ޕީޖީ ހުސައިން ޝަމީމް-- ފޮޓޯ: ރާއްޖެ އެމްވީ
ހަބަރު
04 Jan 2024 | 21:30
ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ނުހިނގާތީ ޕީޖީ ކަންބޮޑުވުން ފާޅުކޮށްފި

ކްރިމިނަލް ކޯޓުގެ ޝަރީޢަތްތައް ނުހިނގާތީ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) ކަންބޮޑުވުން ފާޅުކުރައްވައިފިއެވެ.

ޕީޖީ އޮފީހުން ބުނީ ދާދި ފަހުން މާލެއަށް ވެހުނު ބޯ ވާރޭގައި، ކްރިމިނަލް ކޯޓު ހިންގާ ޢިމާރާތަށް ފެނުގެ އަސަރުކޮށް، ޝަރީޢަތްތައް ނުހިންގޭ ވަރަށް ޢިމާރާތަށް ގެއްލުންވެފައިވާތީ، ޝަރީޢަތްތައް ހިންގުން މަޑުޖެހިފައިވާކަމީ ޕީޖީ ކަންބޮޑުވާކަމެއް ކަމަށެވެ.

 މިމައްސަލަ ޙައްލުކޮށް، ކޯޓުގެ މަސައްކަތް ބާރަށް ކުރިއަށް ގެންދެވޭނެ ވަޞީލަތްތައް ހަމަޖައްސައި ދިނުމަކީ ދައުލަތުގެ ކަމާބެހޭ އެންމެހައި އިދާރާތަކަށް ޤާނޫނުއަސާސީން މަތިކޮށްފައިވާ ޒިންމާއެއްކަމަށާއި އެޒިންމާ އަދާކޮށް، ކޯޓުގެ ވަޞީލަތްތައް ރަނގަޅު ކޮށްދިނުމަށް ޕީޖީ ވަނީ އިލްތިމާސް ކުރައްވާފައެވެ.

ކްރިމިނަލް ކޯޓުގެ އެހީތެރިކަން ލިބިގެން، ރަަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ޝަރީޢަތްތައް ހިންގަނީ ޢާންމު ގޮތެއްގައި ހަފްތާއަކު އެއް ދުވަހުކަމަށް ވާތީ ޕީޖީ ވިދާޅުވީ އެ ދުވަސް ފިޔަވައި، އެހެން ދުވަސްދުވަހު، ރަށްރަށުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ހުރި މައްސަލަތައް ކުރިއަށް ގެންދެވޭނޭ އިންތިޒާމު ހަމަޖެހިފައިހުރީތީ، އެމައްސަލަތައް ބާރަށް ހިންގުމަކީވެސް ޕީޖީ ގެ އެދުމެއް ކަމަށެވެ.

ކްރިމިނަލް ކޯޓުގެ ސީލިންގުން ފެންވަދެ ކޯޓުގެ ސާވާ އެއްކޮށް ހަލާކުވެެފައިވާތީ ބޭއްވުމަށް ހަމަޖެހިފައިވާ ހުރިހާ ޝަރީއަތެއް ވަނީ ކެންސަލް ކޮށްފައެވެ.

އިންޓަނެޓްގެ ޚިދުމަތް މެދުކެނޑި، ޝަރީއަތްތައް ކެންސަލް ކުރުމުގެ އިތުރުން، އިދާރީ ގޮތުން ކުރަން ހުރި ކޯޓުގެ މަސައްކަތްތައް ވެސް ވަނީ މެދުކެނޑިފައެވެ. އެހެންނަމަވެސް ބަންދުގެ މުއްދަތު ޖެހުމުގެ މަޖިލިސްތައް ބާއްވަމުންދާ ކަމަށް ކޯޓުން މައުލޫމާތުދެ އެވެ.

މީގެ ކުރިންވެސް ބޯކޮށް ވާރޭ ވެހޭ ދުވަސްތަކުގައި ކްރިމިނަލް ކޯޓުގެ ތެރެއަށް ފެންވަދެ، ސާވާ އަށް ގެއްލުން ލިބުމުގެ ސަބަބުން  ޝަރީއަތްތައް ކެންސަލްކޮށްފައިވާކަން ފާހަގަކޮށްލަން ޖެހެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.