19 Jun 2020 | 14:49
ތަޤުރީރުތަކުން: 2006 ވަނައަހަރުގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރައީސް މައުމޫން ދެއްވި ތަޤުރީރު

މިއީ ރާއްޖޭގެ ކުރީގެ ރައީސުލްޖުމްހޫރިއްޔާ މަޢުމޫން ޢަބްދުލްޤައްޔޫމް ރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި 3 ނޮވެންބަރު 2006 ވަނަ ދުވަހު ދިވެހި ޤައުމާ މުހާތަބްކުރައްވައި ދެއްވި ތަޤުރީރު

ދިވެހިރާއްޖޭގެ ނަސްރުގެ ދުވަހުގެ މުނާސަބަތުގައި ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް، ވަރަށް އިޚްލާޞްތެރިކަމާއެކު، ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުވަމެވެ.

މީގެ 18 އަހަރު ކުރިން، 1988 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު، ދިވެހިރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި އަދި ބިރުވެރި ޢުދުވާނީ ޙަމަލާއަކީ، އަޅުގަނޑުމެންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންދާނެ ހާދިސާއެއް ހާދިސާއެއް ނޫނެވެ. އެދުވަހު އެދުވަހު މިބިރުވެރި ޙަމަލާއިން ދިވެހި ޤައުމާއި ރައްޔިތުން މާތްﷲ ސަލާމަތްކޮށްދެއްވައި، ދިވެހި ޤައުމަށް ވަރަށް މަތިވެރި ނަސްރަކާއި ކާމިޔާބީއެއް ދެއްވިކަމަށްޓަކައި، އެކަލާނގެ ޙަޟްރަތަށް ޙަމްދާއި ޝުކުރު ދަންނަވަނީ، ނުހަނު ޠާޢަތާއި ވައްތީމާ އެކުގައެވެ. އަދި އެދުވަހުގެ ބިރުވެރި ޢިދުވާނުގައި މާތްވެގެންވާ އިސްލާމްދީނުގެ ދިފާއުގައި، އަދި ދިވެހި ޤައުމުގެ މިނިވަންކަމަށްޓަކައި ޖިހާދު ކުރެއްވި ހިތްވަރުގަދަ އަބްޠާލުންނަށް މާތްﷲ ހެޔޮ ރަޙްމަތް ލައްވައި، ލައްވައި، ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރު ކޮށްދެއްވުން އެދި ދުޢާކުރަނީ، އެމަތިވެރި އަބްޠާލުން ޤައުމަށްޓަކައި ވެވަޑައިގެންނެވި ޤުރްބާނީގެ ޒިކުރާ އާކުރަމުންނެވެ.

މިވާހަކަ ދަންނަވާއިރު، އެދުވަހު ދިވެހި ރައްޔިތުންނާއި ދިވެހި ސިފައިން ކުރެއްވި މަތިވެރި ހިތްވަރާއި، ސާބިތުކޮށްދެއްވި ނުގުޑާފަދަ ވަރުގަދަ ޢަޒުމާއި، ކުރެއްވި ވަރުގަދަ ޖިހާދުގެ މަތިން އަޅުގަނޑު ހަނދާނެއް ނުނެތެއެވެ. އެހެންކަމުން، އެހުރިހާ ލޮބުވެތި ދިވެހި ރައްޔިތުންނަށާއި، އެހިތްވަރުގަދަ ދިވެހި ސިފައިންނަށް، އަޅުގަނޑު ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަމެވެ.

އެވަރުގަދަ ޖިހާދުގެ ހަނދާންތައް މިއަދުވެސް އަޅުގަނޑުގެ ހިތުގައި ބިންވަޅު ނެގިފައިވަނީ، އިއްޔެ ހިނގައިދިޔަ ކަމެއްގެ ގޮތުގައެވެ.

މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލުތައް ރާއްޖެއިން ފޮހެލައި، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ނަގާލުމަށް ނޮވެމްބަރ މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ދިން ބިރުވެރި ޙަމަލާ ދީފައިވަނީ ވެސް، ދިވެހިންގެ މަދުބަޔަކު އެކަމުގެ އަޑީގައި ތިބެގެންނެވެ. ހަމައެއާއެކު، ދިވެހި ތާރީޚުގައި މީގެ ކުރިން ރާއްޖޭގެ މިނިވަންކަމަށް ބުރުއްރުވުމަށް ބޭރުގެ އެކިއެކި ފަރާތްތަކުން މަސައްކަތްކުރި ފަހަރު ފަހަރުވެސް މަސައްކަތް ކޮށްފައިވަނީ، ޤައުމަށް ޚިޔާނަތްތެރިވި ދިވެހިންގެ ބަޔަކު އެކަމުގެ މުގުލުގައި ތިބެގެން، އެމީހުންގެ އެހީތެރިކަމާ އެކުގައެވެ. އެފަދަ ތަޖުރިބާތަކުން މިއަދުވެސް އަޅުގަނޑުމެން މިވަނީ ޢިބްރަތް ޙާޞިލުކުރަން ޖެހިފައެވެ.

ރާއްޖެއަށް އަށް މިއަދު ހަލުވި އިޞްލާޙީ ބަދަލުތަކެއް މިދަނީ އަންނަމުންނެވެ. ރާއްޖޭގެ ސިޔާސީ މަސްރަޙުވެސް މިއަދު ދެކެމުން މިދަނީ، މީގެކުރިން ދުވަހަކުވެސް ދެކެފައިނުވާފަދަ މިހިންމު ބަދަލުތަކެކެވެ. މިފަދަ ވަގުތެއްގައި އަޅުގަނޑުމެންނަކީ، އަޅުގަނޑުމެންގެ ޤައުމަށް އިޚްލާޞްތެރި ބަޔަކަށް ވަރަށް ޚާއްޞަ ގޮތެއްގައި ވާންޖެހޭނެ އެވެ. ޤައުމުގެ އެއްބައިވަންތަކަން ބަދަހިކޮށް، އެކުވެރިކަމުގެ ގުޅުން ވަރުގަދަކުރުމަށް އެންމެން ގުޅިގެން މަސައްކަތްކުރާ ބަޔަކަށްވާން ޖެހޭނެއެވެ.

އެހެންކަމުން، ދިވެހި ކޮންމެ ރައްޔިތަކީ، މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތުގައި ފައިތިލަ ސާބިތުކޮށްގެން ހުރި، ދިވެހި ޤައުމަށް ތެދުވެރި އަދި ވަފާތެރި ރައްޔިތަކަށްވުމަ މިއަދުގެ މުނާސަބަތުގައި، ދިވެހި ރައްޔިތުންނަށް އަޅުގަނޑު އިލްތިމާސް ކުރަމެވެ. އަދި ހުރިހާ ކަމަކަށްވުރެ ޤައުމުގެ މަޞްލަހަތު ކުރިޔަށް ނެރުއްވުމަށާއި، ބޭރުގެ އެކިއެކި ލާދީނީ، އަދި އެނޫންވެސް ނޭދެވޭ ނުފޫޒުތަކުން މިލޮބުވެތި ޤައުމު އަބަދުވެސް ސަލާމަތްކޮށްދެއްވުމަށް، އަޅުގަނޑު ގޮވާލަމެވެ.

މާތްﷲ ދިވެހިރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކޮށްދެއްވައި، މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި ހިދާޔަތުގައި އަޅުގަނޑުމެން ދެމިތިބުމުގެ ހެޔޮ ތައުފީޤު ދެއްވާށިއެވެ!

ނޮވެމްބަރ 3 ގައި ކުރިމަތިވިފަދަ ބިރުވެރި ޢުދުވާނީ ޙަމަލާތަކުން ދިވެހި ޤައުމާއި ދިވެހި ރައްޔިތުން އަބަދުވެސް އަބަދުވެސް ރައްކާތެރި ކޮށްދެއްވާށިއެވެ! އަދި ރާއްޖޭގެ ރައްޔިތުންނަށް ނަޞްރާއި ނަސީބާއި ކާމިޔާބީއާއި ހަމަޖެހުމާއި ކުރިއެރުން މިންވަރު ކުރައްވާށިއެވެ!

12 ޝައްވާލް 1427

3 ނޮވެމްބަރ 2006

ކޮމެންޓް
ގުޅޭ ލިޔުންތައް
26 Jun 2026
ވީއައިއޭގެ ފަޅުތެރޭގެ އޮޕަރޭޝަންތަކަށް ޚާއްސަ ޑިޖިޓަލް ޕްލެޓްފޯމެއް ތަޢާރަފުކޮށްފި
ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓުގެ ފަޅުތެރޭގައި އުޅަނދުފަހަރު ބެލެހެއްޓުމާއި ހުއްދަތަކަށް އެދި ހުށަހެޅުމުގެ ކަންކަން ޑިޖިޓަލައިޒް ކުރުމަށް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން "ހާބަރ ޕޯޓަލް" ގެ ނަމުގައި ޚާއްޞަ ޑިޖިޓަލް ޕްލެޓްފޯމެއް ތައާރަފުކޮށްފައިވެއެވެ.
26 Jun 2026
ފުވައްމުލަކު ސިޓީ ޤުރުއާނާއި ބެހޭ މަރުކަޒު މިއަދު ހުޅުވައިފި
ފުވައްމުލައް ޤުރުއާނާއި ބެހޭ މަރުކަޒުގައި ފަސް ކުލާސްރޫމާއި، ނަމާދު ކޮޓަރިއަކާއި، ޙިފްޒު ޓެސްޓު ރޫމާއި، އޮޑިޓޯރިއަމްއަކާއި، ލައިބްރަރީއަކާއި، އޮފީސް ބަޔަކާއި، މީޓީންގ ރޫމެއް ހިމެނެއެވެ.
26 Jun 2026
މިއަދުގެ ރީތި ތާރީޚް؛ 50 ކައިވެނި، ކޮންބައެއް ކައިވެނިކުރީ
ރީތި ތާރީހުތަކުގައި ކައިވެނި ކުރުން އިތުރަސް ރާއްޖޭގައި ވަރި ގިނަވުމަކީ ގިނަ ބައެއްގެ ވަރަށް ބޮޑު ކަންބޮޑުވުމެކެވެ.
26 Jun 2026
އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ސީޝެލްސް އަށް
މި ދަތުރުފުޅަކީ ސީޝެލްސްގެ މިނިވަންކަމުގެ ރަންޔޫބީލް ފާހަގަކުރުމުގެ ގޮތުން ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ޝަރަފުވެރި މެހެމާނެއްގެ ގޮތުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއް
26 Jun 2026
”ލޭގެ ޞަދާޤާތް“ ލަވަ ރިލީސް ކޮށްފި
މި ލަވަ ރިލީސްކޮށްފައިވަނީ މިއަދު ”ހޭޔަންބޯ“ ޕްރޮގްރާމްގެ ތެރެއިންނެވެ. މިއީ މިއީ ލޭ އެޕް އިން އިސްނަގައިގެން އެހީ ޖަމިއްޔާއާއި ގުޅިގެން ނެރޭ"އިސްލާމިކް ރިދަމް"ގެ އުފެއްދުމެކެވެ. މި ލަވައިގެ މީޑިއާ ޕާޓްނަރަކީ 'ވޮއިސް' އެވެ.
26 Jun 2026
ތިން ދުވަހުން ޓީޖެޓީ ސަރަހައްދު 46 ޓަނުގެ ކުނި، ކުނިއަޅާ މީހުންގެ ފޮޓޯ ފޮނުވައިދޭން އެދިއްޖެ
މާލެ ސިޓީގެ މަގުތަކަށް ކުނި އަޅާ މީހުން ފާހަގަކުރެވޭނަމަ، އެކަމުގެ ފޮޓޯ ނުވަތަ ވީޑިއޯ ކައުންސިލްގެ ހޮޓްލައިން ނަންބަރު 9341144 އަށް ފޮނުއްވައިދިނުމަށް ކައުންސިލުން އެދެއެވެ.
26 Jun 2026
ފޮތްކިޔުމުގެ އާދަ މުހިއްމުވަނީ ކީއްވެ؟
ފޮތްކިޔުމަކީ ކޮންމެ އިންސާނެއްގެ ގައިގައިވެސް އަށަގަންނަވަން ޖެހޭ ވަރަށް މުހިންމު އާދައެކެވެ. މިއީ ވަރަށް އާދައިގެ ކަމެއްގެ ގޮތުގައި ފެނުނުކަމުގައި ވިޔަސް، ކުޑަކުދިންނާއި، ބޮޑެތި މީހުން އަދި ސްކޫލް ނުވަތަ ޔުނިވާސިޓީ ދަރިވަރުންނަށްވެސް ފޮތް ކިޔުމުގެ ސަބަބުން ވަރަށް ގިނަ ފައިދާތަކެއް ކުރެއެވެ. ގަވަޢިދުން ފޮތްކިޔާ މީހަކަށް އާ މަޢުލޫމާތު ލިބުމުގެ އިތުރުން، ބަހުގެ ހުނަރުތައް ކުރިއަރައި، ވިސްނުން ތޫނުވެ، ދުނިޔެއަށް ލޯހުޅުވިގެންދެއެވެ. މިއަދުގެ ދުނިޔޭގައި ގިނަ ބަޔަކު ފޯނާއި، ޓީވީ އަދި ސޯޝަލް މީޑިއާގައި ގިނަ ވަގުތުތަކެއް ހޭދަކުރެއެވެ. އެހެން ކަމުން ކުރިޔަށްވުރެ ބޮޑަށް ފޮތް ކިޔުމުގެ އާދައަށަގެންނެވުމަށް ކުރަންޖެހޭ މަސައްކަތް މިވަނީ ވަރަށް ބޮޑަށް އިތުރު ކުރަން ޖެހިފައެވެ.
26 Jun 2026
މަސްތުވާތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތުގައި މާލެއިން މީހަކު ހައްޔަރުކޮށްފި
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ އަބުގަސްދޮށުގެ / ވ.ފެލިދޫ، ސާޖިދު ޢަބްދުލްމުހައިމިން (27އ) އެވެ.