އެމްއެމްޕީއާރުސީ ޚިޔާނާތުގެ އަޑުއެހުމުގެ ތެރެއިން/ ފޮޓޯ: ޕީއެސްއެމް
ހަބަރު
14 Aug 2023 | 13:35
ފުއްގިރި ކުއްޔަށް ދޫކުރި އަގު ކުޑަކަމަށް ބުނީ އަސްލު އަގު އެނގިގެނެއް ނޫން: ދައުލަތުގެ ހެކިވެރިޔާ

ރ ފުއްގިރި ކުއްޔަށް ދޫކުުރުމުގެ މުއާމަލާތާއި ގުޅިގެން ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުالله ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތައް ސާބިތުކޮށްދިނުމަށް މެލޭޝިޔާގައި ހުންނަ ހައިކޮމިޝަން މެދުވެރިކޮށް ދައުލަތުގެ ހެކިވެރިވާ މުޙައްމަދު ޝިފާއުގެ ހެކިބަސް ނަގައިފި އެވެ.

އޭނާގެ ހެކިބަސް ނެގީ ފުއްގިރި ކުއްޔަށް ދޫކުރި އަގާއި ގުޅޭގޮތުން ދައުލަތުން ސާބިތުކުރަން ބޭނުންވާ ކަންކަން ސާބިތުކުރަމެވެ. އަދި އެ މުއާމަލާތާއި ގުޅިގެން އެމްއެމްޕީއާރުސީގައި ކުރިއަށް ދިޔަކަމަށް ދައުލަތުން ބުނާ ބައްދަލުވުންތަކާއި ގުޅޭ މައުލޫމާތު ހިއްސާކުރުމަށެވެ. ޝިފާއުގައި އެމްއެމްޕީއާރުސީގައި މަސައްކަތްޕުޅު ކުރައްވާފައިވާ ބޭފުޅެކެވެ. 

މިއަދުގެ އަޑުއެހުމުގައި ދައުލަތުން ކުރި ސުވާލުތަކަށް ޖަވާބުދެއްވަމުން ހެކިވެރިޔާ ވިދާޅުވީ ފުއްގިރި ކުއްޔަށް ދޫކުރުމަށް އޮތް އަގަށްވުރެ ކުޑައަގެއްގައި އެ ރަށް ކުއްޔަށް ދޫކުރީ ކީއްވެގެންތޯ އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބު އޭރު އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރުގެ މަޤާމުގައި ހުންނެވި އަބްދުالله ޒިޔަތާއި ސުވާލުކުރެއްވުން، އެކަން ކުރެއްވީ ރައީސް ޔާމީން އަބްދުލްގައްޔޫމު އަންގަވައިގެންކަމަށް ޒިޔަތު ވިދާޅުވެފައިވާ ކަމަށެވެ.

އޭގެ އިތުރުން ޝިފާއު ވިދާޅުވީ އޭނާ އަކީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތުގައި ސޮއިކުރެވުނު ހެކިވެރިއެއްގެ ގޮތުގައި ހުންނެވި ބޭފުޅަކަށް ވުމުން، އެއްބަސްވުމުގައި ކަނޑައަޅާފައިވާ އަގު ކުޑަކަމަށް ފާހަގަކުރެވޭތީ އެކަން ޒިޔަތުގެ އަރިހުގައި ވެސް ދަންނަވާފައިވާނެ ކަމަށެވެ.

ފުއްގިރީގެ އަގާއި ގުޅޭގޮތުން ރައީސް ޔާމިނުގެ ފަރާތްޕުޅުން ވަނީ ދައުލަތުގެ ހެކިވެރިޔާއާއި ގިނަ ސުވާލުތަކެއް ކުރައްވާފައެވެ. އެގޮތުން ފުއްގިރީގެ އަގު ކުޑަކަން ހެކިވެރިޔާއަށް އެނގުނީ ކިހެނެއްތޯ އާއި، އަދި އެމްއެމްޕީއާރުސީ މެދުވެރިކޮށް ރަށްތައް ކުއްޔަށް ދޫކުރާއިރު އަގު ކަނޑައެޅުމަށް އޮންނަ އުސޫލު އެނގިވަޑައިގަންވާތޯ ހެކިވެރިޔާ އަރިހުން ވަނީ ރައީސް ޔާމިނުގެ ދިފާއީ ވަކީލުން ސުވާލުކުރައްވާފަ އެވެ. 

އެހެން ނަމަވެސް އެ ސުވާލުތަކަށް ދައުލަތުގެ ހެކިވެރިޔާއަށް ސާފުޖަވާބެއް ނުދެއްވުނެވެ. އެގޮތުން ފުއްގިރީގެ އަސްލު އަގަކީ ކޮބައިކަން އެނގިވަޑައިނުގަންނަވާ ކަމަށާއި، އެމްއެމްޕީއާރުސީން ރަށްތައް ކުއްޔަށް ދޫކުރާއިރު އަގު ކަނޑައަޅަން އޮންނަ އުސޫލުތައްވެސް އެނގިވަޑައިނުގަންނަވާ ކަމަށް ހެކިވެރިޔާ ވިދާޅުވި އެވެ. 

އޭގެ އިތުރުން އެމްއެމްޕީއާރުސީގައި ބޭއްވިކަމަށް ބުނާ ބައްދަލުވުމާއި ގުޅޭގޮތުން ވެސް ހެކިވެރިޔާއަށް ދިފާއީ ވަކީލުން ކުރި ގިނަ ސުވާލުތަކަށް ސާފު ޖަވާބެއް ދެއްވިފައެއް ނުވެއެވެ.

މިއަދުގެ އަޑުއެހުމުގައި ދިފާއީ ވަކީލުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުން ދިޔަވަގުތު ދައުލަތުގެ ހެކިވެރިޔާ ވަރަށް ބޮޑަށް ހިތްހަމަ ނުޖެހި، ނުރުހުން ފާޅުކޮށް ސުވާލަށް ޖަވާބުނުދީ، ދިފާއީ ވަކީލުންގެ ވަކި ގޮތަކަށް ސުވާލު ނުކުރުމަށް އަންގަމުން ދިޔަކަން ފާހަގަކުރެވުނެވެ. އަދި ހެކިވެރިޔާ އެފަދައިން އަމަލުކުރަމުން ދިއުމާއި ގުޅިގެން ދެތިން ފަހަރެއްގެ މަތިން ގާޒީއަށް ޖެހިވަޑައިގަތީ ހެކިވެރިޔާ ހުއްޓުވުމަށްފަހު، ނަސޭހަތްތެރިވާށެވެ.

ޝިފާއުގެ ހެކިބަސް މިއަދު ނަގާ ނިންމާލާފައިވާއިރު، ދައުލަތުގެ ފަރާތުން ހުށައަޅާފައިވާ އިތުރު މީހެއްގެ ހެކިބަސް ނެގުން ވެސް މިއަދަށް ތާވަލުކުރެވުނެވެ. 

އެހެން ނަމަވެސް، އެމީހާއަކީ ބިދޭސީއަކަށްވުމުން، އޭނާގެ ވާހަކަތައް ތަރުޖަމާކޮށްދިނުމަށް އެކަށީގެންވާ ތަރުޖަމާނެއް ލިބިފައިނުވާތީ، މިއަދު އެމީހާގެ ހެކިބަސް ނަގާފައެއް ނުވެއެވެ. އަދި ޝަރީއަތުން މަސައްކަތްކުރާނީ އެމީހާ ކޯޓަށް ހާޒިރުކޮށްގެން ހެކިބަސް ނެގުމަށް ކަމަށާއި، އެހެން ދުވަހެއްގައި އެ މީހާގެ ހެކިބަސް ނަގާނެކަމަށް ފަނޑިޔާރު ނަދީމު ވިދާޅުވި އެވެ. 

އެހެންކަމުން މިއަދުގެ އަޑުއެހުން ވަނީ ޝިފާއުގެ ހެކިބަސް ނެގުމަށްފަހު ނިންމާލާފަ އެވެ. މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު ނަދީމު ވިދާޅުވީ ދެން އެ މައްސަލައިގެ އަޑުއެހުމެއް އޮންނާނެ ދުވަހެއް ފަހުން އަންގަވާނެ ކަމަށެވެ.

ކޯޓުގެ ހާލަތު މިވަގުތު ހުރިގޮތުން ދުރާލާ ޝަރީއަތްތައް ޝެޑިއުލްކުރުމަށް ދަތިވެފައިވާ ކަމަށާއި، ކޯޓު ރޫމުތައް ލިބޭ މިންވަރަކުން ޝަރީއަތުގެ އަޑުއެހުންތައް ބާއްވާ ވީ އެންމެ އަވަހަކަށް މި މައްސަލަ ނިންމާނެކަމަށް ނަދީމު ވަނީ ވިދާޅުވެފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.