވަރަށް ބޮޑަށް ފޮރުވާފައި ހުރި 15,601 ވޭޕް ކާޓްރިޖް ފެނިފައިވާ ކަމަށާއި، އެ ތަކެތި މިހާރު ކަސްޓަމްސްގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށް އެ އިދާރާއިން މައުލޫމާތު ދެއެވެ.
19 Jun 2026
މަސްގަންނަ އަގު 20 ރުފިޔާގެ ރޭޓުގައި ހިފެހެއްޓުމަކީ އަމާޒެއް: ރައީސް
އުންމީދަކީ އަދި އެއަށްވުރެ މައްޗަށް ގެންދެވޭ ގޮތެއްވުމުން އެކަން ވެސް ކުރެއްވުންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވި އެވެ.