އޭޖީ މިއަދު ކޯޓުތަކަސް ކުރެއްވި ޒިޔާރަތުގެ ތެރެއިން
ހަބަރު
08 Jan 2024 | 15:53
ކުރިމިނަލް ކޯޓްގެ ޝަރިޢަތްތައް އަވަހަށް ފެށޭނެގޮތް ހެދުމަށް މަސައްކަތް ކޮށްދޭނަށް: އުޝާމް

ކްރިމިނަލް ކޯޓުގެ ޢިމާރާތަށް ލިބިފައިވާ ގެއްލުމުގެ ސަބަބުން އެ ކޯޓުގެ ޝަރީޢަތްތައް ހިންގުން މަޑުޖެހިފައިވާތީ، އެކަމަށް އަވަސް ޙައްލެއް ހޯދުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ދައުލަތުގެ އެޓަރނީ ޖެނަރަލް އަޙްމަދު އުޝާމް ވިދާޅުވެއްޖެއެވެ.

އުޝާމް މިފަދައިން ވިދާޅުވެފައި ވަނީ މާލޭގެ ބައެއް ކޯޓު ޢިމާރާތްތަކުގެ ހާލަތު ބައްލަވައި ލެއްވުމަށް މިއަދު ކުރެއްވި ޒިޔާރަތުގައި ކުރިމަނަލް ކޯޓަށް ވަޑައިގެން ހުންނަވައެވެ.

ދައުލަތުގެ އެޓަރނީ ޖެނަރަލްގެ އޮފީހުން މަޢުލޫމާތު ދެއްވާފައިވާ ގޮތުގައި އޭޖީ އަޙްމަދު އުޝާމް މިއަދު ޒިޔާރަތް ކުރައްވާފައި ވަނީ ކްރިމިނަލް ކޯޓާއި ސިވިލް ކޯޓާއި ފެމިލީ ކޯޓުގެ އިމާރާތްތަކަށެވެ.

އޭޖީ އުޝާމް މިއަދު ކޯޓުތަކުގެ ހާލަތު ބައްލަވާލެއްވުމަށް މި ކުރެއްވި ޒިޔާރަތުގައި އުޝާމްގެ އަރިހުގައި ރައްޔިތުންގެ މަޖިލީހުގެ މެމްބަރު އަދި ޖޭއެސްސީގެ ރައީސް، ހިސާން ހުސެއިން އާއި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރު އައިޝަތު ރިޒްނާގެ އިތުރުން، މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ބޭފުޅުން ބައިވެރިވެ ވަޑައިގެންފައި ވެއެވެ.

ކުރިމިނަލް ކޯޓަށް ގެއްލުން ވެފައިވަނީ މިދިޔަ ހަފުތާގެ އާދިއްތަ ދުވަހު މާލެއަށް އާދަޔާ ޚިލާފަށް ވާރޭވެހި ފެން ބޮޑުވުމުގެ ސަބަބުންނެވެ. އެދުވަހު އެ ކޯޓުން ބުނެފައިވަނީ ވިއްސާރައިގެ ސަބަބުން ކޯޓުގެ އިންޓަނެޓުގެ ޚިދުމަތް ކެނޑި ޝަރީއަތްތައް ކުރިއަށް ގެންދިއުމަށް ހުރަސް އެޅިފައިވާ ކަމަށެވެ.

ކުރިމިނަލް ކޯޓުގެ ޝަރީއަތްތައް މަޑުޖައްސާލަން ޖެހުމާއި ގުޅިގެން ޕީޖީ ޝަމީމު ވެސް ވަނީ ކޮން ބޮޑުވުން ފާޅު ކުރައްވާފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.