08 Jul 2020 | 20:10
މިނިސްޓަރ އަސްލަމް ހަދަން ނުފަށާކަމަށް ވިދާޅުވި އެއްކޮޓަރި ގެ ސްޓަރަކްޗަރ ހުރީނިމިފައި!

ހިޔާ މަޝްރޫއުގެ ދަށުން ދޭން އިއުލާންކުރި އެއް ކޮޓަރީގެ ފްލެޓް ދިނުމަށް ހަމަޖެހިފައިވާ ބައެއް އިމާރާތްތަކުގެ ކޮންކްރީޓް ސްޓްރަކްޗަރ ނިމިފައިވަނިކޮށް، އެއްކޮޓަރީގެ ފްލެޓް އަޅަންނުފަށާކަމަށް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް މިއަދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު އަސްލަމް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ހިޔާ މަޝްރޫއުގެ ދަށުން ދޭނެ ކަމަށް މިދިޔަ ސަރުކާރުން އިއުލާން ކުރި ނަމަވެސް ބައެއް ކެޓަގަރީތަކުގެ ފްލެޓްތައް އަޅަން ފަށާފައި ނުވާ ކަމަށެވެ.

"އެއް ކޮޓަރީގެ ފްލެޓްތައް ހަދަން ފަށާފައެއް ނެތް. އިއުލާން ކުރި ނަމަވެސް ހަދަން ފަށާފައެއް ވެސް ނެތް،" މިނިސްޓަރު އަސްލަމް ވިދާޅުވި އެވެ.

މިނިސްޓަރ އަސްލަމް މިފައިން ހާމަކުރައްވާފައިވީނަމަވެސް، އެއްކޮޓަރީގެ ފްލެޓްތަކުގެ މަސައްކަތް ހުޅުމާލެގައި ސަރުކާރު ކުންފުނިތަކުން އަޅަމުންދާ ފްލެެޓްތަކުގެ ތެރޭގައި ކުރިއަށް އެބަދެއެވެ.

ވޮއިސްގެ ފަރާތުން ވަނީ މިހާރު ކުރިއަށް ދާ ކުންފުނި ތަކުން އަޅަމުންދާ ފްލެޓަތައް ބަލާލުމަށް ހުޅުމާލެ ދެވަނަ ފިޔަވައްސައް ޒިޔާރަތްކޮށްފައެވެ.

މިނިސްޓަރ ވަނީ މިހާރު ނިމިފައިވާ 7000 ފްލެޓްގައި 1 ކޮޓަރި ނެތްކަމަށް ވިދާޅުވެފައެވެ. ނަމަވެސް މިއީ ޕްރޮޖެޓް ފްލޭންގައިވެސް 2 ކޮޓަރީގެ ގޮތުގައި އަޅަން ހަމަޖެހިފައިވާ 7000 ޔުނިޓުކަން ފާހަގަކޮށްލަންޖެހެއެވެ. މިއީ ހިޔާ ފްލެޓްގެ އެއްސެގްމަންޓެވެ. މި ސަރުކާރުން ވިޔަފާރި ކުރުމަށް 280 ފްލެޓް ނެގުމުން މި އަދަދު ވަނީ 6720 އަށް މަދުވެފައެވެ.

ހިޔާގެ ދަށުން އެއްކޮޓަރު ދޫކުރުމަށް ހަމަޖެހިފައިވަނީ ހިޔާ ފްލެޓް އެޅުމަށް ހަވާލުކޮށްފައިވާ ސަރުކާރު ކުންފުނިތަކުންނެވެ. އޭގެ ތެރޭގައި އެމްޕީއެލް އަދި ސްޓެލްކޯގެ ފްލެޓްތަކުގެ ސްޓްރަކްޗަރ މަސައްކަތް ވަނީ ނިމިފައެވެ. މިކުންފުނިތަކުގެ ފުރަތަމަ 4 ފަންގިފިލާ ހާއްސަކުރެވިފައިވަނީ އެއްކޮޓަރިއަށެވެ. މިއީ މިހާރު ސަރުކާރުގައި ގެޒެޓް ކުރެވިފައިވާ އެއްކޮޓަރީގެ ހައްގުވެރި ފަރާތްތައް ވަނުމަށް ހަމަޖެހިފައިވާ ކޮޓަރިތަކެވެ. މިވަގުތު ހުއްޓިފައިވާ އެސްޓީއޯ، ޕީއެސްއެމް ފަދަ ކުންފުނިތަކުގައި ވެސް އެއްކޮޓަރިތައް ހިމެނޭނެއެވެ. މި ސަރުކާރު އައުމަށްފަހު މި ކުންފުނިތަކުގެ މަސައްކަތް ވެސް ވަނީ ނުފެށި ހުއްޓިފައެވެ.

މިނިސްޓަރ އަސްލަމް އެއްކޮޓަރީގެ ތަފްސީލް އިތުރައްް ދެއްވާފައެއްނުވެއެވެ. އެހެންކަމުން މިހާރު ފްލެޓް ލިސްޓުގައި ހިމެނިފައިވާ ފަރާތްތަކުން އަންނީ ސަރުކާރަށް ފާޑުކިޔައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ރައްޔިތުންނަށް އެއްކޮޓަރީގެ މައްސަލާގައި ސަރުކާރުން ސާފު ޖަވާބެއް މިހާތަނަށްވެސް ދެއްވާފައިނުވާ އިރު މިފަދަ ނޫސްވެރިންގެ ބައްދަލުވުމުން ވެސް ހަޤީގްތް އޮޅޭގޮތައް މައުލޫމާތު ދޭކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ހިޔާ ފްލެޓްގެ ކަންތަކާ ބެހޭގޮތުން ހެދިފައިވާ ވިއިބާރ ގްރޫމް "ކޮތަރު ކޮށި" ގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ.


ކޮމެންޓް
ގުޅޭ ލިޔުންތައް
18 Sep 2026
މަންތާ އެއާ މުރައިދޫ ވެޓަރަންސް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ހަނިމާދޫއަށް
ވަރަށް ވާދަވެރި ކުޅުމެއް ފެނިގެންދިޔަ މި މެޗްގެ ފުރަތަމަ ސެޓް ހަނިމާދޫ ޓީމުން ގެންދިޔައީ 25-23 ހުންނެވެ. ދެވަނަ ސެޓް 25-20 ގެންދިޔައިރު ފަހުސެޓް ހަނިމާދޫ ގެންގޮސްފައިވަނީ 25-17 އިންނެވެ
18 Sep 2026
ފަހަތުން އަރައި މާޒިޔާ އަތުން ނިއުއަށް މުހިންމު މޮޅެއް
މި މެޗުން ނިއުއަށް ލިބުނު މޮޅަކީ މި ސީޒަނުގައި އެޓީމަށް މާޒިޔާ އަތުން ލިބުނު ފުރަތަމަ މޮޅެވެ
17 Sep 2026
ގެއަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނެ، ބޭނުންވަނީ ކުރިއަށްވުރެ ރަނގަޅު މުސާރައެއް ލިބުން: ރައީސް
"އަޅުގަނޑު ޕޭ ކޮމިޝަންގައި ވެސް ދެންނެވިން އެއްވެސް މުވައްޒިފަކު ގެޔަށް ގެންދާ އެއްޗެއް ކުޑަވެގެން ނުވާނޭ. އަޅުގަނޑު ވީ ވަޢުދަކީ ގެއަށް ގެންދާ އެއްޗެއް ބޮޑުކުރުން," ރައީސް ވިދާޅުވި އެވެ.
17 Sep 2026
މެލޭޝިއާ ބޮޑުވަޒީރުގެ "ޕްލޭ ލިސްޓް" އަށް މީސް މީޑިއާގައި ބޮޑު ސަމާލުކަމެއް
ޑިޕްލޮމެޓިކް ބައްދަލުވުންތަކުގެ ތެރެއިން ބޮޑުވަޒީރު އަންވަރު ޕޯސްޓް ކުރެއްވި ކޮންޓެންޓުގައި ބޮލީވުޑުގެ މަޝްހޫރު ލަވަތައް ހިމެނިފައިވެއެވެ. ރަޝިއާގެ ރައީސް ވްލަޑިމިއާ ޕޫޓިންއާ އެކު ނެންގެވި ފޮޓޯތަކާ އެކު އޭ.އާރް. ރަޙުމާންގެ ޗަލޭ ޗަލޯ އާއި އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީއާ ބައްދަލުކުރެއްވި ޕޯސްޓުގައި އައި އޭމް ދަ ބެސްޓް ލަވަ އާއި ކިޝޯރު ކުމާރުގެ ޚުވާބް ހޯ ތުމް ޔާ ކޯއީ ހަޤީޤަތުގެ ވީޑިއޯ ކްލިޕެއް ވެސް ވައިރަލް ވެފައިވާ އިރު އެ ވީޑިއޯގައި ކީބޯޑިސްޓްއަކާ އެކު ބޮޑުވަޒީރު ލަވަ ކިޔާ މަންޒަރު ވެސް ފެނެއެވެ.
17 Sep 2026
ބުރު ސްޕޯޓްސް ބަލިކޮށް ލީގްގައި އޮޑީގެ ފުރަތަމަ މޮޅު ހޯދައިފި
ލީގްގައި މިރޭ ކުޅޭ މެޗްގައި ބައްދަލުކުރާނީ މާޒިޔާ ސްޕޯޓްސް އާއި ނިއުރޭޑިއަންޓް
17 Sep 2026
މެކްލެމޯ ބޭރުކުރުމުން ޝީރަންގެ ޓުއާގެ ހުރިހާ ސަޕޯޓިން އާޓިސްޓުން ވަކިވެއްޖެ
މެކްލެމޯ އަސްލު ނަމުން ނަމަ ބެން ހެގާޓީ މި މަހުގެ ކުރީ ކޮޅު ނިއު ޖާޒީގެ މެޓްލައިފް ސްޓޭޑިއަމްގައި ޝީރަންއާ އެކު ކުރި ޕާފޯމެންސެއްގައި "ފްރީ ޕެލެސްޓައިން" ގޮވައި ފަލަސްޠީނަށް ތާއީދުކޮށް ވާހަކަ ދެއްކުމުން ފާޑުކިޔުން އަމާޒުވެ އެންމެ ފަހުން ޓުއާގެ ބާކީ ބައިން ބޭރުކޮށްފައިވެއެވެ
17 Sep 2026
އުރީދޫ ފިންޓެކުގެ ރާއްޖޭގެ ކަންޓްރީ ހެޑަކަށް ނޫމާން ހަމަޖައްސައިފި
ނޫމާން މީގެ ކުރިން ހުރީ އުރީދޫ މޯލްޑިވްސްގެ ފިންޓެކް އެންޑް ޕާޓްނާޝިޕް މަގާމުގައެވެ. އޭނާ ވަނީ ރާއްޖެއަށް އިންޓަނެޓް ބޭނުންނުކޮށް ފޭސްބުކް ބޭނުންކުރެވޭ ޚިދުމަތެއް ތަޢާރަފުކުރުމުގައި އިސް ދައުރެއް އަދާކޮށްފައެވެ.
17 Sep 2026
ވަރލްޑްކަޕް އެންޑް ފެސްޓިވަލް: ރާއްޖެ ފްރާންސް ހިމެނޭ ގްރޫޕްގައި
ފްރާންސަކީ ދުނިޔޭގެ ފެންވަރުގައި ފުޓްބޯޅައިގެ ގަދަ ބާރެއް ކަމުން، ރާއްޖެ ހިމެނިފައިވަނީ ވަރަށް ވާދަވެރި ގްރޫޕެއްގައިކަން ފާހަގަކޮށްލެވެއެވެ