އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 14 ޖުލައި ވަންދެން އިތުރުކޮށްފި

30 Jun 2020 | 14:58

ކޮވިޑް-19 އާއި ގުޅިގެން ދިވެހިރާއްޖޭގައި މިހާރު އޮތް އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު 14 ޖުލައި ވަންދެން އިތުރުކޮށްފިއެވެ.

ހެލްތު މިނިސްޓަރު އަމީން ސޮއިކުރައްވައި މިރޭ އާންމުކުރި ގަރާރުގައި ބުނީ ރާއްޖޭގައި ކޯވިޑް-19 ފެތުުރުމުގެ ނުރައްކާ އަދިވެސް އެބައޮތް ކަމަށާއި 12 މާޗުގައި އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަަލުގެ ހާލަތު އަދިވެސް ދެމިއެބައޮތް ކަމަށް

ޑިރެކްޓާ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ލަފާ ދެއްވާފައި ވާކަމަށެވެ.

އެ ނުރައްކާ ކުޑަކޮށް އާންމު ރައްޔިތުންގެ ސިއްހަތާއި ރައްކަތެރިކަން ކަށަވަރު ކުރުުމަށް ހާއްސަ ފިޔަވަޅުތަކެއް އަޅަންޖެހޭކަމަށް ލަފާ ދެއްވާފައި ވާތީ، އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން މިނިސްޓަރަކަށް ލިބިދޭ ބާރުގެ ދަށުން 12 މާޗުން ފެށިގެން އިއުލާނު ކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތު 14 ޖުލައިގެ ނިޔަލަށް ދެމެހެއްޓުމަށް ނިންމާފައިވާ ކަމަށް އެ ގަރާރުގައި ބުނެފައި ވެއެވެ.

ކޯވިޑް19 އާ ގުޅިގެން ރާއްޖޭގައި އާންމު ސިއްހަތުގެ ކުއްލި ނުރައްކާ އިއުލާނުކޮށްފައިވަނީ 12 މާޗުގައެވެ. 30 ދުވަހަށް އިއުލާނު ކުރި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގެ މުއްދަތުު އެކި ފަހަރުމަތިން އިތުރު ކޮށްފައިވާއިރު، އެންމެ ފަހުން ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރިފަހުން، އެ މުއްދަތު ހަމަވާނީ މާދަމާގެ ނިޔަލަށެވެ.

ރާއްޖެއިން ކޯވިޑް-19 ޖެހުނު މީހުންގެ އަދަދު ވަނީ 2،337 އަށް އަރައިފަ އެވެ. އޭގެ ތެރެއިން އަށް މީހަކު މަރުވެފައިވާއިރު މިހާރު ފަރުވާ ހޯދަމުން އަންނަނީ 397 މީހުންނެވެ.

ބަލި ޖެހުނު މީހުންގެ ތެރެއިން މިހާތަނަށް 1،927 މީހުން ރަނގަޅުވެފައި ވެ އެވެ.

Advertisement

ކޮމެންޓް

Advertisement