ކްރިމިނަލް ކޯޓު--
ހަބަރު
06 Jun 2024 | 16:04
މީހުން ރަހީނުކުރުމަށް ފަހު، ބިރު ދައްކައި ފައިސާ ފޭރޭ މައްސަލައެއްގައި ދެމަފިރިއަކު ބަންދުކޮށްފި

މީހުން ރަހީނުކުރުމަށް ފަހު ބަރަހަނާކޮށް އޮރިޔާން ކާޑު އުފައްދައިގެން، ބިރު ދައްކައި ފައިސާ ފޭރޭ ކަމުގެ ތުހުމަތުގައި ދެމަފިރިއަކު ބަންދުކޮށްފިއެވެ.

 މެއި މަހުގެ 26 ވަނަ ދުވަހު މި ދެމީހުން ހައްޔަރު ކުރި އިރު، އޭރު މި ދެމީހުންގެ ތެރެއިން ފިރިހެންމީހާގެ ބަންދަށް 15 ދުވަސް އަދި އަންހެންމީހާގެ ބަންދަށް 10 ދުވަސް ވަނީ ޖަހާފައެވެ.

އޭގެ ފަހުން ކްރިމިނަލް ކޯޓުން އިއްޔެ ވަނީ އަންހެން މީހާގެ ބަންދުގެ މުއްދަތު އިތުރު 15 ދުވަހަށް އިތުރުކޮށްފައެވެ.

މި ދެމަފިރިންގެ މައްޗަށް ކުރާ ތުހުމަތުތަކަކީ ބިރު ދެއްކުން، ހުއްދަ ނޫން ގޮތެއްގައި މީހަކު ހިފެހެއްޓުން، އޮރިޔާން ކާޑު އުފެއްދުން، އަދި ފޭރުމެވެ.

މި މައްސަލައާއި ގުޅިގެން ނެރުނު ކޯޓް އަމުރުގައިވާގޮތުން މާލޭގެ ހެންވޭރުގައި ހުންނަ ގެއެއްގައި ދިރިއުޅޭ އަންހެން މީހާއަކީ 39 އަހަރުގެ އަންހެނެކެވެ. އަދި ފިރިހެން މީހާއަކީ 40 އަހަރުގެ މީހެކެވެ.

ކްރިމިނަލް ކޯޓުން ބުނީ، ބަންދުގައި ބެހެއްޓުމަށް އަމުރުކުރީ ބަންދުން ދޫކޮށްލައިފިނަމަ މައްސަލައިގައި ލިބެންހުރި ހެކިތަކަށް ބާރު ފޯރުވައި ނުފޫޒު ފޯރުވުމުގެ އިހުތިމާލު އޮތްކަމަށް ބެލެވޭތީ ކަމަށެވެ.

ފަހަކަށް އައިސް މީހުންނަށް އޮޅުވާލައިގެންނާއި އެކި ގޮތްގޮތުން ފޭރޭ މައްސަލަތައް ފެންމަތި ވެފައިވާއިރު، މި މަހުގެ 4 ވަނަ ދުވަހު ވެސް މި ފަދަ މައްސަލައެއްގައި ހުޅުމާލެ ދެވަނަ ފިޔަވަހިން ވަނީ ބަޔަކު ހައްޔަރުކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.