29 Jun 2020 | 22:36
އާމިރާ ފިޔަވައި ސީއެސްސީގެ ހުރިހާ މެންބަރުން ވަކިކުރަން ކޮމެޓީން ނިންމައިފި

ސިވިލް ސާރވިސް ކޮމިޝަންގެ މެންބަރުކަމުން ފާތިމަތު އާމިރާ ފިޔަވައި އެހެން މެންބަރުން ވަކިކުރަން ނިންމައިފިއެވެ.

މިފަދައިން ނިންމާފައިވަނީ މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ ބައްދަލުވުމުގައެވެ. 

ފާހަގަކޮށްލެވޭ ގޮތުގައި އެ ބައްދަލުވުމުން މަގާމުން ވަކިކުރަން ފެންނަކަމަށް ފާސްކޮށްފައިވަނީ ކޮމިޝަންގެ ރައީސް ޑރ. އަލީ ޝަމީމް، ކޮމިޝަންގެ ނައިބު ރައީސް ޝާހިދު މުހައްމަދު އަދި ކޮމިޝަންގެ ދެ މެންބަރުން ކަމުގައިވާ ޒަކަރިއްޔާ ހުސައިނާއި އިބްރާހިން ޝަހީގެވެ. އެބޭފުޅުން މަގާމުން ވަކިކުރަން ހުށައެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގަމު ދާއިރާގެ މެންބަރު މުހައްމަދު ވިސާމެވެ. އެ ހުށަހެޅުމަށް ތާއިދު ކުރެއްވީ ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ޙުސައިން ޝަހީމެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަންގެ މެންބަރުކަމުގެ މަގާމުން  އާމިރާ ވަކިކުރުމާއި މެދުވެސް ގޮތެއް ނިންމުން އޮތެވެ. ނަމަވެސް ކޮމެޓީގެ މެންބަރުން ވަނީ އާމިރާ މަގާމުން ވަކިކުރަން ޖެހޭ ސަބަބެއް ނުފެންނަކަމަށް ނިންމާފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި މި ބޭފުޅުން މަގާމުން ވަކިކުރީ މަޖިލިސް މެންބަރުންނާއި ސަރުކާރުގެ އިސްވެރިން ސީއެސްސީއަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
29 Jun 2026
ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު މިއަހަރު އާންމުކުރާނަން: ރައީސް
ފްލެޓާއި ގޯތި ލިބޭ ފަރާތްތަކުގެ ލިސްޓު މިއަހަރުގެ ތެރޭގައި އާންމުކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
29 Jun 2026
އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަނުކުރަން މަޖިލީހަށް
އީސީގެ މެންބަރު އަދި ހައްޖު ކޯޕަރޭޝަންގެ ކުރީގެ އެމްޑީ، މުހައްމަދު ޝަކީލް، އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ރައީސަކަށް އައްޔަން ކުރަން ރައީސް މުހައްމަދު މުއިއްޒު މަޖިލީހަށް މިއަދު ފޮނުއްވައިފި އެވެ.
29 Jun 2026
އަލިފުށީ އެއާޕޯޓާއި ހޮސްޕިޓަލް ހުޅުވާނަން
އަލިފުށީގައި ތަރައްޤީކުރަމުންދާ 30 އެނދުގެ ހޮސްޕިޓަލާއި އެއާޕޯޓުގެ މަސައްކަތް ނިންމައި މި ދައުރުގެ ތެރޭގައި ހުޅުވާނެ ކަމަށް ރައީސް ވިދާޅުވެއްޖެއެވެ.
29 Jun 2026
މިފްކޯ އާބާދީ ބޮޑު ރަށްރަށުގައި ފިހާރަތައް ހުޅުވަނީ
މިފްކޯ އިން ސިޓީތަކާއި އާބާދީ ބޮޑު ރަށްރަށުގައި ފިހާރަތައް ހުޅުވުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެ ކުންފުނީގެ ސީއޯއޯ ހާމިދު ނަޒީމް ވިދާޅުވެއްޖެއެވެ. މިއަހަރުގެ މެއި މަހު އައްޑޫ ސިޓީގައި ވަނީ އަތޮޅުތެރޭގެ ފުރަތަމަ އައުޓްލެޓް ހުޅުވައިފައެވެ.
29 Jun 2026
ބޯހިޔާވަހިކަމުގެ ގިނަ މަޝްރޫޢުގެ ޢަމަލީ މަސައްކަތް އަންނަމަހު ފެށޭނެ
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ނޫސްވެރިއަކު ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް މުޢިއްޒު ވިދާޅުވީ، ރާއްޖޭގެ 13 ރަށެއްގައި ހައުސިންގ ޔުނިޓް އެޅުމަށް އެޑްވާންސް ޕޭމަންޓު ހަމަޖެހި، ޢަމަލީ މަސައްކަތް ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވެ ނިމިފައިވާ ކަމަށެވެ.
29 Jun 2026
ބަކިންގަމް ގަނޑުވަރުގައި ރަސްގެފާނު ނޫޅުއްވާނެ
ބަކިންގަމް ގަނޑުވަރުގެ 10 އަހަރުގެ މަރާމާތު 2025 ގައި ނިމުމުން ވެސް ޗާލްސް ރަސްގެފާނު ކުރީގެ އާވާހަކައަށް ކްލެރެންސް ހައުސްގައި ދިރިއުޅުއްވާނެ ކަމަށް ޝާހީ އޮފިޝަލުން ހާމަކުރައްވައިފި
29 Jun 2026
ސަޢޫދީ ހެލިކޮޕްޓަރެއް ވެއްޓި ދަތުރުކުރި އެންމެން ނިޔާވެއްޖެ
ސަޢޫދީ އަރަބިއްޔާގެ އަރަމްކޯގައި 14 މީހުންނާއެކު ދަތުރުކުރަމުންދިޔަ މި ހެލިކޮޕްޓަރު ވެއްޓުނީ އިއްޔެ ސައުދީ ގަޑިން 6:00 ކަންހާއިރުއެވެ. މި ހާދިސާގައި ހެލިކޮޕްޓަރުން ދަތުރުކުރި އެންމެން ވަނީ ނިޔާވެފައެވެ.
29 Jun 2026
އާންމު ދިރިއުޅުމުގެ ތެރެއިންވެސް ފައިސާ ރައްކާކުރެވިދާނެ