22 Jul 2020 | 15:07
ޒަރޫރީ ޚިދުމަތެއް ދިނުމަށް މާލެއިން ރަށްރަށަށް ދެވޭނީ ފަސް ދުވަހުގެ މުއްދަތަކަށް!

މި ދުވަސްވަރު އާންމު ޒަރޫރީ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި މާލެއިން ރަށަކަށް ދާ މީހަކަށް އެންމެ ގިނަވެގެން ހުރެވޭނީ ފަސް ދުވަހުގެ މުއްދަތަކަށް ކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން ބުނެފިއެވެ.

އެޗްޕީއޭއިން މިފަދައިން ބުނެފައިވަނީ އެ އިދާރާއިން އާންމުކުރި ކޮވިޑް-19ގެ ހާލަތާއި ގުޅިގެން އާންމު ޚިދުމަތްތައް ފޯރުކޮށްދިނުމަށް އެއް ރަށުން އަނެއް ރަށަށް ދަތުރުކުރުމުގައި އަމަލުކުރަންވީ ގޮތުގެ އުސޫލުގައެވެ.

މި އުސޫލުގައި ބުނެފައިވާ ގޮތުގައި ކޭބަލް ޓީވީގެ ޚިދުމަތް، ބޭންކް، ޔުޓިލިޓީސް، ސިއްހީ ޚިދުމަތްދޭ ތަންތަނުގެ ކަންތައްތައް ބެލުމާއި ވަގުތީ ގޮތުން ޚިދުމަތް ދިނުން، މެއިންޓްނެންސް އަދި ރަށްރަށުގައި ހިންގާ ޕްރޮޖެކްޓްތަކާއި ގުޅިގެން ދަތުރުކުރަންޖެހޭ ފަރާތްތަކުގެ މައްޗަށް މި އުސޫލު ހިނގާނެއެވެ. މިފަދަ ބޭނުމަކަށް ދަތުރުކުރުމުގެ ކުރިން ފުލުހުންނާއި، އިމަރޖެންސީ އޮޕަރޭޝަންސް ސެންޓަރަށް އީމެއިލް ކުރަން ޖެހެއެވެ.

އާންމު ޚިދުމަތެއް ފޯރުކޮށްދޭން ކޮވިޑް-19ގެ ކޮމިއުނިޓީ ސްޕްރެޑެއް އޮތް ރަށަކުން އެހެން ރަށަކަށް ދަތުރުކުރާއިރު، މަސައްކަތް ހިންގާ މުއައްސަސާގެވެސް ޒިންމާތަކެއް ވެއެވެ. އެގޮތުން ހުއްދަ ހޯދުމާއި، މުވައްޒަފަކީ ކޮވިޑް-19 ގެ އަލާމާތެއް ހުރި، ފައްސިވެފައިވާ ނުވަތަ ކޮންޓެކްޓަކަށް ނުވާކަން ކަށަވަރުކުރުމާއި އަދި ބައްޔަށް ޓެސްޓްކޮށްފައިވާނަމަ ނަތީޖާ ނުލިބެނީސް އެ މުވައްޒަފު ޓީމްގައި ނުހިމެނުން ހިމެނެއެވެ.

މިފަދައިން ރަށަކަށް ގޮސްފައި ހުއްޓާ ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ އެޗްޕީއޭއަށް އަންގަންޖެހެއެވެ. އަދި ރަށްރަށަށް ދިއުމަށް ފަހުގައިވެސް ވީހާވެސް ބޮޑަކަށް ގައިދުރުކަން ތަންފީޒުކޮށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އެދިފައެވެ.

ފޮޓޯ: ރާއްޖެއެމްވީ

ކޮމެންޓް
ގުޅޭ ލިޔުންތައް
11 Oct 2026
ތާރީހެއް ނެތް، އެކަމަކު ހެލިކޮޕްޓަރު ހިދުމަތް ދެން ލަހެއް ނުވާނެ
ދެވަނަ ފަހަރަށް ހުޅުވާލުމުން ކުރިމަތިލީ ފަރާތްތަކާއެކު އެ ހިދުމަތް ފެށުމުގެ މަރުހަލާއަށް ދިއުމަށް ދެން ހޭދަވާނީ ދެ ހަފްތާއެއްހާ ދުވަސް ކަމުގައި ވިދާޅުވި އެވެ.
11 Oct 2026
ނުހެދި އޮތް 161 ރަށާއި ފަޅު؛ އުސޫލެއް ހަދައިފި، ރަށްތަކާއި ފަޅުތައް ނަގަނީ
ބައެއް ތަންތަނަކީ މީގެ 25 ނުވަތަ 20 އަހަރުވެފައިވާ ތަންތަން ކަމަށާ ބައެއް ތަންތަން ނުހެދި 10 އަހަރާއި 12 އަހަރުވެފައިވާ ކަމަށެވެ.
11 Oct 2026
ވިލިނގިލީގައި އެއާޕޯޓެއް އަޅައި 17 ރިސޯޓް ހަދަން ދިން އެއްބަސްވުން ބާތިލު، އެހެން ބަޔަކާއެކު ނޮވެންބަރުގައި ފަށަނީ
ޖުމްލަ 800 މިލިއަން ޑޮލަރު (12 ބިލިއަން ރުފިޔާ) ގެ މިމަޝްރޫޢު އަކީ ސަރުކާރުން ޚަރަދު ނުކޮށް އެ ކުންފުނިން އިންވެސްޓް ކޮށްގެން ހިންގާ ޕްރޮޖެކްޓެއް ކަމަށް އޭރު ސަރުކާރުން ބުންޏެވެ.
11 Oct 2026
ބަންގްލަދޭޝްގެ ވެކްސިން ޕްރޮކިއުމަންޓަށް ބަދަލު ގެނައީ ޔުނިސެފުން އިންޒާރު ދީފައިވަނިކޮށް
11 Oct 2026
އިންޑިގޯ ފްލައިޓެއްގައި ޕަވަރ ބޭންކެއްގައި ރޯވެ ކުއްލި ހާލަތުގައި ހައިދްރަބާދަށް ޖައްސައިފި
މި ހާދިސާ ހިނގާފައިވަނީ، މިއަދު ދިއްލީން ޗެންނާއިއަށް ދަތުރުކުރި އިންޑިގޯ ފްލައިޓެއްގައެވެ.
11 Oct 2026
ރިޔާދު އެއާޕޯޓަށް ދިން ހަމަލާގައި އުމްރާވެރިން ތަކެއް ޝަހީދުވި ކަމަށް ބުނާ ރިޕޯޓްތަކެއް
ހޫތީ ޖަމާއަތުން ދިން މި ހަމަލާގައި، ޝަހީދުވީ ފަރާތްތަކުގެ ތެރޭގައި ހަރަމްފުޅަށް ޒިޔާރަތްކުރި ފަރާތްތަކާއި އުމްރާގެ އަޅުކަން އަދާކުރި ފަރާތްތައް ހިމެނޭ ކަމަށް ހަރަމްފުޅާ ބެހޭ މައުލޫމާތު ހިއްސާ ކުރާ ނޫހެއް އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެއެވެ.
11 Oct 2026
ވަށަފަރު ކޮމެޓީގެ ރައީސާއި ތިން ރަށެއްގެ ކޮމެޓީއަށް މެންބަރުން ހޮވުން ނޮވެންބަރު 28 ގައި
ކޮމިޝަނުން ބުނީ ހއ. ވަށަފަރު އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ ރައީސްގެ މަގާމަށާއި ނ. ކުޑަފަރީ, ވ. ތިނަދޫ އަދި ސ. ހުޅުދޫއަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ މެންބަރު ކަމަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލާފައިވާ ކަމަށެވެ.
11 Oct 2026
ވ. ތިނަދޫ ކައުންސިލްގެ ރައީސް ކަމަށް ހުޅުވާލައިފި، އިންތިހާބު ނޮވެންބަރު 28 ގައި
އިލެކްޝަންސް ކޮމިޝަނުން ބުނީ އެ އިންތިހާބު އަންނަ ނޮވެންބަރު 28 ވާ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ.