13 Jul 2020 | 08:52
ރައީސް ޔާމީން ރާއްޖޭގެ އިސްތިޤްލާލް ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ވިއްކަވާލެއްވި: ރައީސް ނަޝީދު

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ފަރާތުން ދިވެހިރާއްޖޭގެ އިސްތިޤްލާލް، ޗައިނާގެ ކޮމިއުނިސްޓް ޕާޓީއަށް ވިއްކަވާލެއްވިކަމަށް ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ ދިވެހިރާއްޖޭގައި ޑިމޮކްރަސީގެ ހާލަތު ގޯސްވަމުންދާކަމަށް ބުނެ، ޕާކިސްތާނުގެ އަރަބް ނިއުސް ވެބްސައިޓްގައި ޝާއިއުކުރި ލިޔުމަކާއި ގުޅިގެން ރައްދުދެއްވާ އާންމުކުރެެއްވި ހުޅުވާލެވިފައިވާ ސިޓީއެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ 2018 ވަނަ އަހަރުގައި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ރިޔާސީ އިންތިޚާބު ކާމިޔާބުކުރެއްވީ ބޮޑު ތަފާތަކުން ކަމަށެވެ. އަދި އެ އިންތިޚާބުގައި ދިވެހިންގެ ވޯޓުން މަގާމުން ދުރުކުރި ރައީސް ޔާމީނަކީ ދިމިކްރާތީ މުއައްސަސާތަކަށް ކެނޑިނޭޅި ދެމުންގެންދިޔަ ހަމަލާތަކުގެ ސަބަބުން އިންސާނީ ހައްގުތަކަށް މަސައްކަތްކުރާ ބައިނަލްއަގްވާމީ ޖަމާއަތްތަކާއި ހުޅަނގުގެ ދިމިކްރާތީ ގައުމުތަކުގެ ނުރުހުމާއި ކުރިމަތިލާން ޖެހުނު ބޭފުޅެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ މައްޗަށް ކޮރަޕްޝަންގެ ގިނަ އަދަދެއްގެ ތުހުމަތުތަކެއް ކުރެވި، ގައުމުގެ ސެންޓްރަލް ބޭންކް މެދުވެެރިކޮށް އެއް ބިލިޔަން ޑޮލަރު ލޯންޑަރ ކުރަން އުޅުނުކަމުގެ ތުހުމަތުވެސް ކުރެވިފައިވާކަން ފާހަގަކުރެއްވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ ރައީސް ޔާމީންގެ ފަރާތްޕުޅުން ދިވެހިރާއްޖޭގެ އިސްތިގްލާލް ޗައިނާގެ ވެރިކަން ކުރާ ކޮމިއުނިސްޓް ޕާޓީއަށް ވިއްކަވާލެއްވިކަމަށެވެ. އެގޮތުން ޗައިނާ ސަރުކާރުން ހިންގާ ކުންފުނިތަކަކަށް ދިވެހިރާއްޖޭގެ 12 ރަށް ވިއްކަވާލައްވާ، އަނބުރާ ނުދެއްކޭނެ ވަރަށް ގައުމު ދަރަނިވެރި ކުރުވިކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ ސަބަބުން ދިވެހިރާއްޖޭގެ މިނިވަންކަމަށް ހުރަސްއެޅި، އިންޑިޔާ ކަނޑުގެ ސުލްހަ މަސަލަސްކަމަށް އަސަރުކުރިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ވެރިކަމާއި ހަވާލުވެ، ރައްޔިތުންގެ މަޖިލީހުގެ ސުޕަމެޖޯރިޓީ ރައްޔިތުން އެމްޑީޕީއަށް ދިނުމުން މި ކަންތައްތައް ބަދަލުވެގެން ދިޔަކަމަށް ރައީސް ނަޝީދު ފާހަގަކުރެއްވިއެވެ. އެގޮތުން އެމަނިކުފާނު ވިދާޅުވިގޮތުގައި މި ސަރުކާރު ފެށުނު ފަހުން ހުރިހާ ސިޔާސީ ކުށްވެރިން ވަނީ މިނިވަންކޮށްފައެވެ. އަދި ހަލާކުވެފައި އޮތް ޝަރުއީ ނިޒާމު އިސްލާހުކޮށް، ބައިނަލްއަގްވާމީ މުޖުތަމައުގައި އެކަހެރިވެ އޮވެ އިންސާނީ ހައްގުތަކަށް ބޭއިޚްތިރާމްކުރާ ގައުމެއްގެ ގޮތުގައި ރާއްޖެ އޮތުން ނިމިގެން ގޮސްފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ މި ހުޅުވާލެވިފައިވާ ސިޓީގައި ވަނީ އަރަބް ނިއުސްގެ އެ އޮޕީނިއަން ޕީސްއަށް މައުލޫމާތުދިން އިދިކޮޅުގެ ފަރާތްތަކަށް ފާޑުވިދާޅުވެ، ލިޔުންތެރިޔާ އަމިއްލައަށް ދިވެހިރާއްޖެއަށް ޒިޔާރަތްކޮށް ގައުމުގެ ހާލަތު ދެކެލެއްވުމަށް އެދިވަޑައިގެންފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
20 Sep 2026
ގަމުގެ ރޭސިންގ މުބާރާތުގައި ސައިކަލެއް މޫދަށް ވެއްޓި ޒުވާނަކަށް ފަރުވާދެނީ
ލ. ގަމުގައި ބޭއްވި ރާސް ޗެމްޕިއަންޝިޕް ރޭސިންގ މުބާރާތުގައި ކޮންޓްރޯލުން ނެއްޓުނު ސައިކަލެއް މޫދަށް ވެއްޓި، ދުއްވަން އިން 20 އަހަރުގެ ޒުވާނާއަށް ގަމު ހޮސްޕިޓަލުގެ އައިސީޔޫގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެފިއެވެ.
20 Sep 2026
ދުނިޔެ ކުރިއަށް ދާއިރު ރާއްޖެ އޮތީ ކޮންހިސާބެއްގައި؟
އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އަކީ ކޮމްޕިއުޓަރުތަކަށް އިންސާނުން ވިސްނާ ގޮތަށް ވިސްނުމުގެ ޤާބިލުކަން ދޭ ޓެކްނޮލޮޖީއެކެވެ. މިއަދު ޗައިނާ އާއި އެމެރިކާ ފަދަ ދުނިޔޭގެ ގިނަ ޤައުމުތަކުން އެ ޤައުމުތަކުގެ ކުޑަކުދީންނަށް މި ޓެކްނޮލޮޖީގެ އަސާސީ ހުނަރުތައް ދަސްކޮށްދޭން ފަށައިފިއެވެ. ދިވެހިރާއްޖެއަށް ބަލާއިރު ޑިޖިޓަލް ދާއިރާ ކުރިއެރުވުމަށް ބޮޑެތި ފިޔަވަޅުތައް އަޅަމުން ދިޔަ ނަމަވެސް ސާނަވީ މަރުހަލާގެ ކިޔެވުމުގެ ތެރެއަށް އޭއައި މާއްދާއެއް ރަސްމީކޮށް ހިމެނުމާ ހަމައަށް އަދި ވާޞިލެއް ނުވެވެއެވެ. މި ލިޔުމުގައި ބަލައިލާނީ ދުނިޔެ މިކަމުގައި ގޮސްފައިވާ ހިސާބާއި ރާއްޖެއިން މިހާތަނަށް އެޅި ފިޔަވަޅުތަކާއި ކުރިއަށް އޮތީ ކޮން ކަމެއްތޯއެވެ.
20 Sep 2026
އޯލެވެލް އިމްތިޙާނު މިއަދު ފަށައިފި
މިއަހަރުގެ އޯލެވެލް އައިޖީސީއެސްއީ އިމްތިޙާނުގައި 8111 ދަރިވަރުން އަދި އެޗްއެސްސީ އިމްތިޙާނުގައި 7776 ދަރިވަރުން ބައިވެރިވެ، މާލެ ސަރަޙައްދާއި އަތޮޅުތެރޭގެ ސެންޓަރުތަކުގައި އިމްތިޙާނު މިއަދު ފަށައިފިއެވެ.
20 Sep 2026
އަދީބަށް ތައުރީފްކޮށް ފޯބްސް ޖޯޖިއާގައި ލިޔުނު ލިޔުން އެ ނޫހުން ނަގައިފި
ދިވެހިރާއްޖޭގެ ކުރީގެ ނައިބު ރައީސް އަޙްމަދު އަދީބުއާ ގުޅޭގޮތުން ބައިނަލްއަޤްވާމީ މަޝްހޫރު މަޖައްލާ "ފޯބްސް" ގެ ޖޯޖިއާ އެޑިޝަން ("ފޯބްސް ޖޯޖިއާ") ގައި ޝާއިޢުކުރި ލިޔުމެއް އެ ނޫހުން ނަގައިފިއެވެ.
20 Sep 2026
ކަންބޮޑުވަނީ ގައުމު ނުދަރައިގެން ބަޔަކު އުޅޭތީ: ސަޢީދު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ބޮޑެތި އަދަދުތަކުން ދަރަނި ދައްކައި އިޤްތިޞާދު ހަމަމަގަށް އަޅުވަމުންދާއިރު، އެންމެ ބޮޑު ކަންބޮޑުވުމަކީ ޤައުމު ނުދަރައިގެން ބަޔަކު އުޅޭތީ ކަމަށް އިކޮނޮމިކް މިނިސްޓަރު މުޙައްމަދު ސަޢީދު ވިދާޅުވެއްޖެއެވެ.
20 Sep 2026
ބްރައިޓަން އަތުން ލަދުވެތި ގޮތަކަށް ބަލިވެ، އާސެނަލްގެ ރެކޯޑް ނިމުމަކަށް
މެޗަށްފަހު ވާހަކަދައްކަމުން އާސެނަލްގެ ކޯޗް މިކެލް އަޓޭޓާ ބުނީ މެޗްގައި ހުރިހާ ގޮތަކުންވެސް އާސެނަލްގެ ކުޅުންތެރިންނަށް ވުރެ ބްރައިޓަން ކުޅުންތެރިން ތަފާތުކަމަށެވެ. އެގޮތުން އެޓީމްގެ ފަރާތުން މޮޅު ކުޅުމެއް ފެނިގެންދިޔައިރު، އޭނާގެ ޓީމްގެ ކުޅުންތެރިންނަށް ނުކުޅެވުނުކަން އަޓޭޓާ ވަނީ ފާހަގަކޮށްފައެވެ
20 Sep 2026
މޭވާއާއި ތަރުކާރީގެ ތޮށިން ތައްޔާރު ކުރެވިދާނެ މީރު ބައެެއް ތަކެތި
ދުނިޔޭގެ ނިސްބަތުން ބަލާއިރު، އުފައްދާ ކާބޯތަކެތީގެ ތިންބައިކުޅަ އެއްބައި (އަހަރަކު 1.3 ބިލިއަން ޓަނު) ބޭކާރުވެގެންދެއެވެ. ކުނިގޮނޑުތަކުގައި ކާބޯތަކެތި ކުނިވުމުން ޖައްވަށް ބޭރުވާ މީތޭން ގޭހަކީ ކާބަން ޑައިއޮކްސައިޑަށްވުރެ 80 ގުނަ ބާރުގަދަ ގޭހެކެވެ. އަހަރެމެން ކުނީގެ ގޮތުގައި ދެކޭ ގިނަ ބަޔަކީ ހަގީގަތުގައި ކެވޭ، ފައިދާހުރި ބައިތަކެވެ. ތިރީގައި މިވަނީ އާންމުކޮށް އުކައިލާ ތޮށިތަކުން ތައްޔާރުކޮށްލެވިދާނެ ބައެއް މީރު އަދި ފައިދާހުރި ބާވަތްތަކެވެ.
20 Sep 2026
ރަފީނިއާގެ ލަނޑުތަކާއެކު ބާސެލޯނާއިން ސެވިއްޔާ ބަލިކޮށްފި
ބާސެލޯނާ މޮޅުވި މިމެޗްގައި ރަފީނިއާ އާ ބެހޭގޮތުން އެންމެބޮޑަށް ތައުރީފްކޮށް ވާހަކަދައްކާފައިވަނީ ސެވިއްޔާގެ ކޯޗް ލުއިސް ގާސިއާއެވެ. މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުން ގާސިއާ ބުނީ، ބެލޮންޑިއޯ އެވޯޑަށް ނޮމިނޭޓްވި ކުޅުންތެރިންގެ ތެރޭގައި ރަފީނިއާ ނުހިމެނުމަކީ ޖޯކެއް ކަމަށެވެ