ވީއައިއޭގައި މާރާމާރީ ހިންގި އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހަޑަޑް ވިސާމް--
ހަބަރު
30 May 2024 | 16:39
ވީއައިއޭގައި މާރާމާރީ ހިންގި ބިދޭސީ މީހާގެ މައްޗަށް 10،800 ރުފިޔާގެ ޖޫރިމަނާއެއް

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި މިމަހުގެ 7 ވަނަ ދުވަހު މާރާމާރީ ހިންގި ބިދޭސީ މީހާގެ މައްޗަށް 10،800 ރުފިޔާގެ ޖޫރިމަނާއެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

އެމެރިކާގެ ރައްޔިތެއް ކަމަށްވާ ހަޑަޑް ވިސާމް އެއާޕޯޓުގައި މާރާމާރީ ހިންގީ  އޭނާ ފުރަން ގޮސް ހުއްޓާ ލަގެޖް ބަރުވެ އެޔަށް އިތުރަށް ފައިސާ ދެއްކުމަށް ބުނުމުންނެވެ.

މިކަމާއި ގުޅިގެން ދައުލަތުން ވަނީ އޭނާގެ މައްޗަށް ދެ ދައުވާއެއް އުފުލާފައެވެ. އެއީ އަނިޔާއެއް ދިނުމުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ދައުވާއެވެ.

މިގޮތުން އަނިޔާއެއް ދިންކަމަށް ވިސާމްގެ މައްޗަށް ދައުލަތުން އުފުލި ދައުވާގައިވާގޮތުން، އޭނާ ވަނީ އެއްތިހާދު އެއާވޭސްގެ އެއާޕޯޓު މެނޭޖަރު ކަރުގައި ހިފައި، ކޮޅުފައިން މެނޭޖަރުގެ ފައިގެ އެކިތަންތާގައި ޖަހައި، ވާތު ކަންފަތްމަތީގައި ޖަހާފައިކަމަށެވެ. އެއާއިއެކު، މެނޭޖަރަށް ބޮޑެތި އަނިޔާތަކެއް ވެފައިވާކަން ދައުލަތުގެ ވަކީލު ފާހަގަކުރެއްވިއެވެ.

ދައުވާގައިވާ ކަންކަމަށް ވިސާމް އިއުތިރާފްވިއިރު، ވިސާމް އެދުނުފަދައިން ކްރިމިނަލް ކޯޓުން ވަނީ އޭނާގެ "އިއުތިރާފްގެ އެއްބަސްވުން" ބަލައިގެންފައެވެ. އަދި ވިސާމްގެ މައްޗަށް ދައުވާ ސާބިތުވާކަމަށް ނިންމައި، ކްރިމިނަލް ކޯޓުން ވަނީ އޭނާ 7200 ރުފިޔާއިން ޖޫރިމަނާކޮށް، މިފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމްކޮށްފައެވެ.

ހަމައެއާއިއެކު، އެއްތިހާދު އެއާވޭސްގެ ޑިއުޓީ ސުޕަވައިޒަރު ގައިގައި ޖަހާފައިވާތީ، އޭނަގެ މައްޗަށް އުފުލި ގައިގައި އަތްލުމުގެ ދައުވާ އަށް ވެސް ވިސާމް ވަނީ އިއުތިރާފްވެފައެވެ. އެއާއިއެކު އޭނާގެ "އިއުތިރާފްގެ އެއްބަސްވުން" ޝަރީއަތުން ވަނީ ބަލައިގަނެފައެވެ.

މި ދައުވާ ވިސާމް ގެ މައްޗަށް ސާބިތުވެ، ކްރިމިނަލް ކޯޓުން ވަނީ އޭނާ 3600 ރުފިޔާއިން ޖޫރިމަނާކޮށް، މި ފައިސާ 30 ދުވަހުގެ ތެރޭގައި ދެއްކުމަށް ހުކުމްކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.