ހައްޖުގެ އަޅުކަމަށް ސައުދީއަށް ޖަމާވި ހައްޖުވެރީން -- ފޮޓޯ: ހަރަމައިނި
ހަބަރު
05 Jun 2025 | 21:16
މި އަހަރުގެ ހައްޖުގެ އަޅުކަމަށް 171 ގައުމަކުން 1.6 މިލިއަން މީހުން

މި އަހަރުގެ ހައްޖުގެ އަޅުކަމަށް ދުނިޔޭގެ އެކި ކަންކޮޅުތަކުން 1.6 މިިލިއަން މީހުން ސައުދިއަރަބިއްޔާއަށް ޖަމާވި ކަމަށް އެ ގައުމުން ބުނެފި އެވެ.

ސައުދީ ސަރުކާރުން މިއަދު ވަނީ ހައްޖުގެ އަޅުކަމަށް އެ ގައުމަށް ޖަމާވި މީހުންގެ ތަފާސް ހިސާބުތައް އާންމުކޮށްފަ އެވެ. މި އަހަރު ޙައްޖުގެ އަޅުކަން 171 ގައުމަކުން 1,673,230 މީހުން ޖަމާވި ކަަމަށް ބުނެފައިވެ އެވެ.

އޭގެ ތެރޭގައި ހިމެނެނީ އެކި ގައުމުތަކުން އައި 1,506,576 މީހުންނާއި ސައުދީ ރައްޔިތުންނާއި އެ ގައުމުގައި ތިބި މީހުންގެ ތެރެއިން ހައްޖުގެ އަޅުކަމުގައި ބައިވެރިވި 166,654 މީހުންނެވެ.

ހައްޖުގެ އަޅުކަމަށް ސައުދީއަށް ޖަމާވި ހައްޖުވެރީން -- ފޮޓޯ: ހަރަމައިނި

* ހައްޖުގެ އަޅުކަން އަދާކުރި މީހުންގެ ތެރޭގައި ހިމެނެނީ 877,841 ފިރިހެނުން

* ހައްޖުގެ އަޅުކަން އަދާކުރި މީހުންގެ ތެރޭގައި ހިމެނެނީ 795,389 އަންހެނުން

ސައުދީ ސަރުކާރުން ބުނި ގޮތުގައި މި މީހުންގެ ތެރެއިން 1,435,017 މީހުން ސައުދީއަށް އެތެރެވީ ވައިގެ މަގުންނެވެ. އަދި 66,465 މީހުން އައީ އެއްގަމު މަގުންނެވެ. މީގެ އިތުރުން 5,094 މީހުން އައީ ކަނޑު މަގުން ކަމަށް ވެސް ބުންޏެވެ.

ހައްޖުގެ އަޅުކަމަށް ސައުދީއަށް ޖަމާވި ހައްޖުވެރީން -- ފޮޓޯ: ހަރަމައިނި

ހައްޖަށް އަންނަ މީހުންނަށް ފަސޭހަ އިންތިޒާމުތަކެއް ހަމަޖެއްސުމަށް ސައުދީ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރެ އެވެ. އެ ގޮތުން އެންމެ ގިނައިން ހައްޖުވެރީން އަންނަ ގައުމުތަކަށް ފަސޭހަ އަކަށް މައްކާ ރޫޓް އިނިޝިއޭޓް ވަނީ އިފްތިތާހު ކޮށްފަ އެެވެ.

އެ ފަސޭހަ މިވަގުތު ލިބެނީ އަށް ގައުމަކަށެވެ. ސައުދީ ސަރުކާރުން ބުނި ގޮތުގައި މައްކާ ރޫޓްގެ ދަށުން 1,435,017 މީހުން ސައުދީއަށް އެތެރެވި އެވެ. ދިވެހި ހައްޖުވެެރީން ވެސް ހިމެނެނީ އެ ފަސޭހަ ލިބުނު ހައްޖުވެރީންގެ ތެރޭގަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
10 Sep 2026
އާސެނަލްގެ ކޯޗު އާޓެޓާގެ އާ އެއްބަސްވުން ފައިނަލް ކުރުމުގެ މަސައްކަތް ނިމުމަކަށް
އައު އެއްބަސްވުމާއެކު، އާޓެޓާ ވެގެންދާނީ ދުނިޔޭގެ އެންމެ ބޮޑު މުސާރައެއް ލިބޭ ކޯޗުންގެ ތެރެއިން އެކަކަށެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސް ހަފްލާ؛ އެންމެ ގިނަ އެވޯޑާއެކު އެމްޑަބްލިއުއެސްސީއަށް ބޮޑު ޝަރަފެއް
މިރޭ އޮތް ހަފްލާގައި ޝަރަފުވެރި ދެ އެވޯޑެއް އެ ކުންފުންޏަށް ވަނީ ލިބިފައިވެ އެވެ. އަދި އިންޑިވިޖުއަލް ކެޓަގަރީން އިތުރު ދެ އެވޯޑެއް ވަނީ ލިބިފަ އެވެ.
10 Sep 2026
ކީރިތި ޤުރުއާން ކިޔެވުމުގެ 38 ވަނަ ޤައުމީ މުބާރާތް ރަސްމީކޮށް ފަށައިފި
މުބާރާތުގެ އޮޑިޝަން ބުރުގައި 2742 ބައިވެރިން ކިޔަވާފައިވާއިރު، ސެމީ ފައިނަލް ބުރަސް 379 ދަރިވަރުން ވަނީ ހޮވިފައެވެ.
10 Sep 2026
ސިނަމާލެ ބްރިޖް ސަރަހައްދަށް ތެޔޮ ބޯޓެއް އުރިއްޖެ
ބޯޓު ނަގިލި ކަހާލައިގެން އައިސް ފުރަތަމަ ލައްވީ ބްރިޖްގެ ތަނބަކަށެވެ. ތަނބަށް ލައްވުމުގެ ސަބަބުން ބޯޓަށް އެކި ވަރުގެ ގެއްލުންތައް ލިބުނު މަންޒަރު ވީޑިއޯތަކުން ފެނުނުއިރު، ބްރިޖަށް ލިބުނު ގެއްލުމެއް އަދި ސާފެއް ނުވެއެވެ
10 Sep 2026
އިންޖިނިއާސް އެވޯޑްސްގައި ލައިފް ޓައިމް އެޗީވްމަންޓް އެވޯޑް ހިދުމަތްތެރި ތިން ބޭފުޅަކަށް އަރުވައިފި
އެވޯޑްސް އަރުވާފައި ވަނީ ސްޓެލްކޯގެ ކުރީގެ މެެނޭޖިން ޑިރެކްޓަރު އަބްދުއް ޝަކޫރު ސާލިހާއި ސްޓެލްކޯގެ ޗެއާމަން ކަމާއި ސީއީއޯގެ މަގާމު ފުރުއްވާފައިވާ އަލްމަރްޙޫމް މުޙައްމަދު ރަޝީދުގެ އިތުރުން ރާއްޖޭގެ އިންޖިނިއަރިން ދާއިރާއަށް ދިގު މުއްދަތަަކަށް ޚިދުމަތް ކޮށްދެއްވާފައިވާ އަލްމަރްހޫމް އަޙްމަދު މަޙްރީންއަށެވެ.
10 Sep 2026
ކެލާ ބަލިކޮށް ފިނޭއިން އުއްމީދު އާކޮށްފި
އެންމެފަހުން ހަނިމާދޫ އާ ދެކޮޅަށް ކުޅުނު މެޗުްނ ފިނޭ ބަލިވެފައިވާތީވެ، މިއަދުގެ މެޗަށް އެޓީމް ނިކުތީ މެޗުން މޮޅުވުމުގެ އަޒްމުގައެވެ
10 Sep 2026
ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީ މުބާރާތުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38
އދ. މަހިބަދޫގައި ކުރިއަށްދިޔަ ސްޓެލްކޯ މަހިބަދޫ އިންޓަ އޮފީސް ވޮލީބޯޅަ މުބާރާތުގެ ފިރިހެން ޑިވިޝަނުގެ ޗެމްޕިއަންކަން ސްޓެލްކޯ ކޭ-38 ޓީމުން ހޯދައިފިއެވެ.
10 Sep 2026
ގައްދޫގައި ނިއުރޭޑިއަންޓްގެ ފުރަތަމަ ފަރިތަކުރުންތައް ބާއްވައިފި
ދިވެހި ލީގްގެ ނިއުރޭޑިއަންޓް ކުޅޭ ފުރަތަމަ މެޗްގައި މާދަމާ ހަވީރު ނިކުންނާނީ ގައްދޫ ޓީމާ ދެކޮޅަށެވެ. މިއީ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް ދިވެހި ލީގް މެޗްތައް ހޯމް އަދި އަވޭ އުސޫލުން ބާއްވާ ފުރަތަމަ ފަހަރެވެ.