ކްރިމިނަލް ކޯޓު--
ހަބަރު
18 Jun 2024 | 17:05
ކެނެބިސް ޓްރެފިކް ކުރި މީހަކަށް 25 އަހަރުގެ ޖަލު ހުކުމަކާއިއެކު އެއްލައްކަ ރުފިޔާގެ ޖޫރިމަނާ އެއް

މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކެނެބިސް ގިނަ އަދަދަކަށް ޓްރެފިކް ކުރި މީހަކަށް 25 އަހަރުގެ ޖަލު ހުކުމަކާއިއެކު އެއްލައްކަ ރުފިޔާގެ ޖޫރިމަނާ އެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

ކްރިމިނަލް ކޯޓުން މި ހުކުމް އިއްވާފައިވަނީ މުޙައްމަދު ލަމްޢާން ޞަބާޙް، މ.އިރާކުމާގެ، މާލެ މައްޗަށެވެ.

ކޯޓުން އިއްވި ހުކުމްގައި ބުނީ، 2023 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 31 ވަނަ ދުވަހުގެ 21:14 ހާއިރު ކޯޓް އަމުރެއްގެ ދަށުން ފުލުހުން ލަމްޢާން ހައްޔަރުކޮށް، އޭނާ ދިރިއުޅޭ ހ.ދިއްގާމާގޭގެ ތިން ވަނަ ފަންގިފިލާ ބަލާ ފާސްކުރި ކަމަށެވެ.

ހަމައެއާއިއެކު، އޭނާ ދިރިއުޅޭ ކޮޓަރީގައި މަސްތުވާތަކެތި ހުންނާނެތޯ ސުވާލުކުރުމުން މަސްތުވާތަކެތި ހުންނާނެ ކަމަށް އެއްބަސްވި ކަމަށާއި، އޭނާ އިޝާރާތްކުރި ކަބަޑުގެ ތެރެއިން 6 ރަބަރު ކޮތަޅު އޮތް ކަމަށާއި، އެއިން ކޮންމެ ކޮތަޅެއްގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 15 ސެލޯފިން ކޮޅު އޮތް ކަމަށެވެ. 

ޖުމްލަ 90 ސެލޯފިން ކޮޅުގައި 52.0300 ގްރާމްގެ ކެނެބިސް ހުރިކަމަށް މަސްތުވާތަކެތި ތަހުލީލު ތަކުން ދެއްކި ކަމަށާއި، އޭގެ އިތުރުންވެސް ފެނުނު އެ ކޮތަޅުގެ ތެރެއިން ފެނުނު ސިޓީ އުރައެއްގެ ތެރެއިން 9 ރަބަރު ޕެކެޓް ފެނުނު ކަމަށާއި، މިއިން ކޮންމެ ޕެކެޓެއްގައ މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ 25 ސެލޯފިން ކޮޅު އޮތް ކަމަށާއި، ޖުމްލަ 225 ސެލޯފިންކޮޅުގައި 138.6250 ގްރާމް ކެނެބިސް ހުރިކަމަށެވެ.

ހަމައެއާއިއެކު، އެ ކޮތަޅުން 4 ރަބަރު ޕެކެޓު ފެނުނު ކަމަށާއި، މިއިން ކޮންމެ ޕެކެޓެއްގައި މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ 15 ސެލޯފިން ކޮޅު އޮތް އިރު، ޖުމްލަ 60 ސެލޯފިންކޮޅުގައި 30.1200 ގްރާމް ކެނެބިސް ހުރި ކަމަށެވެ.

އެއާއިއެކު، އޭނާގެ މައްޗަށް ކުރި ދައުވާއަށް އޭނާ އިންކާރުކުރިއިރު، އެއީ އޭނާގެ ބޭބެއާއި ބޭބެގެ އަންހެނުން ބެހެއްޓި އެއްޗެހި ކަމަށްވަނީ ބުނެފައެވެ.

އެހެންނަމަވެސް، އޭނާގެ މައްޗަށް ދައުވާ ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ އޭނާގެ މައްޗަށް 25 އަހަރުގެ ޖަލު ހުކުމެއް ކަނޑައެޅުމުގެ އިތުރުން 1 ލައްކަ ރުފިޔާ އަށް ޖޫރިމަނާކޮށްފައެވެ. އަދި ޖޫރިމަނާއަށް ވާ ފައިސާ 13 މަސްދުވަހުގެ ތެރޭގައި ދެއްކުމަށް  ލަމްޢާން ގެ މައްޗަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.