27 Dec 2023
އައްމަޓީގެ ޕާސްޕޯޓު ދޫކޮށްލުމަށް ކުރި އަމުރު އިސްތިއުނާފް ކުރަނީ
ސީލައިފް ގްލޯބަލްގެ ވެރިމީހާ އަހުމަދު މޫސާ މުހައްމަދު (އަންމަޓީ) ގެ ޕާސްޕޯޓު ވަގުތީ ގޮތުން ދޫކޮށްލުމަށް ހައި ކޯޓުން ކުރި އަމުރު އިސްތިއުނާފް ކުރުމަށް ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ސުޕްރީމް ކޯޓަށް ހުށައަޅައިފިއެވެ.
26 Dec 2023
އުސޫލާއި ޚިލާފުވުމުން ޔުނާން ބަންދުކޮށްދެން އެދިއްޖެ
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާކުރި ކަމުގެ ތުހުމަތުގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުއްޓާ ދޫކޮށްލި މުޙައްމަދު ޔުނާން އަލުން ހައްޔަރުކޮށްދިނުމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން އެދިއްޖެއެވެ.
24 Dec 2023
މަކަރާއި ހީލަތް ހެދުމުގެ މައްސަލައަކާއި ގުޅިގެން މީހަކު ހޯދަނީ!
ކްރިމިނަލް ކޯޓުން ހުށަހަޅައިފައިވާ މައްސަލައަކާއި ގުޅިގެން ހޯދަން އިޢްލާނުކޮށްފައިވަނީ ތ. ވިލުފުށި / ފީރޯޒްގެ، ޙަސަން ނިޒާރު (53އ) އެވެ.
20 Dec 2023
ލަމްހާ ބަންދު ދޫކުރުމަށް ނިންމި ނިންމުން ބާތިލު ކޮށްފި
ފިލިޕީންސް ނަރުސް މޭރީ ގްރޭސް މަރާލި މައްސަލައިގައި ޖަލު ބަންދުގައި ހުރި ހަލީމަތު ލަމްހާ ތިން މަސްދުވަހަށްވަގުތީ ގޮތުން ބަންދުން ދޫކޮށްލުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ނެރުނު އަމުރު ހައި ކޯޓުން މިއަދު ބާތިލު ކޮށްފިއެވެ.
17 Dec 2023
4 ލައްކަ ރުފިޔާގެ މުދާ ވަގަށް ނެގި މީހާ އަލުން ހައްޔަރަށް
ފޯނުން ކޯޓު އަމުރު ދެއްކުމަށް ފަހު އަމުރުގެ ކޮޕީއެއް ހަވާލު ނުކުރުމުގެ ސަބަަބުން ހައްޔަރުން ދޫކޮށްލަން ޖެހުނު މީހާ ވައްކަމުގެ ބޮޑު ތުހުމަތެއްގައި އަނެއްކާވެސް ހައްޔަރުކޮށްފިއެވެ.
12 Dec 2023
މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައިގައި ހައްޔަރުކުރި މީހަކު ދޫކޮށްލައިފި!
ކުރީގެ ރައީސް އިބްރާހިމީ މުޙައްމަދު ޞާލިޙްގެ މޮޓޯކޭޑަށް ހުރަސްއެޅި މައްސަލައެއްގައި ހައްޔަރުކުރި މީހަކު ބަންދުން ދޫކޮށްލައިފިއެވެ.
10 Dec 2023
ލަމްހާ ދޫކޮށްލި މައްސަލަ އަށް ވަކީލަކު ހޯދަން އެއް ދުވަސް
އައިޖީއެމްއެޗްގައި މަސައްކަތް ކުރި ފިލިޕީންސްގެ ނަރުހެއް ކަމަށްވާ މޭރީ ގްރޭސް ގެ މައްސަލައިގައި ޝާމިލް ވާ ދިވެހި ނަރުސް ހަލީމަތު ލަމްހާ ތިން މަސް ދުވަހަށް ގެއަށް ދޫކޮށްލި މައްސަލައިގައި ވަކީލަކު ހޯދުމަށް އޭނާ އަށް އެއްދުވަސް ދީފިއެވެ.
10 Dec 2023
ކްލާސާ ފިހާރަ ތެރޭގައި މީހަކު މަރާލި މައްސަލައިގައި ދެ މީހަކަށް ދައުވާކޮށްފި
މާފަންނު މުރަނގަ މަގުގައި ހުންނަ "ކްލާސާ" ފިހާރަ ތެރޭގައި މީހަކު މަރާލި މައްސަލައިގައި ދެ މީހަކަށް ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލް( ޕީޖީ) އޮފީހުން ކްރިމިނަލް ކޯޓަށް ފޮނުވައިފިއެވެ.