11 Jun 2020 | 11:36
ޕާކިސްތާނުން ލޮކްޑައުންއަށް ލުއިތަކެއް ދިނުމުން ޑަބްލިޔުއެޗްއޯގެ ބޮޑެތި ފާޑުކިޔުންތަކެއް!

ކޮވިޑް-19 އާއި ދެކޮޅަށް ޕާކިސްތާނުން އަމަލުކުރަމުންދާ ގޮތަށް ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ނުވަތަ ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ) އިން ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފިއެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މެއި މަހުގެ ފަހުކޮޅުގައި އީދު ދުވަހާއި ދިމާކޮށް ޕާކިސްތާނުގައި އޮތް ލޮކްޑައުންގެ ހާލަތަށް ވަނީ ބޮޑެތި ލުއިތަކެއް ދީފައެވެ. މިއާއިއެކު އެގައުމުގައި ބިރުވެރި ދަރަޖައަކަށް ކޮވިޑް-19ގެ ކޭސްތައް ފެންނަމުންދިޔައެވެ. އެގޮތުން ލޮކްޑައުނަށް ލުއި ދިނުމުގެ ކުރިން އެގައުމުން އެވްރެޖްކޮށް ފެންނަމުންދިޔައީ ދުވާލަކު ކޮވިޑް-19ގެ 1700 އެއްހާ ކޭސްއެވެ.

ނަމަވެސް ލޮކްޑައުނަށް ލުއިދިނުމާއި އެކު މިމަހުގެ 9ވަނަ ދުވަހު އެކަނިވެސް ވަނީ 5385 ކޭސް ފެނިގެން ގޮސްފައެވެ. މިކަންކަމާއި ގުޅިގެން އެގައުމުގައި ހުންނަ ޑަބްލިޔުއެޗްއޯގެ އިދާރާގެ އިސްވެރިޔާ ޕަލިތަ މަހިޕާލާ ވަނީ ބޮޑެތި ކަންބޮޑުވުންތަކެއް ފާޅުކުރައްވާ، ޕާކިސްތާނުގެ ސަރުކާރަށް ސިޓީއެއް ފޮނުއްވާފައެވެ. މި ސިޓީގައިވާ ގޮތުގައި ޕާކިސްތާނުން ލޮކްޑައުނަށް ލުއިތަކެއް ދީފައިވަނީ އެކަމުގައި ފުރިހަމަވާން ޖެހޭ ޑަބްލިޔުއެޗްއޯގެ އެއްވެސް ކްރައިޓީރިއާއެއް ފުރިހަމަނުކޮށެވެ.

ޕަލިތަ މަހިޕާލާ ވިދާޅުވި ގޮތުގައި ޕާކިސްތާނުން މިވަގުތު ކޮވިޑް-19 އަށް ޓެސްޓްކުރަމުންދަނީވެސް އެންމެ އެކަށީގެންވާ މިންވަރަކަށް ނޫނެވެ. އެގޮތުން އެގައުމުގެ ސަރުކާރުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި ދުވާލެއްގެ މައްޗަށް ކޮވިޑް-19 އަށް ޓެސްޓްކުރަނީ 23،799 މީހުންނެވެ. ނަމަވެސް މި އަދަދު 50،000 އަށް އިތުރުކުރަން ޑަބްލިޔުއެޗްއޯއިން ވަނީ ލަފާދީފައެވެ.

ޑަބްލިޔުއެޗްއޯއިން ވަނީ ކޮވިޑް-19 އާއި ގުޅިގެން ޕާކިސްތާނުގެ ކޮންޓެކްޓް ޓްރޭސިންގ އަދި އައިސޮލޭޝަންގެ މަސައްކަތްތައްވެސް ހަރުދަނާ ނޫންކަމަށް ބުނެ، އާންމު ދިރިއުޅުމުގެ ބަދަލުތަކަށް ރައްޔިތުންވެސް ތައްޔާރު ނޫންކަމަށް ބުނެފައެވެ. މިފަދަ ކަންކަމާއި ގުޅިގެން ބަލީގެ ނުރައްކާ ބޮޑު ސަރަހައްދުގައި ހަރުކަށި ލޮކްޑައުންތަކެއް ތަންފީޒުކުރަން އެ އިދާރާއިން ވަނީ ގޮވާލާފައެވެ.

މިދިޔަ ހޯމަ ދުވަހު ގައުމާއި މުޚާތަބްކުރައްވާ ވާހަކަދައްކަވަމުން ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ވަނީ ލޮކްޑައުނަކަށް އަލުން ދިއުމާއި ދެކޮޅު މޭރުމަކުން ވާހަކަ ދައްކަވާފައެވެ. އެބޭފުޅާ ވިދާޅުވި ގޮތުގައި ލޮކްޑައުންގެ ސަބަބުން ބަލި ފެތުރުން ހުއްޓުވުނަސް، ޕާކިސްތާނަކީ ފަގީރު ގައުމެއްކަން ހުރިހާ ފަރާތްތަކުންވެސް ގަބޫލުކުރަން ޖެހެއެވެ. އެހެންކަމުން ގައުމު ހުޅުވާލުން ނޫން ގޮތެއް ނެތްކަމަށާއި، ލޮކްޑައުނަކީ ހައްލެއް ނޫންކަމަށް މުޅި ދުނިޔެ އެއްބަސްވެފައިވާ ކަމަށްވެސް އިމްރާން ޚާން ވިދާޅުވިއެވެ.

ޑަބްލިޔުއެޗްއޯއިން ބުނާގޮތުގައި ދެހަފްތާގެ ލޮކްޑައުނެއް ކުރިއަށް ގެންގޮސްފިނަމަ ކޮވިޑް-19ގެ އެގައުމުގެ އެސްޓިމޭޓެޑް ޕީކްއަކަށް ވެގެންދަނީ 400،000 ކޭސްއެވެ. ނަމަވެސް މިފަދަ ފިޔަވަޅުތައް ނާޅައިފިނަމަ އެ އަދަދު 800،000 އަށް އަރާނެކަމަށް ވަނީ ލަފާކޮށްފައެވެ. 

މިހާތަނަށް ޕާކިސްތާނުގައި ކޮވިޑް-19 އަށް 114،000 އެއްހާ މީހުން ޕޮޒިޓިވްވެފައިވާއިރު، 2200 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އަދި 36،308 މީހުން ވަނީ ބަލިން ރަނގަޅުވެފައެވެ.

މަސްދަރު: އަލްޖަޒީރާ 

ކޮމެންޓް
ގުޅޭ ލިޔުންތައް
12 Sep 2026
ބްރިޖް ސަރަހައްދަށް އުރުނު ބޯޓުތަކުގެ މައްސަލަ 241 ކޮމިޓީއަށް
ހުށަހެޅުއްވި މައްސަލައިގައި ވަނީ، މި ހާދިސާއާ ގުޅިގެން ކަމާބެހޭ އިދާރާތަކުގެ ވެރިން ކޮމިޓީއަށް ހާޒިރުކޮށް، ކަންހިނގައިދިޔަ ގޮތުގެ ފުރިހަމަ މައުލޫމާތު ސާފުކޮށްދިނުމަށް އެދިވަޑައިގެންފައެވެ
12 Sep 2026
ބްރިޖްގައި ބޯޓު ޖެހުނު ހާދިސާގައި ކަމާބެހޭ އިދާރާތަކުން ޖަވާބުދާރީ ވާންޖެހޭނެ
އެމްޑީޕީން ބުނީ ހާދިސާ ހިނގަން މެދުވެރިވީ ސަލާމަތީ އެއްވެސް ކަމެއް ފުރިހަމަނުވާކަން ކަމާބެހޭ އިދާރާތަކަށް އެނގިތިބެ، އެކަށީގެންވާ ފިޔަވަޅު ނޭޅުމުގެ ސަބަބުން ކަމަށެވެ
12 Sep 2026
މިއަދު ހަވީރާ ހިސާބަށް ރާއްޖޭގެ ބޮޑު ސަރަހައްދަށް ވިއްސާރަކުރާނެ
ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ
12 Sep 2026
އައްޑޫސިޓީ ފޭދޫގެ ގިނަ ގެތަކަކަށް ފެންވަދެ ބޮޑެތި ގެއްލުންތަކެއް
އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ، ގއ. އަތޮޅު، ގދ. އަތޮޅު އަދި މެދުރާއްޖެތެރޭގެ ބައެއް އަތޮޅުތަކުގެ ރަށްތަކަށްވެސް މެދުނުކެނޑި ބޯކޮށް ވާރޭވެހެމުންދާ ކަމަށް އެ އިދާރާއިން ފާހަގަކުރެއެވެ
12 Sep 2026
ނޫސްވެރިޔާ އާލިމްގެ ފުރަތަމަ ފޮތް "އޭ ހިތާއެވެ. ކެތްތެރިވާށެވެ" ޕްރީ އޯޑަރަށް
ދިރިއުޅުމުގައި ކުރިމަތިވާ ދަތި ޙާލަތްތަކާ ބެހޭ ގޮތުން ލިޔެފައިވާ މި ފޮތުގައި ވާނުވާ ނޭނގޭ ދަނޑިވަޅުތަކާއި މަގުގެއްލޭ ވަގުތުތަކާއި ހިތާމައިގެ ދުވަސްތަކުގައި ކެތްތެރިވާނެ ގޮތްތައް ގެނެސްދީފައިވެއެވެ.
12 Sep 2026
8 ވަނަ އިންޓަރނޭޝަނަލް ޓީޗާސް ކޮންފަރަންސް ފަށައިފި
މި ކޮންފަރެންސްގެ ސަބަބުން ކިޔަވައިދިނުމުގެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ބައިނަލްއަޤްވާމީ ފެންވަރުގެ އައު މައުލޫމާތާއި، ކިޔަވައިދިނުމުގެ ޒަމާނީ އުކުޅުތައް ދަސްވެ، ރާއްޖޭގެ ތަޢުލީމީ ނިޒާމު އިތުރަށް ހަރުދަނާކުރުމަށް ބޮޑު އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް ތައުލީމާ ބެހޭ ވުޒާރާއިން ބުނެއެވެ
12 Sep 2026
މޫސުން ވަރަށް ގޯސްވެއްޖެ. ބައެއް ސަރަހައްދުތަކަށް ޔެލޯ އެލާޓް
ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ދަތުރަށް ފުރުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މަޢުލޫމާތު ހޯދައި، ސަލާމަތީ ވަސީލަތްތައް ފުރިހަމައަށް ހުރިތޯ ޔަޤީންކުރުމަށް ކަމާބެހޭ ފަރާތްތަކުން ވަނީ އަންގާފައެވެ
12 Sep 2026
ބްރިޖު ރައްކާތެރިކޮށް ރަނގަޅު ގޮތުގައި ބެލެހެއްޓުމަށް ގުޅިގެން މަސައްކަތް ކުރުމަށް ސަފީރު ގޮވާލައްވައިފި
މި ދެ ބޯޓު ވަނީ ދިޔަވެ، މާލެ އަތޮޅުގެ އިރުން، ރާއްޖޭގެ ސަރަހައްދުން 30 ނޯޓިކަލްމޭލު ބޭރަށް މިރޭގެ ވަގުތެއްގައި އަޑިއަށް ގޮސްފަ އެވެ.