ޝަހީދު އާދަމް ބިލްޑިންގ، ފޮލިސް މައި އިދާރާ---ފޮޓޯ: ވޮއިސް
ހަބަރު
27 Jan 2024 | 10:10
މާލޭގައި ހަށިވިއްކަމުން ގެންދިޔަ ވިއެޓްނާމުގެ އަންހެނަކު ހައްޔަރުކޮށްފި

މާލޭގައި ހަށިވިއްކަމުން ގެންދިޔަ ވިއެޓްނާމް އަންހެނަކު ޖިންސީ އަމަލުކުރަން ބޭނުންކުރާ އާލަތްތަކާއި އެކު ހައްޔަރުކޮށްފިއެވެ.

އުމުރުން 34 އަހަރުގެ އެ އަންހެން މީހާ ހައްޔަރު ކުރިއިރު، އޭނާ ހުރި ކޮޓަރިން ޖިންސީ އަމަލު ހިންގުމަށް ބޭނުންކުރާ އާލާތްތަކުގެ އިތުރުން ގިނަ އަދަދެއްގެ ފައިސާވެސް ފެނިފައިވާ ކަމަށް ދިވެހި ފުލުހުން މަޢުލޫމާތު ދެއްވައެވެ.

މި މައްސަލަ އާއި ގުޅިގެން ފުލުހުން ބުނީ އޭނާ ހުރި ކޮޓަރި ބަލައި ފާސްކުރިއިރު ފެނިފައިވާ ޖިންސީ އަމަލުކުރަން ބޭނުންކުރާ އާލަތްތަކުގެ ތެރޭގައި ބޭނުންކޮށްފައިވާ ތަކެއްޗާއި އަދި ބޭނުންނުކުރާ ތަކެތި ވެސް ހިމޭކަމަށެވެ.

މި މައްސަލައިގައި ހިމެނޭ މީހާ ބަންދުގެ މުއްދަތު ޖެހުމަށް އިއްޔެ ވަނީ ކްރިމިނަލް ކޯޓަށް ގެންގޮސްފައެވެ. އަދި ކޯޓުން ވަނި އޭނަގެ ބަންދަށް ފަސް ދުވަސް އިތުކޮށްދީފައެވެ.

އޭނާ ވަނީ ހަށިވިއްކާ ކަމަށް އިއުތިރާފް ވެފައެވެ. އަދި އޭނާގެ އަތުން ފެނިފައިވާ ފައިސާއަކީ ހަށިވިއްކައިގެން ހޯދި ފައިސާ ކަމަށް ވެސް އެއްބަސްވެފައެވެ.

އޭނާގެ ބަންދު އަމުރުގައި ބުނެފައި ވަނީ، ބަންދަށް ކުރު މުއްދަތެއް ދިނީ ހައްޔަރުކުރި ފަހުން 24 ގަޑިއިރު ވާން ކައިރިވިއިރު ވެސް އޭނާއަށް ތަރުޖަމާނެއް ލިބިފައިނުވާކަމަށް ބުނެފައިވާތީ އޭނާގެ ބަންދުގެ މުއްދަތު މަޖިލިސް ތަރުޖަމާނަކާއި ނުލައި ކުރިއަށް ގެންދަން ޖެހުމުގެ ސަބަބުން ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.