ކްރިމިނަލް ކޯޓް
19 May 2024
ފުލުހުންނަށް ބިރުދެއްކި ތިން މީހުންގެ ބަންދަށް ހަތް ދުވަސް
ފުލުހުން ހާމަކުރެއްވި ގޮތުގައި ދެ ފުލުހަކަށް ވަޅިން ބިރުދެއްކި ތިން މީހުންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މިއަދު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންވެސް ހަތް ދުވަހުގެ މުއްދަތަކަށް ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވާ ކަމަށެވެ.
15 May 2024
އާޤިލްގެ މަރުގެ މައްސަލަ: ވިޝާމްގެ މައްޗަށް ދައުވާ ސާބިތެއް ނުވި
ގދ. ފަރެސްމާތޮޑާ، ފަރެސްއަވަށް، ކޮކާ، އިބްރާހީމް އާޤިލްއަށް ތޫނު އެއްޗަކުން ހަމަލާދީ މާރާމާރީ ހިންގުމުގެ ސަބަބުން އޭނާ ނިޔާވެފައިވާ މައްސަލާގައި ދައުވާ އުފުލާފައިވާ ހއ. ދިއްދޫ ސްނޯބާޑް އިބްރާހީމް ވިޝާމްގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް މިއަދު ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
15 May 2024
ދިވެއްސަކަށް ދިވެހި ބަހުން ވާހަކަ ދައްކަން ނޭނގޭތީ ތަރުޖަމާނަކު ހޯދަނީ
ކްރިމިނަލް ކޯޓުން ބަލަމުންދާ މައްސަލައެއްގެ ޝަރީއަތަށް ހާޒިރު ކުރި ދިވެއްސަކަށް ދިވެހި ބަހުން ވާހަކަދައްކަން ނޭނގޭ ކަމަށް ބުނުމުން އޭނާ އަށް ތަރުޖަމާނަކު ހަމަޖެއްސުމަށް ޝަރީއަތުން ފުރުސަތު ދީފިއެވެ.
14 May 2024
އަލްހާނާއި އޭނާގެ ދެ ކޮއްކޮގެ ޝަރީއަތް ފަށައިފި
ކިންގްސް ކެޕިޓަލްސް ހޯލްޑިންގްސް ކުންފުނިން ދިވެހިރާއްޖޭގެ ގާނޫނާ ހިލާފަށް ޕޮންޒީ ސްކީމެއް ހިންގި ކަމުގެ ތުހުމަތުގައި މަޖިލީހުގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ އާއި އޭނާގެ ދެ ކޮއްކޮ ކަމުގައިވާ މީޑިއާ ކައުންސިލުގެ ކުރީގެ ރައީސް ސަހުބާން ފަހުމީ އަދި ޝަޒުބާން ފަހުމީގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާގެ ޝަރީއަތް މިއަދު ފަށައިފިއެވެ.
05 May 2024
ޓިކްޓޮކްގައި އަންހެނަކަށް ވެގެން އުޅުނު މީހާގެ ބަންދަށް 15 ދުވަސް
މުހައްމަދު ނަބީލް (ޔާޔާ ނަބީލް) 15 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
01 May 2024
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު އެއް ލައްކަ ރުފިޔާ އިން ޖޫރިމަނާކޮށް 24 އަހަރަށް ޖަލަށްލާން ޙުކުމްކޮށްފި
މަސްތުވާތަކެތީގެ މައްސަލައެއްގައި މީހަކު 100،000 ރުފިޔާ އިން ޖޫރިމަނާކޮށް 24 އަހަރާއި 11 މަހާއި 13 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ޙުކުމް ކޮށްފިއެވެ. މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައިވަނީ ގދ. ފިޔޯރީ/ ގަދަކޯޅީމާގެ، އަހުޒަރު އަހުމަދެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މ. ސެސްނާ/ ފަސްވަނަ ފަންގިފިލާގެ އެޕާޓްމަންޓްގައި މަސްތުވާތަކެތި ރައްކާކޮށް ބޭނުންކޮށް ގެންގުޅެ އެ ތަކެތީގެ ވިޔަފާރިކުރާ ކަމަށް ފުލުހުންނަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2019 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ 8 ވަނަ ދުވަހު އެވެ.
29 Apr 2024
މަސްތުވާތަކެތި ޓްރެފިކްކުރި މީހަކަށް 11 އަހަރުގެ ޖަލު ހުކުމެއް!
މަސްތުވާތަކެތި ޓްރެފިކްކުރި ކަމުގެ ކުށް ސާބިތުވި މީހަކު 50,000 ރުފިޔާއިން ޖޫރިމަނާކޮށް, 11 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.
28 Apr 2024
މަސްތުވާތަކެއްޗާއެކު ހައްޔަރުކުރި އަންހެކާއި ފިރިހެނެއްގެ މުއްދަތު ޖަހައިފި
މަސްތުވާތެކި ބޭނުންކޮށް ގެންގުޅެ ވިޔަފާރިކުރިކަމުގެ ތުހުމަތުގައި ހައްޔަރު ކުރި އަންހެނަކާއި ފިރިހެނެއްގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.