އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން--ފޮޓޯ: ސަން
ހަބަރު
19 Jan 2024 | 08:46
ކްރިމިނަލް ކޯޓުގެ އިމާރާތުގެ ހާލަތުގެ ސަބަބުން ޖިނާއީ ހުރިހާ މައްސަލަތައް ވަނީ ހުއްޓިފައި: އުއްތަމަ ފަނޑިޔާރު

ކްރިމިނަލް ކޯޓުގެ އިމާރާތް ހުރި ހާލަތުގެ ސަބަބުން ޖިނާއީ ހުރިހާ މައްސަލަތައް ވަނީ ހުއްޓިފައި ކަމަށް އުއްތަމަ ފަނޑިޔާރު އަހުމަދު މުއުތަސިމް އަދުނާނު މިރޭ ވިދާޅުވެއްޖެއެވެ.

އުއްތަމަ ފަނޑިޔާރު މިފަދައިން ވިދާޅުވީ ރޭ ބޭއްވި ޝަރުއީ ނިޒާމުގެ އާ އަހަރު ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

ފާއިތުވެ ދިޔަ އަހަރު ކްރިމިނަލް ކޯޓަށް 854 މައްސަލައެއް ހުށައެޅިފައިވާކަން ފާހަގަކުރައްވާ މުއުތަސިމް ވިދާޅުވީ އެ ކޯޓުގެ އިމާރާތް ބާވެ، މައްސަލަތައް ކުރިއަށް ގެންދަން ދަތިވުމުން މައްސަލަތައް އޮތީ ހުއްޓިފައިކަމަށެވެ.

"ފާއިތުވި އަހަރު ކްރިމިނަލް ކޯޓަށް 854 މައްސަލައެއް ހުށައެޅިފައިވޭ. ނަމަވެސް ހިތާމަ އާއި އެކު ފާހަގަ ކުރާ ކަމަކީ އެ ކޯޓް ހިންގަމުން އަންނަ އިމާރާތް ބާވެ މީހުން ހާޒިރުކޮށް މަސައްކަތް ކުރުމަށް އެކަށީގެންވާ އިމާރާތަކަށް ނުވާތީ."

އުއްތަމަ ފަނޑިޔާރު ވިދާޅުވިއެވެ.

މިކަމުގެ ސަބަބުން އޭގެ ނޭދެވޭ އަސަރު މުޖުތަމައުއަށް ކުރާނެ ކަމަށާއި މިހާރު ވެސް ކްރިމިނަލް ކޯޓުން ކޮންމެހެން ނެރެންޖެހޭ އިއުލާނުތައް ނެރި، މީހުން ހާޒިރުކޮށް، ފަނޑިޔާރުން އިށީންދެވަޑައިގަންނަވާނެ އަދި މުވައްޒަފުން ތިބޭނެ ތަނެއް ވެސް ނެތުމުގެ ސަބަބުން  ޖިނާއީ މައްސަލަތައް އޮތީ މާލޭގައި ހުއްޓިފައިކަމަށް ވެސް ވިދާޅުވިއެވެ.

ދާދި ފަހުން ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރައިގައި ކްރިމިނަލް ކޯޓުގެ އިމާރާތަށް ފެންވަދެ ސާވާއަށް ލިބުނު ގެއްލުން ތަކާއި އެކު އިންޓަނެޓްގެ ޚިދުމަތް މެދުކެނޑި، އިދާރީ ގޮތުން ކުރަން ހުރި ކޯޓުގެ އެއްވެސް މަސައްކަތް ނުކުރެވި އަދި އެދުވަހު ބާއްވަން ޝެޑިއުލްކޮށްފައިވާ ހުރިހާ ޝަރީއަތްތައް ވެސް ކްރިމިނަލް ކޯޓުން ވަނީ ކެންސަލް ކޮށްފައެވެ.

ކްރިމިނަލް ކޯޓު ހިންގާ އިމާރާތް ބާވެ، އިމާރާތް ބަދަލުކުރުމަށް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ޑިޕާޓްމެންޓު (ޑީޖޭއޭ)އިން ވަނީ ކްރިމިނަލް ކޯޓު ހިންގުމަށް އިމާރާތެއް ކުއްޔަށް ހޯދުމަށް ޓެންޑާކޮށްދިނުމަށް އެދި ޓެންޑާ ބޯޑަށް ވެސް މީގެ ކުރިން ފޮނުވާފައެވެ.

ކްރިމިނަލް ކޯޓު އެންމެ ފުރަތަމަ ހިންގީ ޖަސްޓިސް ބިލްޑިން ގައި ނަމަވެސް ތަނުގެ ޖާގައިގެ ދަތިކަން ބޮޑުވުމުން މިހާރު އެ ކޯޓު ހިންގަމުން އަންނަނީ ތީމުގެއާ ޖެހިގެން ހުންނަ އިމާރާތުގައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.