19 Jul 2020 | 21:37
ރާއްޖޭގައި ލިޔެކިޔުން ނެތި ދިރިއުޅޭ ހުރިހާ ބިދޭސީން ހައްޔަރުކޮށްފައި ނުބޭތިއްބޭނެ: ރައީސް ނަޝީދު

ދިވެހިރާއްޖޭގައި ލިޔެކިޔުމެއް ނެތި ދިރިއުޅެމުންދާ ހުރިހާ ބިދޭސީން ހައްޔަރުކޮށްފައި ނުބޭތިއްބޭނެކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ "ބޭރުމީހުން"، މި ނަމުގައި އަަމިއްލަފުޅު ރަސްމީ ވެބްސައިޓްގައި އާންމުކުރެއްވި ލިޔުމެއްގައެވެ.

ރައީސް ނަޝީދު ވިދާޅުވީ ބިދޭސީން ދިވެހިރާއްޖެއަށް އަންނަނީ ވަރަށް ބޮޑު ދަރަންޏެއްގައި އެޅި އެ ފައިސާ އަނބުރާ ނުދެއްކިއްޖެނަމަ އޭނާގެ މުޅިހަޔާތް ގެއްލޭ ހަމަތަކަކަށް ރޭވިފައި އޮތް ނިޒާމެއްގެ ތެރެއިންކަމަށެވެ. އެގޮތުން އޭނާއަކީ ކާކުކަން ދިވެހި ސަރުކާރަށްވެސް އަދި އޭނާ ގެ އަމިއްލަ ޤައުމަށްވެސް ސާފުކުރެވޭނެ ގޮތެއް ނެތްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެހެންކަމުން ދިވެހި ސަރުކާރުން އޭނާ ފޮނުވާލުމަށް އެދުނު ނަމަވެސް އޭނާ ފޮނުވުމަށް މަސައްކަތް ކުރާ ރަށުގެ ސަރުކާރުން އޭނާ އެ ރަށަށް ގެނެއުމަށް އެއްބަސްވެ، އެއްބާރުލުން ނުދެނީ ނަމަ އޭނާ ފޮނުވާލެވޭނެ ގޮތެއް ނެތްކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވިގޮތުގައި ރާއްޖޭގައި ލިޔެކިޔުން ނެތި ހަތްދިހަ ހާސް މީހުނާ ގާތްކުރާ އަދަދަކަށް ބިދޭސިން އެބައުޅެއެވެ. އެމަނިކުފާނު ވިދާޅުވީ އެ ހުރިހާ ފަރާތްތައް ހިފާ ހައްޔަރުކޮށް ތަންތަނުގައި ބަންދުކޮށްފައި ބޭތިއްބޭނެ ގޮތެއްނެތް ކަމަށެވެ. އެއީ އެކަމަށް ހަރަދު ބޮޑުވާނެ ކަމުން އެކަނި ނޫންކަމަށާއި، އިންސާނީ ހައްޤުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭތީކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިހާރު ބަހުސްކުރެވެމުންދާ ރެސިޑެންޓް ވިސާގެ މައުޟޫއުއަށް އަލިއަޅުއްވާލަމުން އެމަނިކުފާނު ވިދާޅުވީ ލިޔެކިޔުން ގެއްލުވާލާފައިވާ ބޭރުމީހުން އެމީހުންގެ ރަށްކަމަށް ލަފާކުރެވޭ ރަށަށް ފޮނުވާލައި، އެމީހުންގެ މައްސަލަ ހައްލު ކުރެވުނު އެއްވެސް ޤައުމެއް ނެތްކަމަށެވެ. އެގޮތުން ތަރައްގީ ވެފައިވާ ޤައުމުތަކަށްވެސް ޖެހެނީ އެމީހުންނަށް ތިބެވޭނެގޮތް ހަދައިދޭން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. އެގޮތުން އިނގިރޭސިވިލާތް މިސާލެއްގެ ގޮތުން އެމަނިކުފާނު ނެންގެވިއެވެ.

ރައީސް ނަޝީދު އިތުރަށް ވިދާޅުވީ ރާއްޖޭގައި މިހާރު ތިބި ގިނަ ބޭރު މީހުންގެ މައްސަލަ ހައްލު ކުރެވޭނީ ރާއްޖޭގައިކަމަށެވެ.

"ރާއްޖޭގައި ދޮޅު ލައްކައަށްވުރެ ގިނަ ބޭރުމީހުން އެބައުޅެއެވެ. މީގެ ތެރެއިން 75 ހާހެއްހާ މީހުން މިއުޅެނީ ކާކު ކަން ނޭގޭ ގޮތަށެވެ. ޤަވައިދާ ހިލާފަށް އުޅޭ މީހާ ޤަވާއިދުގެ ތެރެއަށް ގެނެއުމަށް ކޮންމެވެސް ބާވަތެއްގެ ހުއްދައެއް ދޭންޖެހެއެވެ. އަދި އޭނާ އުޅޭނެ ތަނެއް ދޭން ޖެހެއެވެ. އަޅުގަޑު ދެކޭ ގޮތުގައި މި ދެކަންވެސް ނުކޮށްފިނަމަ ރާއްޖެއަށް އިތުރު ހަމަޖެހުމާއި ކުރިއެރުން ހޯދާން ދަތިވާނީ އެކަންޏެއްނޫނެވެ"، އެމަނިކުފާނު ވިދާޅުވިއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
22 Sep 2026
ފަތުރަނީ ދޮގެއް، ރަސްމާލެ ބިމުން އެންމެ އިންޗިއެއްވެސް ނުވިއްކަން: މިނިސްޓަރު ޒަރީރު
ވިދާޅުވީ އެ މަޝްރޫއުއަށްވެސް އަދި އެހެން ބަޔަކަށްވެސް ރަސްމާލޭގެ ބިމުން އެންމެ އިންޗިއެއް ވެސް ވިއްކާ ނުލާ ކަމަށެވެ.
21 Sep 2026
ސްރީލަންކާގެ އެންމެ ނުރައްކާތެރި އެއް ގޭންގް ލީޑަރުގެ މުޅި މިލްކިއްޔާތު ދައުލަތަށް ނަގަނީ
ފުލުހުން ހާމަކޮށްފައިވާ މައުލޫމާތުތަކަށް ބަލާއިރު ލޯކު ޕެޓީގެ ހިފަހައްޓާފައިވާ މުދަލުގެ ތެރޭގައި 15 ޕާޗުގެ ބިމަކާއި އެ ބިމުގައި އިމާރާތްކޮށްފައިވާ ގެއެއް ހިމެނެއެވެ
21 Sep 2026
މެންބަރުންގެ އަގުބޮޑު ހެލްތު އިންޝުއަރެންސް އުވާލުމަށް ގޮވާލާ ޕެޓިޝަނަށް 6،977 ސޮއި ލިބިއްޖެ
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުން 2015 އިން 2025 އަށް މެންބަރުންގެ ހެލްތު އިންޝުއަރެންސް "ޕްރީމިއަމަށް" 100 މިލިއަނެއްހާ ރުފިޔާ ވަނީ ޚަރަދުކޮށްފައެވެ
21 Sep 2026
ޝައިޚު އަޙުމަދު ބިން ރާޝިދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ.މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެ
ޝައިޚު އަޙުމަދު އަވަހާރަވުމާ ގުޅިގެން ދުބާއީ ސަރުކާރުން ވަނީ ހިތާމައިގެ މުއްދަތެއްގެ ގޮތުގައި 10 ދުވަސް ކަނޑައެޅުމަށް ނިންމާފައި
21 Sep 2026
އެމެރިކާއިން އިންޑިއާ އަށް ދަތުރުކުރި ފްލައިޓަކަށް އަރަން ވީލްޗެއަރ ކިއު އެއް
ދަތުރުފަތުރާ ގުޅޭ ކޮމެންޓޭޓަރެއް ކަމަށްވާ ޕްރިޔެޝް ޝަރުމާ ހިއްސާކުރި އެ ފޮޓޯއިން ފެންނަނީ ދޮށީ ޢުމުރުގެ ބައެއް މީހުންނާއި ޒުވާން ކަމަށް ފެންނަ ބައެއް ފަސިންޖަރުން ވީލްޗެއާގައި އެހީތެރިކަމަށް އެދި ތިބި މަންޒަރެވެ. މިކަމާ ގުޅިގެން ގިނަ ބަޔަކު ވަނީ އެ ޚިދުމަތަކީ ހަޤީޤީ ބޭނުމެއް ނެތި ފަސޭހައަކަށް ހޯދާ ޚިދުމަތެއްތޯ އަހައި ސޯޝަލް މީޑިއާގައި ސުވާލު އުފައްދާފައެވެ
21 Sep 2026
ގައްދޫ ކައުންސިލުން އަހަރެއްތެރޭ 1600 މީހަކަށް ލައިސަންސް: ބޮޑު ހިޔާނާތެއް, މައްސަލަ ބަލަނީ
ގދ.ގައްދޫ ކައުންސިލުން ދެމުންއައި، އެއްގަމު ލައިސަންސް، ކަނޑު ލައިސަންސްގެ ހުރިހާ ޚިދުމަތްތައް މެދު ކަނޑާލައިފި އެވެ.
21 Sep 2026
ތިންވަނަ ފިޔަވަހީގެ މަސައްކަތަށް ވެސްޓް ޕާކު ސަރަހައްދުން މަގު ބަންދުކުރަނީ
އެ ކުންފުނިން ޢާންމުކުރި އެންގުމުގައިވާ ގޮތުން މިރޭ 12:00 އިން ފެށިގެން ވެސްޓްޕާކް ސަރަހައްދުގެ އެއް ފަޅި ބަންދުކުރާނެއެވެ. ނަމަވެސް މަގުގެ އަނެއް ފަޅިން ޢާންމު ދަތުރުފަތުރަށް ބޭނުންކުރެވޭނެ ކަމަށް އެމްޓީސީސީން ބުނެފައިވެއެވެ.
21 Sep 2026
ރަސްމާލެއަށް ގެންނަން ސަރުކާރުން ސޮއިކުރި ބިޔަ އިންވެސްޓްމަންޓަށް ރައީސް ނަޝީދު ތާއީދު
ރަސްމާލޭގައި ވޯތަރ ފްރަންޓް ޕްރޮޖެކްޓެއް އެބީދައިން ކުރިއަށްގެންދިއުމަށް ސަރުކާރުން ނިންމެވި ނިންމެވުމަކީ ރަނަގޅު ނިންމެވުމެއްކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ