09 Jun 2020 | 18:54
މިއަދުގެ މަޖިލިސް ޖަލްސާއަށް އެމްޑީޕީގެ 40 އަށްވުރެ ގިނަ މެންބަރުން ހާޒިރުނުވޭ!

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް އެމްޑީޕީގެ 40 އަށްވުރެ ގިނަ މެންބަރުން ހާޒިރުނުވާކަމަށް މަޖިލިސް ހާޒިރީން ހާމަވެއްޖެެއެވެ.

މިއަދު ރައްޔިތުން މަޖިލިސް ކުރާ ގޭގައި ކުރިއަށް ދިޔަ 2020 އަހަރުގެ ހަތަރު ވަނަ ޖަލްސާ ފައްޓަވަމުން މަޖިލިސް ރައީސް ވިދާޅުވެފައިވަނީ މިއަދު މަޖިލީހަށް ހާޒިރުވެފައިވަނީ 23 މެންބަރުންކަމަށެވެ. އެއީ ޖޭޕީގެ މެންބަރުންނާއި އަމިއްލަ މެންބަރުން ލައިގެން ކަމުން ސުޕަމެޖޯރިޓީގައި މަޖިލީހުގައި ތަމްސީލް ކުރައްވާ އެމްޑީޕީގެ 40 އަށްވުރެ ގިނަ މެންބަރުން މިއަދު މަޖިލީހަށް ހާޒިރުނުވެއެވެ.

ގިނަ އަދަދެއްގެ އެމްޑީޕީ މެންބަރުން މަޖިލީހަށް ހާޒިރުނި ނަމަވެސް ރިޔާސަތުން ވަނީ ސަރުކާރު ކޯލިޝަން ޕާޓީ ކަމުގައިވާ ޖުމްހޫރީ ޕާޓީ މެންބަރުން މަޖިލީހުގެ ޖަލްސާތަކުގައި ބައިވެރިނުވާކަމަށް ވިދާޅުވެފައެވެ.

"އަޅުގަނޑު ތަޅުމަށް ބަލާލާއިރު އަދި މިއަދުގެ ހާޒިރީއަށް ބަލާލާއިރުގައި ޖުމްހޫރީ ޕާޓީ ބޮއިކޮޓްގައި ތިބި ކަމަށް އެބަފާހަގަވޭ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

ނަމަވެސް އެކަން ޖޭޕީން ވަނީ ދޮގުކޮށްފަ އެވެ. އެޕާޓީގެ ޗީފް ސްޕޯކްސް ޕާސަން އަލީ ސޯލިހް ވޮއިސްއާށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ޖޭޕީން މަޖިލީހުގެ ޖަލްސާ ބޮއިކޮޓް ކޮށްފައިވާ ކަމަށް ވިދާޅުވުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށެވެ.

މަޖިލީހުގައި ހިނގައިދިޔަ ހަމަނުޖެހުންތަކާއި ގުޅިގެން އިދިކޮޅު ޕީޕީއެމް/ ޕީއެންސީން ވަނީ މަޖިލިސް ބޮއިކޮޓް ކޮށްފައެވެ. ނަމަވެސް އެކަން މަޖިލީހުން ފާހަގަ ނުވާކަމަށް ނަޝީދު ވިދާޅުވި އެވެ. އެކަން ފާހަގަނުވަނީ އެ މެންބަރުން ވެސް މީގެ ކުރިން މަޖިލީހަށް ވަޑައިނުގަންނަވާތީ ކަމަށް ވެދާނެ ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
ޕީއެންސީީގެ 2028 ގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އަރުވައިފި
ޕީއެންސީގެ ރިޔާސީ ޓިކެޓް ރައީސް މުޢިއްޒަށް އެރުވީ, ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ އެވެ.
18 Sep 2026
ހިޔާގެ ބެލްކަނީގައި ބަދުއަހްލާގީ އަމަލު ހިންގި މީހުން ދެނެގަނެ ހައްޔަރުކޮށްފި
ބަދުއަހުލާގީ އަމަލު ހިންގިކަމުގެ ތުހުމަތުގައި ކޯޓު އަމުރެއްގެ ދަށުން، 36 އަހަރުގެ ދިވެހި ފިރިހެނަކާއި 25 އަހަރުގެ ދިވެހި އަންހެނަކު ހައްޔަރުކޮށްފައިވެ އެވެ.
18 Sep 2026
މާލޭގެ ތޮށިގަނޑުމަތީ މަސް ބާނަން ހުރި މީހަކު ވެއްޓި ގާތަކުގެ ތެރޭގައި ތާށިވެއްޖެ
ފުލުހުންނާއި ސިފައިން މިހާރު ގެންދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަަމުންނެވެ. އަދި އެ މީހާ ތަނުން ނެގޭތޯ ދަނީ މަސައްކަތް ކުރަމުންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް ރައީސް މުޢިއްޒު 10 ބޭފުޅަކު އައްޔަނުކުރައްވައިފި
އެއީ ވަޒީރުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި ވަޒީރުންގެ ފެންވަރުގެ ބައެއް ބޭފުޅުންނާއި ސަފީރަކާއި ކުންފުނިތަކުގެ ތިން އެމްޑީންނެވެ.
18 Sep 2026
ޕީއެންސީގެ ލީޑާޝިޕަށް އިންތިޚާބުވީ ބޭފުޅުން ހުވާ ކުރައްވައިފި
މީގެ އިތުރުން ޕާޓީގެ ލީޑާޝިޕަށް އެ ޕާޓީގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އައްޔަނު ކުރެއްވި ބޭފުޅުން ވެސް ހިމެނެ އެވެ.
18 Sep 2026
ނިއުރޭޑިއަންޓުން ބުނީ އެސިސްޓަންޓް ކޯޗަށް ދިން ހަމަލާ ބަލައެއް ނުގަނެވޭނެކަމަށް
ކުޅިވަރުގެ މައިދާނުގައި ހިނގާ މިފަދަ އަނިޔާވެރި އަމަލުތަކަކީ އެއްވެސް ގޮތަކަށް ބަލައިގަނެވޭނެ ކަންކަން ނޫންކަން ފާހަގަކުރަމުން، ނިއު ރޭޑިއަންޓުން ބުނީ މިފަދަ ކަންކަމުގެ ސަބަބުން ކުޅިވަރުގެ ރޫހާއި ރައްކާތެރިކަން ގެއްލިގެންދާ ކަމަށެވެ
18 Sep 2026
ޔާމީންގެ ޕީއެންއެފުން ފަތުރަނީ ދޮގެެއް ކަމަށް ބުނެ އީސީން ރައްދު ދީފި
ހަގީގަތްތް އޮޅޭގޮތަށް، އާންމުންގެ މެދުގައި އިލެކްޝަންސް ކޮމިޝަނަށާއި ޕާޓީތަކުގެ މެންބާޝިޕް ނިޒާމަށް އޮތް އިތުބާރު ގެއްލޭގޮތަށް ޕީޕަލްސް ނެޝަނަލް ފްރަންޓް އިން ކުރަމުންދާ ދޮގު ތުހުމަތުތަކާއި ދައްކަމުންދާ ވާހަކަތައް ކޮމިޝަނުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަަމަށެވެ.
18 Sep 2026
އައިފޯން ޑުއޯގެ ސްކްރީނުން ސެމްސަންގަށް ބިލިއަނެއް ލިބިދާނެ
އައިފޯން ޑުއޯގެ ފަތްޖެހޭ އޯލެޑް ޕެނެލް ސަޕްލައިކުރާ ތިން އަހަރުގެ އެއްބަސްވުމެއްގެ ދަށުން ސެމްސަންގަށް 1.25 ބިލިއަން ޑޮލަރު ލިބިދާނެ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.