05 Jul 2020 | 15:30
ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ އެއް ކޮޓަރި އެޕާޓްމެންޓްތަކުގެ ކުރެހުމެއް ހާމަވެއްޖެ

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ތަރައްގީކުރަން ފެށި ހިޔާ މަޝްރޫއުގެ ދަށުން ދޫކުރާ އެއް ކޮޓަރި އެޕާޓްމެންޓްތަކުގެ ކުރެހުމެއް ހާމަވެއްޖެއެވެ.

މި ކުރެހުން ހާމަކޮށްފައިވަނީ ހިޔާ މަޝްރޫއުއާާއި ބެހޭ މައުލޫމާތުތައް ގެނެސްދިނުމަށް ހަދާފައިވާ "ކޮތަރު ކޮށި ކޮމިއުނިޓީ"، ކިޔާ ވައިބަރ ގްރޫޕެއްގައެވެ. މިއީ މި މަޝްރޫއުއަށް އެޗްޑީސީގެ ފަރާތުން ހުއްދަ ދިން ކުރެހުމެވެ.

މި ކުރެހުން ހާމަކުރަމުން ވައިބަރ ގްރޫޕް ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވާ މޯލްޑިވްސް-ޗައިނާ ޓްރޭޑް އެންޑް ކަލްޗަރަލް އޯގަނައިޒޭޝަންގެ ނައިބު ރައީސް މިދުއަމް ސައުދު ބުނީ އެއް ކޮޓަރީގެ އެޕާޓްމެންޓްތައް ހުންނާނީ، ހިޔާ މަޝްރޫއުގެ ދަށުން ސަރުކާރުގެ ކުންފުނިތަކުން ހަދާ ފްލެޓްތަކުގެ ފުރަތަމަ ފަންގިފިލާއިން ފެށިގެން ހަތަރުވަނަ ފަންގިފިލާއާއި ހަމައަށެވެ.

މި ފްލެޓްތައް އެޅުމަށް ނަގަންޖެހޭ ލޯނުތައް ނެގުމަށް ސަވަރިން ގެރެންޓީ ދީފައިވަނީ ސަރުކާރުގެ ފަރާތުންނެވެ. 2018 ވަނަ އަހަރުގެ ތެރޭގައި މިފަދައިން ދިހަ ޓަވަރުގެ މަަސައްކަތް ފެށިފައިވާއިރު، ކޮންމެ ޓަވަރަކުން ހަތަރު ފަންގިފިލާ ސަރުކާރަށް ދޭންޖެހެއެވެ. މިދުއަމް ބުނިގޮތުގައި ސަރުކާރުން އެ ހަތަރު ފަންގިފިލާގެ އެޕާޓްމެންޓްތައް ދޭން ހަމަޖައްސާފައިވަނީ ހިޔާ މަޝްރޫއުގެ އިޖްތިމާއީ ގެދޮރުވެރިކަމުގެ ބައިގެ އެއް ކޮޓަރި އެޕާޓްމެންޓާއި ކުރިމަތިލި ފަރާތްތަކަށެވެ. 

މި ޓަވަރުތަކުން ދޫކުރާ އެއް ކޮޓަރި އެޕާޓްމެންޓްތަކުގެ ބޮޑުމިނަކީ 450 އަކަފޫޓެވެ. ކޮންމެ ޔުނިޓެއްގެ އަގަކީ 38،000 ޑޮލަރެވެ. 

މި އެޕާޓްމެންޓްތައް ދޫކުރަން އޮތީ ފިނިޝިންގގެ މަސައްކަތް ނިންމައި، އެއާ ކޮންޑިޝަންވެސް ހަރުކުރުމަށް ފަހުގައެވެ.

މިސަރުކާރުން މިހާތަނަށްވެސް އެއްކޮޓަރީގެ ފްލެޓްތަކާ ބެހޭގޮތުން މައުލޫމާތު ދީފައިނުވެއެވެ. "ވޮއިސް" ގެ ފަރާތުން ސަރުކާރުގެ މުއައްސަސާތަކުން އެހެންކަމުން މި މައުލޫމާތު ހޯދުމަށް އިންފޮމޭޝަން ކޮމިޝަން މެދުވެރިކޮށް މަސައްކަތް ކުރުމަށް އަންނަނީ ތައްޔާރުވަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
09 Sep 2026
ދިއްދޫއިން ނޮޅިވަރަމް ބަލިކޮށް ހަމަޖެހިލައިފި
މުބާރާތުގައި ދެން ދިއްދޫ އެންމެ އަވަހަށް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ. އޭގެ ކުރިން ނޮޅިވަރަމް ނިކުންނާނީ ފިއްލަދޫ އާ ދެކޮޅަށެވެ.
09 Sep 2026
ބިލެތްދޫގެ ރަށްވެހިކަން ދޫކޮށްލާނަމަ 5،000 ރުފިޔާގެ ފީއެއް ނަގަނީ
ބިލެތްދޫ ކައުންސިލުން މިފަދަ ނިންމުމެއް ނިންމާފައި މިވަނީ، ރަށުގެ ރަށްވެހިންގެ ގޮތުގައި ތިބޭ މީހުންގެ އަދަދު ދަށްވިޔަނުދީ ހިފެހެއްޓުމަށާއި ރަށުގެ އާބާދީ އިތުރުކުރުމަށް ހިތްވަރު ދިނުމުގެ މަގުސަދުގައި ކަމަށް މައުލޫމާތު ލިބެއެވެ
09 Sep 2026
ބިން ވިއްކުމުގެ މައްސަލަ ނިންމާނީ އޭސީސީ އާއި ޤާނޫނީ ލަފާވެސް ހޯދުމަށްފަހު
މިކަމުގައި ކަނޑައެޅިފައިވާ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށްފައިވޭތޯ ބެލުމަށް ހައުސިން މިނިސްޓްރީން އިސްނަގައިގެން މި މައްސަލަ އެންޓި-ކޮރަޕްޝަން ކޮމިޝަނަށް ހުށަހެޅުމަށް ނިންމާފައިވާކަމަށް މިނިސްޓްރީން ބުންޏެވެ
09 Sep 2026
ދޯދި އަދި އުދަރެސްގައި އުޅޭ ފަރާތްތަކުގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ހާއްސަ މަސައްކަތްތަކެއް
އެފްޑީސީން ބުނީ މި މަސައްކަތުގެ ދަށުން އެ ޓަވަރުތަކުގައި ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތައް ފާހަގަކޮށް، ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ މުހިންމު ފިޔަވަޅުތައް މިހާރު އަޅަން ފަށާފައިވާކަމަށެވެ
09 Sep 2026
މާރުކުރުމުގެ ލައިސަންސް ނެތް ފަރާތްތަކާ މުއާމަލާތް ނުކުރޭ: އެމްއެމްއޭ
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު، މިއަދުގެ ނިޔަލަށް ބޭރު ފައިސާ މާރުކުރުމުގެ ލައިސަންސް ދޫކޮށްފައިވަނީ ޖުމްލަ 59 ފަރާތަކަށެވެ.
09 Sep 2026
މާލެ ސަރަހައްދުގެ ޓްރެފިކް މޮނިޓަރ ކުރެވޭނެ ސެންޓަރެއް ގާއިމްކުރަނީ
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ މުއައްސަސާތައް ގުޅިގެން ޓްރެފިކް މައްސަލައަށް ހައްލު ހޯދޭނެ ގޮތެއް ރައީސްގެ އެބައޮތްކަމަށާއި، ސެންޓަރެއް ގާއިމްކޮށް ރިއަލް ޓައިމްގައި އެކަން ކުރެވޭނެ ނިޒާމެއް ގާއިމްކޮށް އެކަން ސަރުކާރުން ކުރާނޭކަމަށެވެ.
09 Sep 2026
ޤަވާއިދާ ހިލާފަށް ބޭރުފައިސާ ވިއްކުމާ ގުޅޭ 65 މައްސަލަ މިހާތަނަށް ރިޕޯޓްކުރި
އޮންލައިންކޮށް މިފަދަ ޣައިރުޤާނޫނީ މުޢާމަލާތްތައް ހިންގަމުންދިޔަ 16 ޕްލެޓްފޯމެއްގެ ތަފްޞީލު ވެސް މި މެސެޖުތަކުގެ ތެރެއިން ޓާސްކްފޯހަށް ވަނީ ލިބިފައެވެ.
09 Sep 2026
"އެލް ނީނޯ" ގެ ބާރު ރާއްޖެއަށް ވަރަށް ބޮޑަށް ކޮށްފާނެތީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް ލަފާދީފި
އެންޑީއެމްއޭ އިން ހާމަކޮށްފައިވާ ގޮތުގައި، މި މޫސުމީ ބަދަލުގެ ސަބަބުން ކުރިމަތިވެދާނެ ގެއްލުންތައް ދެނެގަނެ، ދުރާލައި ތައްޔާރުވުމަކީ ކޮންމެހެން މުހިންމު ކަމެއް