01 Jul 2024
ސިހުރުގެ ތުހުމަތުކުރެވޭ ޝަމްނާޒްގެ ބަންދަށް އިތުރު 7 ދުވަސް
ރައީސުލްޖުމްހޫިރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ދެކަނބަލުންނަށް ސިހުރު ހެދި ކަމުގެ ތުހުމަތުގައި ހައްޔަރު ކުރެވުނު އެންވަޔަރަމަންޓުގެ ސްޓޭޓް މިނިސްޓަރު ފާތިމަތު ޝަމްނާޒް އަލީ ސަލީމްގެ ބަންދަށް ކްރިމިނަލް ކޯޓުން އިތުރު 7 ދުވަސް ޖަހައިފިއެވެ.
29 Jun 2024
ހައްޔަރުކުރި 11 އޮފިސަރަކު ޝަރީއަތް ނިމެންދެން ބަންދަށް
ޖަލުތަކުގައި ތިބޭ ގައިދީންނަށް ފޯނާއި ޑުރަގާއި އެ ނޫން ވެސް ތަކެތި ފޯރުކޮށްދޭ މައްސަލައިގައި ހައްޔަރުކުރި ކަރެކްޝަންސްގެ 11 އޮފިސަރަކު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފިއެވެ.
26 Jun 2024
ދޭވާނީއަކު ހޯދަން ކްރިމިނަލް ކޯޓުން އިއުލާންކޮށްފި
ޙައްދު ޖެހުމަށް ހުކުމް ކުރާ މީހުންގެ ޙައްދު ޖެހުމުގެ އެންމެހާ މަސައްކަތްތަކެއް ކޮށްދޭނެ ދޭވާނީއަކު ހޯދަން ކްރިމިނަލް ކޯޓުން އިއުލާންކޮށްފިއެވެ.
25 Jun 2024
މިސްކިތުން ވައްކަން ކުރުމުން ބަންދަށް ޖެހީ 15 ދުވަސް
ޢީދު މިސްކިތުން ވައްކަން ކުރި މައްސަލާގައި ހައްޔަރު ކުރި މީހާގެ ބަންދަށް 15 ދުވަސް ކްރިމިނަލް ކޯޓުން ޖަހައިފިއެވެ.
24 Jun 2024
100 ކިލޯ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހަކު އަނެއްކާވެސް ހައްޔަރަށް
2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހަކު މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި އަނެއްކާވެސް ހައްޔަރު ކޮށްފިއެވެ.
18 Jun 2024
ކެނެބިސް ޓްރެފިކް ކުރި މީހަކަށް 25 އަހަރުގެ ޖަލު ހުކުމެއް
މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ގިނަ އަދަދަކަށް ޓްރެފިކް ކުރި މީހަކަށް 25 އަހަރުގެ ޖަލު ހުކުމަކާއިއެކު އެއްލައްކަ ރުފިޔާގެ ޖޫރިމަނާ އެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.
12 Jun 2024
"ޖަޒީރާ" ޓެލެގްރާމް ޗެނަލް މައްސަލައިގައި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ފޮނުވައިފި
ތަފާތު ބޮޑެތި ކުށްތަކަކަށް އަރައިގަތުމަށް "ޖަޒީރާ" ނަމުގައި ހިންގަމުން ދިޔަ ޓެލެގްރާމް ޗެނަލްތަކުގެ މައްސަލައިގައި ފުލުހުން ހައްޔަރުކުރި ތިން މީހެއްގެ މައްޗަށް ދައުވާކުރަން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ހުށަހަޅައިފިއެވެ. ޕީޖީ އޮފީހުން ބުނީ ދައުވާތަކާ ގުޅިގެން އެ ތިން މީހުން ކުށްކޮށްގެން ހޯދާފައިވާ ކަމަށް ބެލެވޭ 9,495,685.55 ރުފިޔާ ދައުލަތަށް ނަގައިދިނުމަށްވެސް އެދިފައިވާނެ ކަމަށެވެ.
11 Jun 2024
ދެ ފުލުހަކަށް ހަމަލާ ދިން އަންހެނެއްގެ ބަންދަށް 10 ދުވަސް
ފުލުހުން ހާމަ ކުރި ގޮތުގައި، ދެ ފުލުހަކަށް ހަމަލާ ދީ މާރާމާރީ ހިންގުމުން، 45 އަހަރުގެ އަންހެނަކު ވަނީ ހައްޔަރުކޮށްފައެވެ. މި މައްސަލައާ މެދު ގޮތެއް ނިންމުމަށް ކޯޓަށް މައްސަލަ ހުށަހެޅުމުން، މިހާރު އެ އަންހެން މީހާގެ ބަންދަށް ވަނީ، ކްރިމިނަލް ކޯޓުން 10 ދުވަސް ޖަހާފައެވެ.