04 Jun 2020 | 21:07
އައިއޭސީގެ ލޯތްބާއިއެކު ކެމްޕޭނަށް 4 މިލިއަނަށްވުރެގިނަ ރުފިޔާގެ ބޮޑު ތަރުހީބެއް!

ބަރަކާތްތެރި ރަމަޟާން މަހާއި ދިމާކޮށް އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ) އިން ކުރިޔަށް ގެންދިޔަ ލޮތްބާއިއެކު 2020 ޕެންޑެމިކް ރިލީފް ކެމްޕޭން ކާމިޔާބު ކަމާއިއެކު ނިންމާލައިފިއެވެ.

ޖުމުލަ 4.7 މިލިއަން ރުފިޔާގެ އެހީ ލިބިފައިވާ ލޮތްބާއިއެކު ކެމްޕޭން ކާމިޔާބުކަމާއި އެކު ނިންމާލާފައިވަނީ ޝައްވާލް މަހުގެ 6 ރޯދައަށް ފަހުއެވެ. އައިއޭސީއިން މަޢުލޫމާތުދޭގޮތުގައި ޑޮނޭޝަންގެ ގޮތުގައި 4.7 މިލިއަން ރުފިޔާ ލިބިފައިވަނީ ދުނިޔޭގެ 6 ސަރަހައްދެއްގެ ނިކަމެތިންނަށް އެއް މަސް ދުވަހައަށް ވާވަރަށް ކާބޯތަކެތީގެ އެހީ ދިނުމަށާއި ރަމަޟާން މަހުގެ ތެރޭގައި އިފްތާރު ޕެކޭޖް ދިނުމަށެވެ.

މި ކެމްޕޭން ކުރިޔަށް ދިޔަގޮތުގެ މަޢުލޫމާތު ހިއްސާކުރައްވަމުން އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަން ހެޑް މުހައްމަދު އަލީ ވިދާޅުވީ ލޮތްބާއިއެކު 2020 ކެމްޕޭން ކުރިޔަށް ގެންގޮސްފައިވަނީ 6 ޤައުމެއްގައި ކަމަށާއި އަދި އެ 6 ޤައުމަކީ ޔުގެންޑާ، ފަލަސްތީނު، ސީރިޔާ، ޔަމަން، ނޭޕާލްގެ އިތުރުން ބަންގްލަދޭޝްގައެވެ.

އެގޮތުން އައިއޭސީއިން އެހެން އަހަރުތަކޭ އެއްގޮތަށް ރަމަޟާން މަހާއި ދިމާކޮށް ކުރިޔަށް ގެންދާ ކާބޯތަކެތި ހަދިޔާ ކުރުމުގެ ކެމްޕޭނުގެ އިތުރުން، މި އަހަރުގެ ޕެންޑެމިކް ހާލަތާއި ގުޅިގެން ކާބޯތަކެތީގެ ޕެކޭޖްތަކާއިއެކު މި ހާލަތާއި ގުޅުންހުރި ތަކެތި ހަދިޔާ ކުރެވިފައިވާކަން އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަން ހެޑް ހާމަކުރެއްވިއެވެ. މުހައްމަދު އަލީ ފާހަގަކުރެއްވި ގޮތުގައި ޔުގެންޑާއާއި، ފަލަސްތީނުގެ ގާޒާގެ އިތުރުން ނޭޕާލާއި ސީރިޔާގައި އައިއޭސީގެ ފަރާތުން ޢީދު ފާހަގަކުރިއެވެ. އެގޮތުން ޢީދު ފާހަގަކުރި ސަރަހައްދުތަކުގައި ޢީދު ހަދިޔާގެ ގޮތުގައި ހެދުން ހަދިޔާ ކުރުމުގެ އިތުރުން ޢީދުގައި ކެއްކެމަށް ކާބޯތަކެތި ބަހާފައިވެއެވެ. މީގެއިތުރުން ލުބުނާނުގެ ބޯޑަރު ސަރަހައްދުގައި ތިބި ސީރިޔާގެ ރައްޔިތުންނާއި ފަލަސްތީނު މީހުންނަށް ޢީދު ފާހަގަކުރުމަށް ވަރަށް ތަފާތު ކަންކަން ކޮށްފައިވެއެވެ. އެގޮތުން ބީއެމްއެކްސް ބައިކް ސްޓަންޓް ޝޯ އަކާއި އަދި ބައެއް ސަރަހައްދުތަކުގައި ކުޑަކުދިންނަށް ކުޅެވޭނެ ގޮތަށް ބާސްކެޓް ބޯޅަ ހޫޕް ހަރުކުރެވިފައިވެއެވެ.

އައިއޭސީގެ އިންޓަނޭޝަނަލް ރިލޭޝަން ހެޑް މުހައްމަދު އަލީ ވިދާޅުވި ގޮތުގައި މި ކެމްޕޭނަކީ ޖުމުލަކޮށް ވަރަށް ކާމިޔާބު ކެމްޕޭނެކެވެ. 6 ޤައުމެއްގެ މީހުންނަށް އަމާޒުކޮށްގެން ފެށި މި ކެމްޕޭން ވަރަށް ބޮޑަށް ފުޅާވެގެން ދިޔަ ކަން ފާހަގަކުރައްވަމުން މުހައްމަދު އަލީ ވިދާޅުވީ މި ކެމްޕޭނުގެ ތެރެއިން މެލޭޝިއާގައި ތިބި ރޮހިންޔާ ދަރިފަސްކޮޅުގެ ރައްޔިތުންނަށްވެސް އެހީވެވުނު ކަމަށެވެ. މީގެއިތުރުން މިޔަންމާގެ ރަހީން ސްޓޭޓްގެ ނިކަމެތި ރައްޔިތުންނަށް ކާބޯތަކެތީގެ އެހީ މި ކެމްޕޭންގެ ތެރެއިން ފޯރުކޮށްދެވުންކަން މުހައްމަދު އަލީ ވަނީ އުފަލާއެކު ފާހަގަކޮށްފައެވެ. ބަންގްލަދޭޝްގައި ތިބި ރޮހިންޔާ ދަރިފަސްކޮޅުގެ މީހުންނަށް އެހީވުމުގެ ތެރެއިން ބަންގްލަދޭޝްގައި އަނދައިގެންދިޔަ ކޭމްޕެއްގައި ތިބި ފަރާތްތަކަށް ރާއްޖޭގެ ކުންފުންޏެއްގެ ހެޔޮއެދުމާއިއެކު ކާބޯތަކެތި ހަދިޔާ ކުރެވިގެންދިޔައެވެ.

ލޮތްބާއިއެކު 2020 ކެމްޕޭނުގެ ތެރެއިން ރެފިއުޖީ ކޭމްޕާއި، ސްލަމް ސަރަހައްދުތަކުގައާއި އަދި އެކި ގޮތްގޮތުން ހާލުގައި ޖެހިފައިވާ ގާތްގަނޑަކަށް 35,000ނިކަމެތިންނަށް އެހީވެވިފައިވާކަން އައިއޭސީއިން ހާމަކުރެއެވެ.

އައިއޭސީއިން އުންމީދުކުރިވަރަށް ވުރެ މި ކެމްޕޭނަށް ދިވެހި ރައްޔިތުންގެ ފަރާތުން ބޮޑު ތަރްޙިބެއް ލިބިފައިވާކަން އެ ފަރާތުން ވަނީ އުފަލާއިއެކު ފާހަގަކޮށްފައެވެ. އެގޮތުން ބައިނަލްއަގްވާމީ ގޮތުން ފަންޑު ހޯދުމުގެ މަސައްކަތާއި އެކު ކުރިޔަށް ގެންދިޔަ ކެމްޕޭނެއް ނަމަވެސް މި ކެމްޕޭނަށް ލިބިފައިވާ 99 އިންސަތަ އެހީ އަކީ ދިވެހި ރައްޔިތުންގެ ފަރާތުން ލިބިފައިވާ އެހީތެރިކަމެއް ކަން އައިއޭސީއިން ހާމަކުރެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ވަނީ ލޮތްބާއިއެކު ކެމްޕޭނުގައި އެހީތެރިކަން ފޯރުކޮށްދިން ވޮލަންޓިއަރުންނަށް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. މީގެއިތުރުން އައިއޭސީއިން ހާމަކުރާގޮތުގައި އައިއޭސީއާއިއެކު މި ކެމްޕޭނުގައި ޝާމިލްވި އިންޓަނޭޝަނަލް ޕާޓްނަރުންވެސް މި ކެމްޕޭނުގެ ކާމިޔާބީ ފާހަގަކޮށް ޝުކުރު އަދާކޮށްފައިވެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން ކާމިޔާބުކަމާއި އެކު ނިންމާލާފައިވާ ލޮތްބާއިއެކު 2020 ކެމްޕޭނަށް ފަހު އެ ފަރާތުން ރާވާފައިވާ ކަންކަމާއި ގުޅޭގޮތުން މަޢުލޫމާތު ހިއްސާކުރަމުން އައިއޭސީއިން ބުނީ އެ ފަރާތުން މިހާރު އަންނަނީ ޕެންޑެމިކް ރިލީފް ޕްރޮޖެކްޓް އިތުރަށް ކުރިޔަށް ގެންދެވޭނެ ގޮތަށް މަޝްވަރާކުރަމުންނެވެ. މީގެއިތުރުން، އިތުރު ފަހި ގޮތަކާއިއެކު ސަދަޤާތް ޖާރިޔާ ޕްރޮޖެކްޓް އިއުލާން ކުރުމުގެ މަސައްކަތް ކުރަމުން އަންނަކަމަށެވެ. އަދި އަމްފަން ސައިކްލޯންގެ ސަބަބުން ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެމެޖެންސީ ރިލީފް ފޯރުކޮށްދިނުމާއި ގުޅޭގޮތުން އައިއޭސީގެ ޕާޓްނަރުންނާއި އެކު މަޝްވަރާ ކުރަމުން އަންނަކަން އައިއޭސީއިން ފާހަގަކުރެއެވެ. މަޝްވަރާތަކަށް ފަހު މި ކަންކަމުގެ މަޢުލޫމާތު ދިވެހި ރައްޔިތުންނަށް ފޯރުކޮށްދޭނެ ވާހަކަ އައިއޭސީއިން ހާމަކުރެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުންވަނީ މި ކެމްޕޭނުގެ ތެރެއިން އެހީ ލިބުން ފަރާތްތަކުގެ ފަރާތުން ދިވެހި ލޮބުވެތި ރައްޔިތުން ދެއްވި ދީލަތި އެހީތެރިކަމެއް ވަރަށް ބޮޑަށް ޝުކުރު އަދާކޮށްފައެވެ. މީގެއިތުރުން، މި ކެމްޕޭނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީ، ޑޮނޭޝަން ދެއްވި ފަރާތްތަކުން އެ ފަރާތަކަށް ވެވެނު ގޮތަކަށް އަބަދުވެސް އެހީތެރިކަން ފޯރުކޮށްދެމުންގެންދާތީ އެކަން އައިއޭސީއިން ވަނީ ފާހަގަކޮށް އެކަމަށް ޝުކުރު އަދާކޮށްފައެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނާއި ބެހޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވާ ފަރާތްތަކުން އައިއޭސީގެ ފޭސްބުކް ޕޭޖު (https://www.facebook.com/IACMaldives/) އިން އެ މަޢުލޫމާތު ލިބޭނެއެވެ.

އިންޓަނޭޝަނަލް އެއިޑް ކެމްޕޭނުން އަބަދުވެސް އަންނަނީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި އެހީތެރިކަމަށް ބޭނުންވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ގުނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
އީގަލް ހިލްސް އެއްބަސްވުން ހާމަކުރުމަށް ގޮވާލައި މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިފި
ދޮޅު މަހުގެ ޗުއްޓީއަކަށް ފަހު މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި މި މައްސަލަ ހުށަހެޅުއްވީ ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއިލް އަހްމަދު ނަސީމެވެ. އެ މައްސަލައިގައި ބަޔާންކޮށްފައިވާ ގޮތުން, ސެޕްޓެމްބަރު 21 ގައި ސޮއިކުރި އެއްބަސްވުމުގެ ދަށުން ރައްޔިތުންގެ ފައިސާއިން ހިއްކާފައިވާ ރަސްމާލެއިން 500 ހެކްޓަރަށް ވުރެ ބޮޑު ބިމެއް 99 އަހަރަށް އީގަލް ހިލްސްއަށް ދޫކޮށްލީ ބިމު ކުއްޔެއް ނުވަތަ އެކުއިޒިޝަން ކޮސްޓެއް ނެގުމެއް ނެތި, ހިއްކުމުގެ ޚަރަދު ވެސް ދައުލަތަށް އަނބުރާ ލިބޭނެ އެއްވެސް ގޮތެއް ނެތް ހާލުގައެވެ.
05 Oct 2026
އެމްބިއުލާންސާ ގުޅުވައި، ފަތުރާ ވާހަކަތައް ނަޑެއްލާ ކައުންސިލުން ކުށްވެރިކޮށްފި
ގދ. ނަޑެއްލާގެ މަގުތަކާ ގުޅޭގޮތަށް އެ ރަށަށް އައު އެމްބިއުލާންސެއް ގެނައުމާ ގުޅިގެން، ހަޤީޤަތް އޮޅުވާލައި އެކި ފަރާތްތައް ބަދުނާމުކޮށް ދޮގު ވާހަކަ ފަތުރަމުންދާކަން ފާހަގަކޮށް އެކަން އެ ރަށު ކައުންސިލުން ހަރުކަށި އިބާރާތުން ކުށްވެރިކޮށްފިއެވެ.
05 Oct 2026
ގަޒުފުކުރި ކަމަށް ތުހުމަތުކުރެވޭ މައްސަައިގައި އީޝާގެ އަޑުއެހުން ސިއްރުކޮށް ބާއްވައިފި
ހެނދުނު ބޭއްވި މި އިބްތިދާއީ އަޑުއެހުން ކޯޓުން ކުރިއަށް ގެންގޮސްފައިވަނީ ސިއްރު އަޑުއެހުމެއްގެ ގޮތުގައި ކަމުން، ނޫސްވެރިންނަށް ޝަރީޢަތުގެ މަޖިލީހަށް ވަނުމުގެ ފުރުޞަތެއް ލިބިފައެއް ނުވެއެވެ. މި މައްސަލަ ބައްލަވަނީގާޒީ އިބްރާހީމް ޒިހުނީއެވެ.
05 Oct 2026
ޓީޗަރުން ކުރައްވާ ބުރަ މަސައްކަތައް ޝުކުރު އަދާކުރަން: މެޑަމް ސާޖިދާ
އެކަމަނާ އެކްސްގައި ޝާއިޢުކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ދަރިވަރުން ބިނާކޮށް ބައްޓަންކުރުމުގައި މުދައްރިސުން ވަރަށް މުހިންމު ދައުރެއް އަދާކުރައްވާ ކަމަށާއި މިއަދު ފެންނަ ބަދަހި މުޖުތަމަޢުތައް ބިނާކުރުމުގައި އެ ބޭފުޅުންގެ ޙިއްޞާ ވަރަށް ބޮޑު ކަމަށެވެ.
05 Oct 2026
ދަރިވަރުންގެ މުޒާހަރާތައް ހޫނުވެ ފަރަންސޭސިވިލާތުގެ 500 އެއްހާ ސްކޫލް ބަންދުކޮށްފި
ފަރަންސޭސިވިލާތުގެ ތަޢުލީމީ ވަޒީރު އެޑޮއާ ޖެފްރާ އާދީއްތަ ދުވަހު ހާމަކުރީ، އެ ސްކޫލްތަކުގެ ކިޔެވުން ހުއްޓައިލީ ސެކިއުރިޓީ ކަންކަން ހަމަޖެހިފައި ނެތުމުން ކަމަށެވެ. އެ މުޒާހަރާތައް ފެށުނީއްސުރެ 24 ސްކޫލެއްގައި ހުޅު ޖަހައި ބޮޑެތި ގެއްލުންތައް ދީފައިވާ ކަމަށް ވެސް އޭނާ ފާހަގަކުރިއެވެ.
05 Oct 2026
ވިއެޓްނާމަށް މަސްތުވާތަކެތި އެތެރެކުރި ދިވެއްސަކު 20 އަހަރަށް ޖަލަށް
ވިއެޓްނާމަށް ޣައިރުޤާނޫނީ ގޮތެއްގައި މަސްތުވާތަކެތި އެތެރެކުރި ދިވެހި ރައްޔިތަކު 20 އަހަރަށް ޖަލަށްލުމަށް އެ ޤައުމުގެ ކޯޓަކުން ޙުކުމްކޮށްފިއެވެ. މި ޙުކުމް އިއްވާފައިވަނީ ވިއެޓްނާމްގެ ޚާން ހުއާ ޕްރޮވިންސްގެ ޕީޕަލްސް ކޯޓުންނެވެ.
05 Oct 2026
ދަށް ފެންވަރުގެ ގޭސް ރެގިއުލޭޓަރު މަނާކުރަނޫ
ފެންވަރު ދަށް ގޭސް ރެގިއުލޭޓަރު ބޭނުންކުރުން މަނާކުރުމަށް މަސައްކަތްކުރައްވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވެއްޖެއެވެ. އަލިފާނުގެ ހާދިސާތައް ގިނަވުމުގެ ސަބަބުތަކުގެ ތެރޭގައި ރެގިއުލޭޓަރުގެ ފެންވަރު ދަށްވުން ހިމެނެއެވެ.
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.