ކްރިމިނަލް ކޯޓު. ފޮޓޯ: އަވަސް
ހަބަރު
16 Jul 2023 | 15:29
ވައްކަމުގެ ތުހުމަތުގައި ހައްޔަރުކުރި އިންޑިޔާގެ ތިން މީހަކު މިނިވަންކުރަން ކޯޓުން އަމުރުކޮށްފި

ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރި އިންޑިޔާގެ ތިން އަންހެނަކު މިނިވަންކުރަން ކްރިމިނަލް ކޯޓުން އަމުރުކޮށްފިއެވެ.

އުމުރުން 20 އަހަރުގެ ވިރުޕާލް ކައުރު ނަމަކަށް ކިޔާ އިންޑިޔާ އަންހެނަކާ އުމުރުން 22 އަހަރުގެ ސުހްވިންދަރު ކައުރު އަދި 24 އަހަރުގެ ޖަސްޕްރިޓީ ކައުރު ފުލުހުން ބުރާސްފަތިދުވަހުގެ ވަގުތެއްގައި ހައްޔަރުކުރީ ވައްކަމުގެ މައްސަލައެއްގައެވެ.

އެ 3 މީހުންނަކީ އެއްބަނޑު އެއްބަފާ 3 މީހުން ކަމަށްބެލެވެއެވެ.

 އެ މައްސަލާގައި އެ 3 މީހުންގެ ބަންދާއި މެދު ގޮތެއް ނިންމަން އިއްޔެ ކްރިމިނަލް ކޯޓަށް ހާޒިރު ކުރުމުން ފަނޑިޔާރު ވަނީ ޝަރުތުތަކަކާއި އެކު އެ މީހުން ބަންދުން ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

ބަންދުގެ އަޑުއެހުމުގައި ފުލުހުން ވަނީ އެ މީހުން ވަގަށް ނެގިތަކެތި އޭގެ ވެރިފަރާތަށް ދީފައިވާ ކަމަށާއި އަދި 3 މީހުންނަކީޥެސް ޤަވާއިދާ އެއްގޮތަށް ރާއްޖޭގައި އުޅެމުންދާ މީހުން ކަމަށް ބުނެފައެވެ.

ޝަރުތުތަކަކާއި އެކު އެ މީހުން ދޫކޮށްލަން ފަނޑިޔާރު ނިންމެވީ އެކަންކަމަށް ރިއާޔަތް ކުރެއްވުމަށްފަހުގައެވެ.

ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކުރި 3 އަންހެނުން ކޯޓުން ދޫކޮށްލިއިރު މިދިޔަ ބުރާސްފަތިދުވަހު ކޯޓުން ވަނީ މަސްތުވާތަކެތި ގެންގުޅުނު އިންޑިއާ މީހަކުވެސް މިނިވަންކޮށްފައެވެ. އޭނާ މިނިވަންކުރީ އޭނާއަކީ ވަޒީފާއެއްގައި އުޅޭ ފަރާތަކަށްވާތީ މަސްތުވާތަކެތި ހޯދަނީ ކުށްކޮށްގެން ކަމަށް ނުބެލެވޭތީ ކަމަށް ބުނެއެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
24 Aug 2026
މާލޭގެ ގެއެއްގައި ރޯވެއްޖެ، ތިން މީހަކަށް އަނިޔާވެ ފަރުވާ ދެނީ
ްައަދި ބުނީ މި ހާދިސާގެ ސަބަބުން ތިން މީހަކަށް އަނިޔާވެގެން ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުން ކަމަށެވެ.
24 Aug 2026
ތިނަދޫގައި މަސައްކަތްކުރާ އިންޑިއާގެ މުވައްޒަފުންނާ ކައުންސެލަރ މުކަރުޖީ ބައްދަލުކުރައްވައިފި
މި 'އޯޕަން ހައުސް' ބައްދަލުވުމުގައި، އެ ރަށުގައި ވަޒީފާ އަދާކުރާ އިންޑިއާގެ ގިނަ އަދަދެއްގެ މުވައްޒަފުން ބައިވެރިވިއެވެ.
23 Aug 2026
ކުޑަކުދިންނަށް އެންމެ ފުރަތަމަ ދަސްކޮށްދޭންވީ ދިވެހިބަސް: ރައީސް މައުމޫން
ރައީސް މައުމޫންގެ ވާހަކަފުޅުގައި، ދުނިޔެ ބަދަލުވަމުންދާ ގޮތުންނާއި ޒަމާނީ ޓެކްނޮލޮޖީގެ ސަބަބުން ކުޑަކުދިންގެ އަތްމައްޗަށް ސްމާޓް ވަސީލަތްތައް އައިސްފައިވާ މިންވަރު ބަޔާންކުރެއްވިއެވެ.
23 Aug 2026
ވީއައިއޭއަށް އައި ފްލައި ދުބާއީގެ ބޯޓެއް ކުއްލި ހާލަތުގައި ޖައްސައިފި
އިންޖީނަށް މައްސަލައެއް ޖެހުނު ނަމަވެސް ބޯޓު ވަނީ ރައްކާތެރިކަމާއެކު އެމަޖެންސީގައި ވީއައިއޭއަށް ޖައްސާފައެވެ.
23 Aug 2026
ޕެންޝަން ފަންޑަކީ ރައްކާތެރި، ދެމެހެއްޓެނިވި ގޮތެއްގައި ބެލެހެއްޓޭ ފަންޑަކަށް ހަދާނަން: ޔަޒްމީދު
މީގެއިތުރުން، އެކުވެރި އަދި އެއްބައިވަންތަ ޓީމެއްގެ ގޮތުގައި، ހިތްހަމަޖެހުމާއެކު މަސައްކަތްކުރެވޭނެ ރަނގަޅު މާޙައުލެއް ބިނާކޮށްދެއްވާނެ ކަމަށްވެސް ޔަޒީދު ވިދާޅުވި އެވެ.
23 Aug 2026
އެމެރިކާ ސަފީރުގެ ކަޝްމީރު ޒިޔާރަތާއެކު ޕާކިސްތާނުން ނުރުހިއްޖެ
އެ ސަރަހައްދަށް ކުރެއްވި ޒިޔާރަތުގައި ސާޖިއޯ ވަނީ އެއީ އިންޑިއާގެ މުހިންމު ބައެއް ކަމަށް ސިފަވާފަދަ މޭރުމަކުން ވާހަކަދައްކަވާފައެވެ
23 Aug 2026
އިނގިރޭސި ދިވެހި ބަސްފޮތް؛ ދިވެހި އަދަބިއްޔާތުން ފެނުނު އެންމެ ކަވި އެއް މަސައްކަތް
މިފޮތް ރަސްމީކޮށް ނެރެފައިމިވަނީ ޑރ.ހަސަން މީގެ ކުރިން ވިދާޅުވިފަދައިން މުޅިން ނިންމައިގެންނެވެ
23 Aug 2026
ތިން ބިލެއް ރައީސް ތަސްދީގު ކުރައްވައިފި
ތިން ބިލެއް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ތަޞްދީޤު ކުރައްވައިފި އެވެ.