ކްރިމިނަލް ކޯޓު--
ހަބަރު
24 Jun 2024 | 15:06
100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހަކު މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި ހައްޔަރަށް

2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި ހައްޔަރު ކުރި މީހަކު މަސްތުވާތަކެތީގެ އެހެން މައްސަލައެއްގައި އަނެއްކާވެސް ހައްޔަރު ކޮށްފިއެވެ.

މިގޮތުން މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށްޓަކައި އެއް ރަށުން އަނެއް ރަށަށް މަސްތުވާތަކެތި ގެންދިއުމުގެ ތުހުމަތުގައި، ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކްރިމިނަލް ކޯޓުން އަމުރުކޮށްފައިވަނީ ދ.ބަނޑިދޫ/ޕޮލަރިސް އުމުރުން 64 އަހަރުގެ މުޙައްމަދު ޙުސައިން ގެ މައްޗަށެވެ.

މުޙައްމަދު ޙުސައިންގެ މައްޗަށް މަސްތުވާތަކެތި ބޭނުންކޮށް, ގެންގުޅެ, އެ ތަކެތީގެ ވިޔަފާރިކުރާކަމުގެ ތުހުމަތު ކޮށްފައިވާއިރު، ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން އެކޯޓުން ވަނީ ޝަރީއަތް ނިމެންދެން އޭނާ ބަންދުކުރުމަށް އަމުރު ކޮށްފައެވެ.

ކޯޓު އަމުރުގައި އޭނާގެ ހަގީގީ ހިޒާޔަތުން ޓްރެފިކިންގ މިންގަނޑަށް އަރާވަރަށް މަސްތުވާތަކެތި ފެނިފައިވާ ކަމަށާއި މަސްތުވާތަކެތީގެ ވިޔަފާރިކުރުމަށްޓަކައި އެއް ރަށުން އަނެއް ރަށަށް މަސްތުވާތަކެތި ގެންދިއުމުގެ ތުހުމަތު އޭނާގެ މައްޗަށް ކުރެވޭ ކަމަށް ފުލުހުން ހުށަހެޅި ހެކިތަކަށް ހަވާލީ ވަނީ ބުނެފައެވެ.

އދ.ބޮޑުކާށިހުރާ ކިޔާ ފަޅު ރަށެއްގައި ފޮރުވާފައި ހުއްޓާ 2021 ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 13 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތް 100 ކިލޯގެ މަސްތުވާތަކެތީގެ މައްސަލައިގައި މުޙައްމަދު ޙުސައިން އާއިއެކު 10 މީހުން ހައްޔަރުކޮށް, އެމީހުންގެ މައްޗަށް ދައުވާ ކުރިއެވެ.

ކޮމެންޓް
އިއްބެ
މިވިޔަފާރިއަށްމަރުގެޤާނޫނެއްހަދާކަށްނުވޭތަ
24 Jun 2024
ގުޅޭ ލިޔުންތައް
02 Jul 2026
ނޭވާ ހިފަހައްޓާލަން ޖެހުނު 75 މިނެޓަށްފަހު، އިނގިރޭސިން ގަދަ 16 އަށް
ވަރލްޑްކަޕް ގަދަ 16 ގައި އިނގިރޭސިން ނިކުންނާނީ މުބާރާތް ބާއްވާ އެއް ޤައުމުކަމަށްވާ މެކްސިކޯއާ ދެކޮޅަށެވެ. މިމެޗް ކުޅޭނީވެސް މެކްސިކޯ ސިޓީގައެވެ
02 Jul 2026
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ އެއްކޮށް އަނދައިފި؛ ފަސް މީހަކަށް ފަރުވާދެނީ
ހުޅުމާލޭ އެޕާޓްމަންޓެއްގައި ރޯވެ ދިރިނުއުޅެވޭ ވަރަށް އަނދައިފިއެވެ. މި ހާދިސާއާ ގުޅިގެން 5 މީހަކަށް ފަރުވާދެމުންދާއިރު އެކެއްގެ އަތާއި ފައިގެ 12 އިންސައްތަ ވަނީ ފިހިފައެވެ.
01 Jul 2026
އީސީގެ ރައީސްގެ މަގާމަށް ޝަކީލް އައްޔަންކޮށްފި
އިލެކްޝަންސް ކޮމިޝަނުން ބުނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު, އިލެކްޝަންސް ކޮމިޝަންގެ ރައީސްކަމަށް މުޙައްމަދު ޝަކީލް އައްޔަނުކުރައްވާފައިވާ ކަމަށެވެ.
01 Jul 2026
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި
އޮޔާދިޔަ ޗައިނާ ފަތުރުވެރިއަކު ސަލާމަތް ކޮށްފި އެވެ.
01 Jul 2026
ބީއެމްއެލް އެމެކްސް ކާޑުން ވިޔަފާރިކޮށްގެން ފޯމިއުލާ 1 ބަލާލަންދިއުމުގެ ފުރުސަތު
މި ޕްރޮމޯޝަން ކުރިއަށްދާނީ މިހިނގާ ޖުލައިމަހުގެ ނިޔަލަށް
01 Jul 2026
އެންސްޕާގެ އައްޑޫ އޮފީހުގައި ކޯލް ސެންޓަރެއް ގާއިމުކޮށް ހިދުމަތް ފަށައިފި
އެންސްޕާ އައްޑޫ އޮފީހުގައި ކޯލް ސެންޓަރުގެ ހިދުމަތް ފެށުމާއެކު އައްޑޫގައި އެންސްޕާ އިން ހިދުމަތް ދެމުންދާ ގަޑިތައް ވަނީ އިތުރުކޮށްފަ އެވެ.
01 Jul 2026
މޭރީގެ މަރުގެ މައްސަލަ: ހަލީމަތު ލަމްހާ 15 އަހަރަށް ޖަލަށް
ހަލީމަތުގެ މައްޗަށް އުފުލި ދައުވާތައް ވެސް ސާބިތުވާ ކަމަށް ކަނޑައެޅި އެވެ. އޭނާއޭނާގެ މައްޗަށް އައީ 15 އަހަރުގެ ޖަލު ހުކުމެކެވެ.
01 Jul 2026
ދިރާގަށް އައު ސީއީއޯއަކަށް ވަލްޑެމާރ ފެރަޑާޒް
40 އަހަރުގެ ޚިދުމަތަށްފަހު އިސްމާޢީލް ރަޝީދު ރިޓަޔާވުމާ ގުޅިގެން ސައުތު އެފްރިކާގެ ވަލްޑެމާރ ފެރަޑާޒް ދިރާގުގެ ސީއީއޯ ޑެޒިގްނޭޓްގެ ގޮތުގައި ޖުލައި މަހު ކުންފުންޏާ ގުޅިވަޑައިގަންނަވަން ނިންމައިފި