ޕާސްޕޯޓަށް އެދުމުގެ ފުރުސަތު އިމިގްރޭޝަންގެ "އިމުގާ" ޕޯޓަލްމެދުވެރިކޮށް!
މޯލްޑިވްސް އިމިގްރޭޝަންގެ ޚިދުމަތްތައް އޮންލައިންކޯށް ފޯރުކޮށްދިނުމަށް ހަދާފައިވާ ޕޯޓަލް "އިމުގާ" މެދުވެރިކޮށް ދިވެހި ޕާސްޕޯޓަށްއެދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އިމިޤްރޭޝަންއިންކޮށްފައިވާ އިއުލާނުގައި މިކަން ހާމަކޮށްފައިވާ އިރު އިމުގާ ޕޯޓަލް މެދުވެރިކޮށް މެދުވެރިކޮށް ޕާސްޕޯޓަށް އެދެވޭނެކަމަށާއި އެކިކަހަލަ ވިސާތަކަށްވެސް އެދި ހުށައެޅޭނެ ކަމުގައި އިމިގްރޭޝަނުން ވިދާޅުވެއެވެ.
މި ޕޯޓަލް އިފްތިތާހްކުރެވުމާއެކު 2020 ޖުލައި 23 އިން ފެށިގެން ދިވެހި ޕާސްޕޯޓަށް އެދި ހުށަހެޅޭނީ މޯލްޑިވްސް އިމިގްރޭޝަންގެ އޮންލައިން ޕޯޓަލް "އިމުގާ" މެދުވެރިކޮށެވެ. އެގޮތުން imuga.immigration.gov.mv އަށް ވަޑައިގެން ރަޖިސްޓްރީ ކުރުމުން މި ޕޯޓަލް މެދުވެރިކޮށް ޕާސްޕޯޓަށް އެދި ހުށަހެޅޭނެއެވެ.
މިގެނެވުނު ބަދަލާއެކު 23 ޖުލައި ފެށިގެން އީމެއިލް މެދުވެރިކޮށް ޕާސްޕޯޓު އެޕްލިކޭޝަން ބަލައިގަތުން ހުއްޓާލާނެ ކަން އިމިޤްރޭޝަނުން ހާމަކުރައްވައެވެ.
ކޮވިޑް-19 އާއި ގުޅިގެން ރާއްޖޭގެ ބޯޑަރު ބަންދު ކުރުމަށްފަހު އަލުން ހުޅުވާލާފައިވާއިރު، ރާއްޖެއަށް އަންނަ އަދި ފުރާ ދަތުރުވެރިން 'ޓްރެވެލާ ހެލްތް ޑިކްލަރޭޝަން ފޯމް" އޮންލައިންކޮށް ހުށަހަޅަންޖެހޭ ގޮތަށް އިމިގްރޭޝަނުން ވަނީ ހަމަޖައްސަވައިފައެވެ. މިގެނެވުނު ބަދަލާއެކު އޮންލައިން މިހުރިހައި ހިދުމަތެއް އިމުގާއިން ލިބޭނެގޮތް ވަނީ އިމިޤްރޭޝަނުން އިމުގާ ޕޯޓަލް މެދުވެރިކޮށް ހަމަޖައްސާފައެވެ.
Advertisement
This content is created and paid for by advertisers and does not involve Voice Journalists