މިރުޒާ މަރާލިކަން ސާބިތުވި ނަޡީފް--
ހަބަރު
01 Jun 2024 | 13:30
މިރުޒާ މަރާލިކަން ސާބިތުވި ނަޡީފުގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް، ތަންފީޒުކުރަން ޖެހެނީ 4 އަހަރު

މީގެ 13 އަހަރު ކުރިން، ވިލިމާލޭ ޕާކްތެރޭގައި ނ. މާޅެންދޫ ވައިޓް ހައުސް އަހުމަދު މިރުޒާ މަރާލި މައްސަލަ ސާބިތުވި ފުވައްމުލައް ސިޓީ, ޒާވިއާ، އަބްދުﷲ ނަޡީފުގެ މައްޗަށް 17 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްވައިފިއެވެ.

ކްރިމިނަލް ކޯޓުން މިފަދައިން ހުކުމްކޮށްފައިވަނީ ނަޡީފްގެ މައްޗަށް މަރުގެ ހުކުމް އިއްވާފައިވަނިކޮށް، މިރުޒާގެ ވާރިސުން އޭނާ އަށް މައާފު ދިނުމާއި ގުޅިގެން މަރުގެ އަދަބުގެ ބަދަލުގައެވެ.

މިމައްސަލައިގައި ނަޡީފްގެ މައްޗަށް އަދަބެއްގެ ގޮތުގައި 17 އަހަރާއި 6 މަހުގެ މުއްދަތަކަށް ޖަލަށް ލުމަށް ކޯޓުން ހުކުމް ކުރިއެވެ. އެހެންނަމަވެސް، 2011 ވަނަ އަހަރުގެ އޭޕްރިލް މަހުގެ 13 ވަނަ ދުވަހުން ފެށިގެން ނަޡީފް ބަންދުކޮށްފައިވާތީ، އޭނާ ޖަލުގައި ހޭދަކުރި މުއްދަތު އަދަބުން އުނިކުރުމަށްފަހު ކްރިމިނަލް ކޯޓުން ވަނީ އޭނާ 4 އަހަރާއި 5 މަހާއި 14 ދުވަހަށް ޖަލަށް ލުމަށް ހުކުމްކޮށްފައެވެ.

ހަމައެއާއިއެކު، މިރުޒާ މަރާލި މައްސަލަ ސާބިތުވުމާއި ގުޅިގެން، ކޯޓުން ވަނީ މަރުގެ ކައްފާރާއެއްގެ ގޮތުން ހިޖުރީ ގޮތުން 2 މަސްދުވަހު ރޯދަ ހިފުމަށް ވެސް އަމުރުކޮށްފައެވެ.

ކްރިމިނަލް ކޯޓުން އިތުރަށް ބުނީ، މިރުޒާގެ ގާތިލުންނަށް މައާފުދީފައިވާ ކަމަށާއި، މަރުގެ ދިޔަ ވެސް ބޭނުންނުވާ ކަމަށް މިރުޒާގެ ބައްޕަ ބުނެފައިވާކަމަށެވެ. އަދި މިރުޒާގެ ވާރިސުންގެ ތެރެއިން އޭނާގެ މަންމަ ނިޔާވެފައިވާތީ، އޭނާގެ މަންމަގެ ވާރިސުން ގެ ބަހާއިއެކު، މަރުގެ ދިޔައިގެ މައްސަލަ ވަކި މައްސަލައެއްގެ ގޮތުގައި ދަށު ކޯޓަށް ހުށަހެޅުމުގެ ފުރުސަތު މިރުޒާގެ ބައްޕަ ފިޔަވާ އޭނާގެ މަންމަގެ ވާރިސުންނަށް އެބަ އޮތް ކަމަށެވެ.

މި މައްސަލަ އާއި ގުޅިގެން ދެން ދައުވާ ސާބިތުވި ވ. ފަޒީލާމަންޒިލް, މުހައްމަދު ޝިފާއުއަށް ވެސް މިރުޒާގެ އާއިލާއިން މައާފު ދިން އިރު، ހައި ކޯޓުން ވަނީ ޝިފާއުގެ އަދަބަކަށް 17 އަހަރުގެ ޖަލު ހުކުމެއް ކަނޑައަޅައިފަ އެވެ.

 މިރުޒާއަށް ލަކުނޑިބުރިންނާއި ދަގަނޑު ހޮޅިތަކަކުން ހަމަލާދިނީ 2011 އޭޕްރީލް މަހުގެ 11 ވަނަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ޕާކު ތެރޭގައިއެވެ. މިރުޒާ ނިޔާވީ އައިޖީއެމްއެޗްގެ ވެންޓިލޭޓަރުގައި ފަަރުވާދެމުން ދަނިކޮށް 2011 ވަނަ އަހަރުގެ އޭޕްރީލް 14 ވަނަ ދުވަހުއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.