ސޯޝަލް ސެންޓަރުގައި އައިސް ބާތު ފެސިލިޓީއެެއް ގާއިމްކޮށްފި

24 Jul 2020 | 13:14

ސޯޝަލް ސެންޓަރުގައި އައިސް ބާތު ފެސިލިޓީ ގާއިމްކޮށްފިއެވެ.

 މިކަން އިއުލާންކުރައްވަމުން މިނިސްޓަރ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް އަޙްމަދު މަޙްލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިއީ ވަރަށް ގިނަ އެތުލީޓުންގެ ދިގު އިންތިޒާރެއް ކަމަށާއި އެކަމަށް ނިމުމެއް ގެނެވުމަކީ ވަރަށް އުފާވާ ކަމެއް ކަމަށެވެ.

އަދި މިއީ އެތުލީޓުންގެ ރިކަވަރީއަށް ނެގުނު ވަރަށް ރަނގަޅު ފިޔަވަޅެއް ކަމަށްވެސް މިނިސްޓަރ މަޙްލޫފް ވަނީ ފާހަގަކުރައްވާފައެވެ.

އައިސް ބާތަކީ ދުނިޔޭގެ ގިނަ ގައުމުތަކުގައި ކުޅިވަރުގެ ހަރަކާތްތަކަށްފަހު ހަށިގަނޑުގެ ރިކަވަރީއަށް ކުރާ މުހިންމު ކަމެކެވެ. މިހާތަނަށް މިފަދަ ފެސިލިޓީއެއް ނެތުމުގެ ސަބަބުން ރިކަވަރީގެ ކަންތައްތައް ގިނަ އެތްލީޓުން ކުރަމުންދިޔައީ މޫދަށް ގޮސްގެން ނުވަތަ ގޭގައެވެ.

Advertisement

ކޮމެންޓް