މާލޭ ޖަލުގައި މަސައްކަތްކުރާ އޮފިސަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެ

21 Jun 2020 | 01:39

މޯލްޑިވްސް ކަރެކްޝަނަލް ސާރވިސްގެ ދަށުން ހިންގަމުންދާ މާލޭ ޖަލުގައި މަސައްކަތްކުރާ އޮފިސަރަކު ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

މިކަން އެ އިދާރާގެ ފަރާތުންވެސް ވަނީ ކަށަވަރު ކޮށްދީފައެވެ.

އެމްސީއެސްއިން ބުނީ މާލެ ޖަލުގައި މަސައްކަތްކުރާ އީއެސްޖީ އޮފިސަރެއް މިއަދު ކޯވިޑް-19 އަށް ފައްސި ވުމާ ގުޅިގެން،  މި ސަރވިސްއިން ކަނޑައަޅާފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލު ކުރަމުންދާ ކަމަށެވެ.

އެގޮތުން، އެޗްޕީއޭއާއި ގުޅިގެން ކޮންޓެކްޓް ޓްރޭސިންގ ހެދުމާއިއެކު އޮފިސަރުންނާއި ގައިދީން ކޯވިޑަށް ޓެސްޓުކުރުމަށް ކުރަންޖެހޭ މަސައްކަތް ކުރަމުންދާ ކަމަށްވެސް ވަނީ ބުނެފައެވެ.

Advertisement

ކޮމެންޓް