13 Jul 2023
ފުއްގިރި ޚިޔާނާތް ހިންގިކަމެއް ކުރީގެ ވެރިންނަކަށް ނޭނގޭނެ: އިބްރާހިމް ރަޝީދު
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގެ ތެރެއިން ޓުއަރިޒަމް މިނިސްޓްރީ މެދުވެރިކޮށް ޚިޔާނާތް ހިންގިކަމެއް އޭރުވެ ވެރިންނަށް އެނގިނުލައްވާނެ ކަމަށް އެ މައްސަލައިގައި ދައުލަތުގެ ފަރާތުން ހެކިބަސް ދެއްވަމުން މަޖިލީހުގެ މާދަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑާ) ވިދާޅުވެއްޖެ އެވެ.
11 Jul 2023
އަނބި މީހާއަށް އަނިޔާ ކުރުމުން 23،700؛ ވެލާ ފެޅުމުން 198،000 ގެ ޖޫރިމަނާއެއް!
އަނބިމީހާއަށް ގެވެށި އަނިޔާ ކުރި މީހަކު ޖުމްލަ 23،700 ރުފިޔާ އިން ޖޫރިމަނާ ކުރުމަށް ކަނޑައަޅާފައިވާއިރު ވެލާ ފެޅުމުގައި ބައިވެރިވި 7 މީހުންގެ ތެރެއިން ކޮންމެ މީހެއްގެ މައްޗަށް 198،000 ރުފިޔާ އިން ވަނީ ޖޫރިމަނާ ކޮށްފައެވެ.
09 Jul 2023
މިއަދުވެސް ރައީސް ޔާމީންގެ ފުއްގިރި ޝަރީއަތް ކެންސަލް
ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ އުފުލާފައިވާ ދައުވާތަކާއި ގުޅިގެން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ވެސް ކެންސަލް ކޮށްލައިފި އެވެ.
08 Jul 2023
ކުޑަކުއްޖާ ކުރިމަތީ ހައްޔަރުކުރި މީހާ ކޯޓު އަމުރާއެކު ދޫކޮށްލައިފި
އިދިކޮޅު ކޯލިޝަނުން ހުކުރު ދުވަހު ކުރި މުޒާހަރާ ކުރިއަށް ދިޔަ ސަރަހައްދުން ކުޑަ ކުއްޖަކާއި އެއްކޮށް ހުއްޓާ އަނިޔާވެރިކަމާއެކު ހައްޔަރުކުރި މީހާ ކޯޓު އަމުރާއެކު ދޫކޮށްލައިފި އެވެ.
08 Jul 2023
މަނާ ބޭހާއި ބަނގުރާ ގެންގުޅު ބިދޭސީންގެ ބަންދަށް 15 ދުވަސް ޖަހައިފި
މަނާ ބޭހާއި ބަންގުރާ ގެންގުޅުނު ބިދޭސީންތަކެއްގެ ބަންދަށް 15 ދުވަސް ޖަހައިފި އެވެ.
06 Jul 2023
ރައީސް ޔާމިނުގެ ފުއްގިރި މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކޮށްފި
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް 9 ޖުލައިވާ އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ތާވަލުކޮށްފި އެވެ.
04 Jul 2023
މަމްދޫހު ފުރުން މަނާ ކުރުމަށް ނެރެފައިވާ އަމުރު ބާތިލް ކޮށްފި!
ކޭ-ޕާރކް ޕާޓްމެންޓްތަކެއް ވިއްކުމުގެ ނަމުގައި މަކަރާއި ހީލަތްހަދައި، ބޮޑެތި ޢަދަދުތަކުން ގިނަ ބައެއްގެ އަތުން ފައިސާ ނެގި މައްސަލައާއި ގުޅިގެން ރާއްޖެ އިން ބޭރަށް ނުދެވޭ ގޮތަށް ޕާސްޕޯޓް ހިފަހައްޓާފައިވާ ހަސަން މަމްދޫހް (މަންޑޭ)ގެ ޕާސްޕޯޓު ދޫކޮށްލުމަަށް ކްރިމިނަލް ކޯޓުން މިއަދު އަމުރު ނެރެފިއެވެ.
02 Jul 2023
ރައީސް ޔާމީންގެ ފުއްގިރި ޝަރީއަތް މިއަދު ވެސް ކެންސަލް!
ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅިގެން އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭގޮތުން މިއަދު ކްރިމިނަލް ކޯޓުގައި ތާވަލުކުރި ޝަރީއަތުގެ އަޑުއެހުން ކެންސަލްކޮށްފި އެވެ.