N/A
N/A
ހަބަރު 15 Jul 2020 | 19:31

ޢަރަބިންގެ އެންމެ މަޤްބޫލް މަންޒިލަކަށް ދިވެހިރާއްޖެ ހެދުމަށް "މާލްދީފް.ކޮމް" ލޯންޗުކޮށްފި

ޢަރަބިންގެ އެންމެ މަޤްބޫލް މަންޒިލަކަށް ދިވެހިރާއްޖެ ހެދުމަށް "މާލްދީފް.ކޮމް" ލޯންޗުކޮށްފި އެވެ.

މާލްދީފް ވެބްސައިޓްގައި ހިމެނެނީ ރާއްޖެއާއިބެހޭ ޚަބަރާއި މައުލޫމާތެވެ. ރާއްޖޭގެ ހާއްސަ ތަންތަނާއި ބެހޭ މައުލޫމާތު ޢަރަބި ބަހުން ގެނެސްދީފައިވެއެވެ. އަދި މީގެ އިތުރުން ރަށްރަށުގެ މައުލޫމާތުވެސް ވަކި ރަށްރަށް ހާއްސަކޮށްގެން ގެނެސްދިނުމަށް ވަނީ ފަށާފައެވެ. މި ސައިޓްގެ ކޮލަމިސްޓުންގެ ބައިގައި ދިވެހިރާއްޖެ ލިޔުންތެރިންވެސް ޢަރަބި ބަހުން ލިޔުންތައް ލިޔަމުންދާނެކަމަށް އެފަރާތުން ހާމަކުރެއެވެ.

މިއީ ކުރީގެ އިސްލާމިކް މިނިސްޓަރ ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު އިސްވެ ހުންނަވައިގެން ފެއްޓެވި މާލްދީފް ގުރޫޕްގެ ފަރާތުން ލޯންޗުކޮށްފައިވާ ވެބްސައިޓަކީ ކޮރޯނާގެ ސަބަބުން ޓޫރިޒަމްގެ ޞިނާޢަތަށް ގެއްލުންވެ ރާއްޖޭގެ އިޤުތިޞާދު އަލުން ކޮޅަށް ޖަހައި ރާއްޖޭގެ އިޤުތިޞާދު ބިނާކުރުމަށް ވަޠަނީ މަސްއޫލިއްޔަތުގެ ދަށުން ޤައުމަށް އެހީވުމަށްފެއްޓެވި މަސައްކަތެއްކަމަށް ބުނެފައިވެއެވެ.

މާލްދީފް ގުރޫޕްގެ ޗެއާމަން ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ގެ ހާއްސަ ޚިތާބަކާއިއެކު މިއަދު މި ވެބްސައިޓްވަނީ ފޭސްބުކް ލައިވް މެދުވެރިކޮން އިފްތިތާޙްކޮށްފައެވެ.

މި ހިތާބުގައި ޑރ މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވީ މާލްދީފް ވެބްސައިޓާއި މާލްދީފް ގްރޫޕްގެ ސޯޝަލްމީޑިޔާގެ އެންމެހާ އެހެނިހެން ޕްލެޓްފޯތަކެއް ޢަރަބި ބަހުން އިފްތިތާޙު ކުރުމަކީ ލިބޭ ވަރަށް މަތިވެރި އުފަލެއްކަމަށާއި މި ޕްލެޓްފޯމްތައް ހުޅުވިގެން މިދަނީ ދިވެހިރާއްޖޭގެ ވާހަކަ ޢަރަބި ދުނިޔެއަށް ފޯރުކޮށް ދިނުމަށްކަމަށެވެ.

"ތާރީޚީ ގޮތުން ބަލާއިރު ޢަރަބީނަކީ އެއްތަނުން އަނެއް ތަނަށް ދަތުރުފަތުރުކޮށް އުޅުނު ބައެއް، ޢަރަބީން ދަތުރުފަތުރުކޮށް އުޅުނީ ލޯތްބާއި ޞުލްޙަވެރިކަމާއި ޢިލްމާއި ފިކުރު ފަތުރައި އަނެކާއަށް ހެޔޮ ފޯރުކޮށްދިނުމަށް، އަދި ޘަޤާފަތާއި ޙަޟާރަތާއި ބިންމަތީގައި ޤާއިމު ކުރުމަށް"

ޑރ ޝަހީމް ބުނެފައިވެއެވެ.

މިއީ ތާރީޚުގައި މިގޮތައް މިކަން ކުރެވޭ ފުރަތަމަ ފަހަރުކަން ފާހަގަ ކުރަމުން ޑރ ޝަހީމް އިތުރަށް ބުނެފައިވަނީ މިވެބްސައިޓުގެ މަޤުޞަދަކީ ޢަރަބި އެކުވެރިންނާ ހަމައަށް އަމިއްލަ ބަހުން ރާއްޖޭގެ ވާހަކަ ގެންގޮސް ދިނުންކަމަށާއި ރާއްޖެ ތަޢާރަފްކޮށް ރާއްޖޭގެ ތާރީޚައި ތަންތަނާއި ރަށްތަކާއި ރިޒޯތްތަކުގެ ވާހަކަ ކިޔައި ދިނުން ކަމުގައި ފާހަގަކުރިއެވެ. ައަދި މަސައްކަތްކުރަނީ ތިޔަ ބޭފުޅުން ރާއްޖެ އައުމުގެ މަގު ފަސޭހަކޮށްދީ އެކަމަށްޓަކައި ފާލަން އެޅުންކަމަށާއި އުންމީދަކީ އަރަބިންގެ އެންމެ މަޤްބޫލް މަންޒިލަކަށް އަޅުގަނޑުމެންގެ މި ދިވެހިރާއްޖެވުން ކަމުގައި ފާހަގަ ކުރިއެވެ.

މާލްދީފް ވެބްސައިޓްގައި ހިމެނެނީ ރާއްޖެއާއިބެހޭ ޚަބަރާއި މައުލޫމާތެވެ. ރާއްޖޭގެ ހާއްސަ ތަންތަނާއި ބެހޭ މައުލޫމާތު ޢަރަބި ބަހުން ގެނެސްދީފައިވެއެވެ. އަދި މީގެ އިތުރުން ރަށްރަށުގެ މައުލޫމާތުވެސް ވަކި ރަށްރަށް ހާއްސަކޮށްގެން ގެނެސްދިނުމަށް ވަނީ ފަށާފައެވެ. މި ސައިޓްގެ ކޮލަމިސްޓުންގެ ބައިގައި ދިވެހިރާއްޖެ ލިޔުންތެރިންވެސް ޢަރަބި ބަހުން ލިޔުންތައް ލިޔަމުންދާނެކަމަށް އެފަރާތުން ހާމަކުރެއެވެ.

ޢަރަބި ދުނިޔޭގެ ބޭފުޅުންގެ ލިޔުންތައްވެސް ހިމަނާފައިވާނެކަމަށާއި އޭގެ ތެރޭގައި ސަޢުދީ ޢަރަބިއްޔާ، މިސްރު، އަލް ޖަޒާއިރު، ސީރިޔާ ފަދަ ޤައުމުތަކުގެ ބޭޅުންގެ ލިޔުއްވުން މިހާރުވެސް ސައިޓްގައި ހިމެނިފައިވާނެކަމަށް މަޢުލޫމާތު ދީފައިވެއެވެ. މިއީ އެބޭފުޅުން ރާއްޖެ ވަޑައިގެން ކުރެވުނު ތަޖުރިބާ ޢަރަބި ބަހުން ލިޔެފައިވުމުން މިކަން ވެގެންދާނީ ރާއްޖެ ޕްރޮމޯޓް ކުރުމަށް އެޅޭ ބާރަކަށްކަމުގައި ޔަޤީނެވެ.

މިވެބްސައިޓް ފެށިގެންދާއިރު މިހާރުވެސް ފޭސްބުކް، ޓްވިޓާރ އަދި އިންސްޓަރގްރާމް ފަދަ ސޯޝަލް މީޑިއާގެ ވަސީލަތްތަކުގައި ޢަރަބި އެތައް ފޮލޯވާރސް އިން ފޮލޯ ކުރަމުންދާކަން ފާހަގަ ކުރެވެއެވެ. މާލްދީފް.ކޮމް ހިންގަމުން އަންނާނީ މާލްދީފް ގްރޫޕްއިންނެވެ. އެގުރޫޕްގެ ޗެއާރމަން އަކީ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު، މެނޭޖނިންގ ޑިރެކްޓަރ އަކީ އަލީ އަހްސަން އަދި ޑިރެކްޓާރ އަކީ އިބްރާހިމް އަޝްވާގު އެވެ.

މި ލިޔުން ކަމުދިޔަނަމަ، ލައިކެއް ދެއްވާ

ކޮމެންޓް ކުރޭ

ކޮމެންޓްތައް މޮޑަރޭޓް ކުރެވޭނެއެވެ.

ކޮމެންޓްސް

މިހާތަނަށް ކޮމެންޓެއް ނެތް

ގުޅޭ ލިޔުންތައް

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް ފުނަދޫއަށް ދަނީ
25 Oct 2026 ހަބަރު

ފުލުހުންގެ ކްރައިމް އިންވެސްޓިގޭޝަންގެ ހާއްސަ ޓީމެއް ފުނަދޫއަށް ދަނީ

އަދި 18 މީހަކަށް އަނިޔާވެގެންނާއި ސިއްހީ ފަރުވާ ބޭނުންވެގެން އެހީތެރިކަން ފޯރުކޮށްދީފައިވާ ކަމަށް ވެސް ބުންޏެވެ.

ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާ: 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން
25 Oct 2026 ހަބަރު

ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާ: 11 މީހަކަށް ވަގުތީ ބޯހިޔާވަހިކަން

މިއަދުގެ ހާދިސާގައި ލިބުނު ގެއްލުންތައް އެ އޮތޯރިޓީން ދަނީ ވަޒަން ކުރަމުންނެވެ.

ކަސްޓަމަށް ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދިއުމުގެ މައްސަލަ ބޮޑުވެފައި
25 Oct 2026 ހަބަރު

ކަސްޓަމަށް ލިބެންޖެހޭ ފައިސާ ނުލިބި ދިގުލައިގެން ދިއުމުގެ މައްސަލަ ބޮޑުވެފައި

އޮޑިޓްގައި ބުނެފައިވަނީ 2023 ވަނަ އަހަރުގެ ނިޔަލަށް ކަސްޓަމްސް މެދުވެރިކޮށް ދައުލަތަށް 461.01 މިލިއަން ރުފިޔާގައި ހުރިއިރު، މީގެ ތެރެއިން 160.5 މިލިއަން ރުފިޔާ އަކީ ހުކުމް ތަންފީޒް ކުރުމުގެ މަރުހަލާގައި ހުރި ދައުލަތަށް ނުލިބި ގިނަދުވަސްތަކެއް ވެފައިވާ ފައިސާ ކަމަށެވެ.

ވަޓްސްއެޕުން ވާހަކަދައްކައި، މަކަރާއި ހީލަތުން 32،000ރ ފޭރިގެންފި، ތިން މީހަކު ހައްޔަރު
25 Oct 2026 ހަބަރު

ވަޓްސްއެޕުން ވާހަކަދައްކައި، މަކަރާއި ހީލަތުން 32،000ރ ފޭރިގެންފި، ތިން މީހަކު ހައްޔަރު

މި މައްސަލައަކީ ވަޓްސްއެޕް މެދުވެރިކޮށް ވާހަކަދައްކައި، މަކަރާއި ހީލަތުން ފައިސާ އަތުލާފައިވާ ކަމަށް، އޮކްޓޫބަރު 13 ވަނަ ދުވަހު ހުށަހަޅާފައިވާ މައްސަލައެކެވެ.

ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގައި އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ބާއްވަނީ
25 Oct 2026 ހަބަރު

ނަސްރުގެ ދުވަސް ފާހަގަކުރުމަށް މާލެއާއި އަތޮޅުތަކުގައި އެމްއެންޑީއެފުން ގިނަ ހަރަކާތްތަކެއް ބާއްވަނީ

އެގޮތުން، މި ހާއްސަ ދުވަހާ ގުޅުވައިގެން މާލެއާއި އަތޮޅުތަކުގައި ދީނީ، އަސްކަރީ އަދި އިޖުތިމާއީ ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފައެވެ.

ށ. ފުނަދޫ އަލިފާނުގެ ހާދިސާ؛ އެހީތެރިވި ފަރާތްތަކަށް ރައީސްގެ ޝުކުރު
25 Oct 2026 ހަބަރު

ށ. ފުނަދޫ އަލިފާނުގެ ހާދިސާ؛ އެހީތެރިވި ފަރާތްތަކަށް ރައީސްގެ ޝުކުރު

ރައީސް މުޢިއްޒު އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ފުނަދޫގައި ހިނގި އަލިފާނުގެ ހާދިސާގެ ޚަބަރު އަޑުއެއްސެވީ ނުހަނު ކަންބޮޑުވުމާއި ފުން ހިތާމައާއެކު ކަމަށެވެ.

ވިލިމާލެ ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1100 ރުފިޔާގެ ވެރިފަރާތް ހޯދަނީ
25 Oct 2026 ހަބަރު

ވިލިމާލެ ފިނިމައިޒާން ކައިރިން ހޮވައިގެން ގެނެސްފައިވާ 1100 ރުފިޔާގެ ވެރިފަރާތް ހޯދަނީ

ފުލުހުން މިއަދު ވަނީ އެ އިދާރާގެ ބެލުމުގެ ދަށުގައި ހުރި ބައެއް ތަކެތީގެ ވެރިފަރާތް ހޯދަން އިއުލާނުކޮށްފަ އެވެ.

އަންހެނަކު ރޭޕްކުރި މައްސަލަ: ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފި
25 Oct 2026 ހަބަރު

އަންހެނަކު ރޭޕްކުރި މައްސަލަ: ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފި

އަޕަރ ސައުތު ޕޮލިސްގައި ހިމެނޭ ރަށެއްގައި، ބަޔަކު 22 އަހަރުގެ އަންހެނަކަށް ޖިންސީ ގޯނާކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ހައްޔަރުކުރި ނުވަ މީހުންގެ ވަނަވަރު އާއްމުކޮށްފިއެވެ.