ކްރިމިނަލް ކޯޓު--
ހަބަރު
26 Jun 2024 | 17:27
ދޭވާނީއަކު ހޯދަން ކްރިމިނަލް ކޯޓުން އިއުލާންކޮށްފި

ޙައްދު ޖެހުމަށް ހުކުމް ކުރާ މީހުންގެ ޙައްދު ޖެހުމުގެ އެންމެހާ މަސައްކަތްތަކެއް ކޮށްދޭނެ ދޭވާނީއަކު ހޯދަން ކްރިމިނަލް ކޯޓުން އިއުލާންކޮށްފިއެވެ.

ކްރިމިނަލް ކޯޓުން ކުރި މި އިއުލާނުގައި ބުނީ، ދޭވާނީގެ ޒިންމާއަކީ ޙައްދު ޖެހުމަށް ސެކްޝަނުން ޙަވާލުކުރާ މީހުންގެ ޙައްދު ޖެހުމުގެ އެންމެހާ މަސައްކަތްކުރުމާއިއެކު، ކޯޓަށް ޙާޟިރުވުމުގެ އަމުރު ބަހައި، މެޖިސްޓްރޭޓް ކޯޓުތަކުގެ ހެކިބަސް ނެގުމުގެ މަސައްކަތުގައި ސެކްޝަނަށް އެހީތެރިވެދިނުން ކަމަށެވެ.

މަގާމުގެ ޝަރުތުތަކުގެ ތެރޭގައި ލިޔަންކިޔަން ދަންނަ މީހަކަށްވުން ހިމެނޭއިރު، ކްރިމިނަލް ކޯޓުން ބުނީ، މި ވަޒީފާއަށް ކުރިމަތިލާ މީހާއަށް 18 އަހަރު ފުރިފައިވުމާއިއެކު، ވަޒީފާއަށް އައްޔަންކުރެވޭ ކޯޓުގެ މުވައްޒަފެއްގެ ގާތްތިމާގެ މީހަކު ކަމުގައި ވެގެންނުވާނެ ކަމަށާއި، ކޯޓުގައި ޓާމް ޑިއުޓީ ކުރެވޭ، އޮފީހުގެ މަސައްކަތުގައި ގިނަވަގުތު ހޭދަކުރެވޭނެ ފަރާތެއް ކަމުގައިވާންވާނެ ކަމަށެވެ.

ދޭވާނީގެ މުސާރައިގެ ގޮތުގައި 3,100 ރުފިޔާ ލިބޭއިރު، އޭގެ އިތުރުން، ޖުޑީޝަލް އެލެވަންސް އާއި، ސަރވިސް އެލަވަންސް އަދި ލިވިން އެލަވަންސާއި އެކު ޖުމްލަ 8040 ރުފިޔާ ލިބޭނެއެވެ. މީގެ އިތުރުންވެސް ކަނޑައެޅިފައިވާ އުޞޫލުން އިތުރު ގަޑީގެ ފައިސާ އާއި ދިވެހިރާއްޖޭގެ ޕެންޝަނާ ބެހޭ ޤާނޫނުގެ ދަށުން ލިބިދެވޭ ޕެންޝަން ފައިސާވެސް ހިމެނޭ ކަމަށް ކްރިމިނަލް ކޯޓުގެ އިއުލާނުގައި ވެއެވެ.

ކްރިމިނަލް ކޯޓުން ބުނީ ކްރިމިނަލް ކޯޓުގެ ވެބްސައިޓުން، ކޯޓުގެ ކައުންޓަރުން އަދި http://criminalcourt.gov.mv/?page_id=75 މެދުވެރިކޮށް ފޯމް ލިބެން ހުންނާނެ ކަމަށާއި، ފޯމާއި، މަޤާމަށް އެދި ހުށަހަޅަންޖެހޭ ތަކެތި ހުށަހަޅާނީ 03 ޖުލައި 2024 ގެ 11:00 ގެ ކުރިން ކްރިމިނަލް ކޯޓަށް ކަމަށާއި، ވަޒީފާއަށް އެދޭ ފޯމާއި ލިޔުންތައް އީ-މެއިލް [email protected] މެދުވެރިކޮށް ވެސް ބަލައިގަނެވޭނެ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.