ކްރިމިނަލް ކޯޓު-- ފޮޓޯ: ވޮއިސް
ހަބަރު
31 Dec 2023 | 15:32
ކެނެބިސް ޓްރެފިކް ކުރިކަން ސާބިތުވެ މީހަކު ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލައިފި

ކެނެބޮސް ޓްރެފިކް ކުރިކަން ސާބިތުވެ އެއް ލައްކަ ރުފިޔާއިން މީހަކު ޖޫރިމަނާކޮށް، އުުމުރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

މި މައްސަލައިގައި ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ދައުވާ އުފުލާފައި ވަނީ ލ.ގަން ތުނޑި، އަމްސާޕެލަސް ސައިފުالله ސައީދުގެ މައްޗަށެވެ.

ޕީޖީ އޮފީހުން ހުށައެޅި މައްސަލައިގައި ބުނެފައިވަނީ 20 މެއި 2017 ވަނަ ދުވަހު މ.ފެވަރިޓް ކޯނާ/ މާލެ މުޙައްމަދު ރާއިފް ޚާލިދު ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރި މައްސަލައަކާއި ގުޅިގެން ފުލުހުން ހިންގި ކޮންޓްރޯލް ޑެލިވަރީ އޮޕަރޭޝަނެއްގައި މަސްތުވާ ތަކެއްޗާ ހަވާލުވާން ދާ ފަރާތެެއް ހޯދުމަށް އެ ގެ ކައިރީ ހަރަކާތްތެރި ވަމުން ދަނިކޮށް މުޙައްމަދު ރާއިފް ޚާލިދު ގެ އަތުން ޕާރުސަލެއް ހިފައިގެން ސައިފުالله ދާން އުޅުނު ވަގުތު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް ބަލާ ފާސްކުރި އިރު ސައިފުالله ލައިގެން ހުރި ސޯޓުގެ ޖީބުން ފެނުނު ފިލްމު ހުސްކުރި ދަޅުން 19 ގްރާމް ކެނަބިސް ފެނިފައިވާކަމަށެވެ.

އެހެންކަމުން ޕީޖީ އޮފީހުން މި މައްސަލައިގައި ސައިފުالله ގެ މައްޗަށް ކެނަބިސް ޓްރެފިކް ކުރުމުގެ ދައުވާ ވަނީ އުފުލާފައެވެ.

އެހެންނަމަވެސް މި ދައުވާއަށް ސައިފުالله ވަނީ އިންކާރު ކޮށްފައެވެ. އޭނާ ބުނީ ކެނަބިސް ހުރި ދަޅު ފެނުނު ސޯޓަކީ އޭނާގެ ރައްޓެއްސެއްގެ ސޯޓު ކަމަށާއި އެ ސޯޓުގެ ޖީބު ތެރޭގައި އޮތް ސިނގިރޭޓު ފޮއްޓެއް ތެރޭގައި މަސްތުވާ ތަކެތި އަޅާފައި އޮތް ދަޅެއް އޮތް ކަމެއް އޭނާ އަށް ނޭނގެ ކަމަށެވެ.

އޭނާ މިހެން ބުނި ނަމަވެސް މި މައްސަލައިގައި ސައިފުالله ގެ ވަކީލުންގެ ޓީމުން މި ދައުވާ އާއި ދެކޮޅަށް އެއްވެސް ހެއްކެއް ހުށައަޅާފައި ނުވާކަމަށް ކްރިމިނަލް ކޯޓުގެ ނިންމުމުގައި ވެއެވެ.

އެހެންކަމުން ކްރިމިނަލް ކޯޓުން ސައިފުالله ގެ މައްޗަށް އިއްވި ހުކުމުގައި ބުނެފައި ވަނީ މި ދައުވާއަށް އޭނާ އިންކާރު ކުރި ނަމަވެސް މި މައްސަލައިގައި ހުށައެޅުނު ހުރިހާ ހެއްކާއި ޤަރީނާ ތަކުގެ އިތުރުން އެއީ މަސްތުވާ ތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ކަމަށް ސައިފުالله ވެސް އިންކާރު ކޮށްފައި ނުވާތީ  ފެނުނު ތަކެތީގެ އަސްލު ހިޒާޔަތު އޮތީ ސައިފުالله ގެ އަތުގައި ކަމާއި މެދު ޝައްކު އުފެދޭނެ ހާލަތެއް ނެތް ކަމަށެވެ.

މި ހުރިހާ ކަމަކަށް ރިއާޔަތްކޮށް ކްރިމިނަލް ކޯޓުން އޭނަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލުމަށް ވަނީ ހުކުމް ކޮށްފައެވެ.

ކެނަބިސް ޓްރެފިކް ކުރުމަކީ ގާނޫނީ ގޮތުން ބޮޑު ކުށެކެވެ. މި ކުށް ކުރިކަން ސާބިތު ވެއްޖެނަމަ ދިހަ މިލިއަން ރުފިޔާއިން ޖޫރިމަނާކުރުން ނުވަތަ އެއްލައްކަ ރުފިޔާއިން ޖޫރިމަނާކޮށް އުމުރަށް ޖަލަށް ލުމަށް ގާނޫނު ގައި ވަނީ ކަނޑައަޅާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.