ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު/ ފޮޓޯ: އިންޓަނެޓް
ހަބަރު
20 Jul 2023 | 14:31
ފުއްގިރި މައްސަލަ: އިންތިޒާމުތައް ގޯސްވެ ބޭރުގައި ތިބި ދެހެކިންގެ ހެކިބަސް ނުނެގުނު!

ރ. ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭގޮތުން ބުރާސްފަތި ދުވަހުގައި ކުރިއަށް ގެންދިޔަ އަޑުއެހުމުގައި ރާއްޖެއިން ބޭރުގައި ތިބި ދައުލަތުގެ ހެކިންގެ ހެކިބަސް ނެގުމަށް އިންތިޒާމުތައް ގޯސްވެ، ހެކިބަސް ނުނަގާ އަޑުއެހުން ނިންމާލައިފި އެވެ.

ބުރާސްފަތު ދުވަހުގެ އަޑުއެހުމުގައި އެންމެ ފުރަތަަމަ ނެގުމަށް މަސައްކަތް ކޮށްފައިވަނީ ސަން ކުންފުނީގެ ޑިރެކްޓާ އޮފް ފައިނޭންސްގެ މަގާމުގައި ފުރުއްވަމުން ދިޔަ ސިރިތާ ކުމާރުގެ ހެކިބަހެވެ. އޭނާގެ ހެކިބަސް ނެގުމަށް މަސައްކަތް ކޮށްފައިވަނީ ލަންކާގައި ހުންނަ ހައިކޮމިޝަނަށް އޭނާ ހާޒިރުކޮށްގެން ނެވެ.

މި އަޑުއެހުން ކުރިއަށް ގެންދިއުމަށް މަސައްކަތްކޮށްފައިވަނީ އޮންލައިން ކޮށެވެ. އެހެން ނަމަވެސް އިންޓަނެޓު ކަނެކްޝަންގެ މައްސަލަތަކެއް ޖެހި، ހެކިވެރިޔާ ދައްކާ ވާހަކަ ސާފުނުވާތީ ދިމާވި ދަތިތަކާއި ގުޅިގެން އަޑުއެހުން މެދުކަނޑާލަން ޖެހުނެވެ. އެފަހުން، އިންޓަނެޓުގެ މައްސަލަ ޙައްލުކޮށްގެން ހެކިބަސް ނެގުމަށް ވެސް މަސައްކަތްކުރި އެވެ.

އެހެން ނަމަވެސް، ހެކިވެރިޔާގެ ވާހަކަ ސާފުުނުވާތީ، ދިފާއުން ވަނީ އިއުތިރާޒުކޮށްފަ އެވެ. އަދި ހެކިވެރިޔާގެ ތަރުޖަމާނު، ދެފަރާތުގެ ވާހަކަތައް ތަރުޖަމާ ކުރުމުގައި، އެންމެ ފުރިހަމައަށް އެކަން ކުރަމުން ނުދާތީ ދަތިތައް ފާހަގަކޮށް ތަރުޖަމާނާއި ގުޅިގެން ވެސް ދިފާއުން އިއުތިރާޒު ކުރިއެވެ.

އެއާއެކު ހެކިބަސް ނަގަން ކުރިމަތިވި ދަތިތަކާއެކު ޝަރީއަތުން ވަނީ ހެކިވެރިޔާ ކޯޓަށް ހާޒިރުކޮށްގެން ހެކިބަސް ނެގުމުގެ ކަންކަން ކުރެވޭނެ އެންމެ އަވަސް މުއްދަތަކީ ކޮބައިތޯ ސާފުކޯށްދިނުމަށް އެދިފައެވެ.

އެކަމާއި ގުޅިގެން ދައުލަތުން ބުނީ އަންނަ އާދިއްތަ ދުވަހަކަށް އެ ހެކިވެރިޔާ ކޯޓަށް ހާޒިރުކުރުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުމަށް އެދޭކަމަށެވެ.

ދެން މިއަދު ހެކިބަސް ނެގުމަށް މަސައްކަތް ކޮށްފައިވަނީ ދައުލަތުގެ ފަރާތުން ހުށައަޅާ މުޙައްމަދު ޝިފާއުގެ ހެކިބަހެވެ.

އޭނާގެ ހެކިބަސް ނެގުމަށް ކުރިން އޮތީ ސައޫދީގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ހާޒިރުކޮށްގެން ނެވެ.

އެހެން ނަމަވެސް ސައުދީގައި ރާއްޖޭގެ އެމްބަސީއެއް ހުއްޓާ ހެކިބަސް ނެގުމަށް އޭނާ ހާޒިރުކުރީ ސައޫދީ އަރަބިއްޔާގެ ޖިއްދާގައި ހުންނަ ކޮންސިއުލޭޓް އަށެވެ.

ދިފާއުން ވަނީ ސައޫދީގައި އެމްބަސީ ހުއްޓައި ކޮންސިއުލޭޓް މެދުވެރިކޮށް ހެކިބަސް ނަގާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނާ ހަވާލާދީ އެކަމަށް އިއުތިރާޒު ކޮށްފައެވެ.

އެގޮތުން ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި ބުނެފައިވަނީ ރާއްޖެއިން ބޭރުގައި ހެކިބަސް ނަގާނަމަ ހެކި ހާޒިރުކުރަންވާނީ އެމްބަސީއެއް ނުވަތަ ހައިކޮމިޝަނަކަށް ކަމަށާއި، ގާނޫނުގައި ކޮންސިއުލޭޓުގެ ވާހަކަ ބަޔާންކޮށްފައި ނޯންނަކަމަށް ދިފާއުން ވަނީ ބުނެފަ އެވެ.

ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 148 ވަނަ މާއްދާގައި ބަޔާންކޮށްފައިވަނީ، ހެކިބަސް ދޭ މީހަކު ހުރީ ދިވެހިރާއްޖޭގެ އެމްބަސީއެއް ނުވަތަ ހައިކޮމިޝަނެއް ގާއިމުވެފައިވާ ގައުމެއްގައިނަމަ، ހެކިބަސް ނަގާނީ އެ މީހަކު އެތަނަކަށް ހާޒިރުކޮށް، އެމްބަސީ ނުވަތަ ހައިކޮމިޝަންގެ ފަސްޓް ސެކްރެޓަރީގެ މަގާމަށްވުރެ މަތީ މަގާމެއްގައި ހުރި މީހެއްގެ ކުރިމަތީގައި ހުވައިކުރުމަށްފަހު ކަމަށެވެ.

އެކަމާއި ގުޅޭގޮތުން ދައުލަތުގެ ވަކީލު ވިދާޅުވީ، ކޮންސިއުލޭޓަކީވެސް ހައިކޮމިޝަނެއް ނުވަތަ އެމްބަސީއެއްގޮތަށް، ރާއްޖޭގެ ގާނޫނު ހިނގާ ތަނެއްކަމަށެވެ. އެހެންކަމުން ކޮންސިއުލޭޓަށް ހާޒިރުކޮށްގެން ވެސް ހެކިބަސް ނެގޭނެކަމަށް ދައުލަތުން ބުނެފައިވެއެވެ.

އެހެން ނަމަވެސް ދެ ފަރާތުގެ ވާހަކަތަކށް ފަހު ޝަރީއަތުން ބުނީ ކޮންސިއުލޭޓަކަށް ހާޒިރުކޮށްގެން ހެކިބަސް ނުނެގޭނެ ކަމަށެވެ. އެހެންކަމުން ސައުދީގައި ހުންނަ ރާއްޖޭގެ އެމްބަސީއަށް ހެކި ހާޒިރުކޮށްގެން ހެކިބަސް ނެގުމަށް، ޝިފާއުގެ ހެކިބަސް ނެގުން ވެސް ވަނީ ފަސްކޮށްފަ އެވެ.

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ވަނީ ޝިފާއު ސައުދީ އެމްބަސީއަށް ދިއުމަށް ދަތުރުކުރާ ކަމަށާއި، މިއަދު އޭނާގެ ހެކިބަސް ނެގޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް އެދިފައެވެ.

އެހެން ނަމަވެސް މިއަދު ހެކިބަސް ނެގުމަށް ހަމަޖެއްސި އަޑުއެހުމުގެ އިންތިޒާމުތައް ގޯސްވެގެން ހެކިބަސް ނުނެގި އަޑުއެހުންތައް ދިގުލައިގެން ދިއުމާއި ގުޅިގެން ދިފާއުން ވަނީ އަޑުއެހުން އެހެން ދުވަހަކަށް ހަމަޖައްސާދިނުމަށް އެދިފަ އެވެ.

އެއާއެކު މައްސަލަ ބައްލަވާ ގާޒީ ވަނީ މިއަދުގެ އަޑުއެހުން ނިންމާލާފަ އެވެ. އަދި ލަންކާގައި ހުރި ހެކި ކޯޓަށް ހާޒިރުކޮށްގެން ހެކިބަސް ނެގުމާއި، ސައުދީ އަރަބިޔާގާއި ހުރި ހެކި ދިވެހިރާއްޖޭގެ އެމްބަސީއަށް ހާޒިރުކޮށްގެން ހެކިބަސް ނެގުމަށް، އިތުރު އަޑުއެހުމެއް ބާއްވާނެކަމަށް ގާޒީ ނަދީމު ވިދާޅުވި އެވެ. އަދި އެ އަޑުއެހުން އޮންނާނެ ދުވަހެއް އަންގާނެކަމަށް ވެސް ގާޒީ ނަދީމު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.