02 Jul 2020 | 22:02
ރިސޯޓްތަކުގައި ދިވެހިން ތިބެންޖެހޭ އަދަދު ގާނޫނަކުން އިތުރުކުރަނީ

ދިވެހިރާއްޖޭގެ ރިސޯޓްތަކުގެ މުވައްޒަފުންގެ ގޮތުގައި ދިވެހިން ތިބެންޖެހޭ މިންވަރު އިތުރުކުރުން ގާނޫނެއްގެ ދަށުން ކުރިއަށް ގެންދިއުމާއި މެދު މަޝްވަރާކޮށްފިއެވެ.

އެގޮތުން އިއްޔެ އޮތް ރައްޔިތުންގެ މަޖިލީހުގެ ޤައުމީ ސަލާމަތާއި ޚާރިޖީ ގުޅުންތަކުގެ ކޮމެޓީގެ ބައްދަލުވުމުގައި ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޯޅި ދެކުނު ދާއިރާގެ މެންބަރު އަހުމަދު ހައިތަމް ވަނީ ރިސޯޓްތަކުގައި ދިވެހި މުވައްޒަފުން ތިބި އަދަދުގެ ރޭޝިއޯ އިތުރުކުރުމަށް ގާނޫނެއްގެ ދަށުން އެކަންކުރުމާއި މެދު ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަށް ސުވާލު ދަންނަވާފައެވެ.

މި ބައްދަލުވުމުގައި ވާހަކަދައްކަވަމުން މިނިސްޓަރ އަލީ ވަހީދު ވިދާޅުވީ މިހާރު ސާކިއުލާއެއްގެ ދަށުން ކުރެވެމުންދާ ކަމަށް ގާނޫނީ ބާރުވެރިކަމެއް އައުމަށް ތާއިދުކުރައްވާ ކަމަށެވެ.  އަދި އަންނަ އަހަރުގެ މެއިމަހުގެ އެއްވަނަ ދުވަހުގެ ކުރިން ގާނޫނެއް ތަރުތީބުކުރަން ވިސްނާފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ފިފްތް ޓޫރިޒަމް މާސްޓަރ ޕްލޭން މިއަހަރުގެ ތެރޭގައި ތައްޔާރުކޮށް ނިމޭނެކަމަށާއި، އޭގެ ދަށުން ދިވެހިން ފަތުރުވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ މިންވަރު އިތުރުކޮށް މަތީ މަގާމްތަކުގައި ތިބޭ ދިވެހިން އިތުރުކޮށް ހަރުދަނާ ތަރުތީބެއް އިންޑަސްޓްރީއަށް ގެނެވޭނެކަމަށެވެ.

އަދި މިހާރު އޮތް ސާކިއުލާގެ ދަށުންވެސް ރަނގަޅަށް ރޭޝިއޯ ހިފަހައްޓާ ރިސޯޓްތައް އެބަ ހިނގާކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
17 Sep 2026
ރަފީނިއާގެ ހެޓްރިކާއެކު ބާސާއަށް ބޮޑު މޮޅެއް
ރޭސިން އަތުން ލިބުނު މޮޅާއެކު ބާސެލޯނާ މިހާރު އޮތީ ތިން ޕޮއިންޓްގެ ފަރަގަކާއެކު ތާވަންގެ އެއްވަނާގައެވެ.
17 Sep 2026
މޮރޮކޯ އާއި އިސްރާއީލުން އެމްބަސީ ފެންވަރަށް ގުޅުން މަތިކުރަން ނިންމައިފި
އެމެރިކާ މެދުވެރިވެގެން ނިއުޔޯކްގައި ބޭއްވި ބައްދަލުވުމެއްގައި މޮރޮކޯ އާއި އިސްރާއީލުން ފުރިހަމަ އެމްބަސީތައް ޤާއިމުކޮށް ސީދާ ވައިގެ ދަތުރުތައް މި އަހަރު ނިމުމުގެ ކުރިން ފެށުމަށް އެއްބަސްވެއްޖެއެވެ.
17 Sep 2026
އޮސަސޫނާ ބަލިކޮށް އެތުލެޓިކޯ މެޑްރިޑުން ތާވަލުގެ ތިންވަނައަށް ޖެހިލައިފި
މި ނަތީޖާއަކީ އަންނަ ހޮނިހިރު ދުވަހު ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅޭ މުހިންމު "މެޑްރިޑް ޑާބީ" ގެ ކުރިން އެތުލެޓިކޯއަށް ލިބުނު ބޮޑު އިތުބާރެއްކަމަށް ކޯޗް ސިމިއޯނީ ވަނީ ބުނެފައެވެ
17 Sep 2026
މާލޭގައި މާރާމާރީއެއް؛ ޒަޚަމްވި މީހަކަށް ފަރުވާދެނީ
ފުލުހުން ބުނީ އެ ސަރަހައްދުގައި ބަޔަކު މާރާމާރީ ހިންގާ ކަމުގެ މައުލޫމާތު ރޭ ދަންވަރު 02:32 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
17 Sep 2026
ފިހާރަތައް ހުޅުވާ ގަޑިތަކާއި ބަންދުކުރާ ގަޑިތަކުން ދިރިއުޅުމުގެ ވައްޓަފާޅިއަށް އަންނަ ބަދަލު
ފިހާރައެއް ހެނދުނު ހުޅުވާ ގަޑިއާއި ރޭގަނޑު ބަންދުކުރާ ގަޑި ނިންމާ ހިސާބުން އެ ސަރަހައްދެއްގައި ދިރިއުޅޭ މީހުންގެ ނިދާ ގަޑިއާއި ކެއުމުގެ ވަގުތާއި ޢާއިލީ ވަގުތުތައް ވެސް ބައްޓަންވާން ފަށައެވެ. ހެނދުނު ހެނދުނާ ފިހާރަ ހުޅުވާ ޤައުމުތަކުގައި މީހުން ކުރީބައިގައި ނިދައި ކުރީބައިގައި ހޭލާ ދިރިއުޅުމެއް އުޅެން ދަސްވެފައިވެއެވެ.
17 Sep 2026
ކެފެއިންގެ އަސަރު ތަފާތުވާ ސަބަބު ހޯދައިފި
ކެފެއިންގެ އަސަރު އެކި މީހުންނަށް ތަފާތުވަނީ ޖީންތަކާއި ދިރިއުޅުމުގެ އާދަތަކުގެ ސަބަބުން ހަށިގަނޑުގައި އެ މާއްދާ ރޫޅާލެވޭ މިންވަރު ތަފާތުވާތީ ކަމަށް އައު ދިރާސާތަކުން ދައްކައެވެ.
17 Sep 2026
އިނގިރޭސި ލީގްކަޕުން މެންޗެސްޓަރ ޔުނައިޓެޑް ކަޓައިފި
މިއީ ޖެހިޖެހިގެން ދެވަނަ އަހަރު މި މުބާރާތުގެ ފުރަތަމަ މެޗުން ޔުނައިޓެޑް ބަލިވި ފަހަރެވެ
16 Sep 2026
ރަތްކަނޑާއި ގަލްފް އޮފް އެޑަން ބަލަހައްޓަން ސައުދީން އުފެއްދި ކޯލިޝަންގައި ރާއްޖެ ބައިވެރިވެއްޖެ
މި ކަމަށް ޓަކައި މިއަދު ބަންޑާރަކޮށީގައި ބޭއްވި ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ފަރާތުން "މަލްޓިނޭޝަނަލް މެރިޓައިމް ޑިފެންސް ކޯލިޝަން"ގެ ޗާޓަރުގައި ސޮއިކުރެއްވީ ޗީފް އޮފް ޑިފެންސް ފޯސް، މޭޖަރ ޖެނެރަލް އިބްރާހީމް ހިލްމީ އެވެ.