ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމު/ ފޮޓޯ: އިންޓަނެޓު
ހަބަރު
16 Jul 2023 | 11:15
ދައުލަތުގެ ހެކި ހާޒިރު ނުކުރެވިގެން ރައީސް ޔާމިނުގެ ފުއްގިރި މައްސަލައިގެ އަޑުއެހުން ކެންސަލްކޮށްފި

ރ ފުއްގިރި ކުއްޔަށް ދޫކުރުމުގެ މުއާމަލާތާއި ގުޅުވާ ވާދަވެރި ސިޔާސީ ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ މައްޗަށް އުފުލާފައިވާ ދައުވާތަކާއި ގުޅޭ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހަށް ތާވަލުކުރުމަށް ފަހު ކެންސަލްކޮށްފި އެވެ. 

އާދިއްތަ ދުވަހަށް ތާވަލުކުރި އަޑުއެހުން ކެންސަލްކޮށްފައިވަނީ އެ މައްސަލައިގައި ދައުލަތުން އުފުލާފައިވާ ދައުވާތައް ސާބިތުކޮށްދިނުމަށް މިއަދު ދައުލަތުގެ ފަރާތުން ކޯޓަށް ހުށައަޅަން ޖެހޭ ހެކި ހާޒިރު ނުކުރެވުމުން ކަމަށް ކްރިމިނަލް ކޯޓުން ވަނީ ބުނެފައެވެ. 

އެ ހެއްކަކީ ރާއްޖެއިން ބޭރުގައި ހުރި ފަރާތަކަށް ވުމުން، މި މައްސަލައާއި ގުޅިގެން އެނެމް ފަހުން ބޭއްވި އަޑުއެހުމަށް ވެސް އެ މީހާ ވަނީ ހާޒިރުކުރެވޭ ގޮތް ނުވެފައެވެ. 

މި މައްސަލައިގައި މިހާރު ކުރިއަށް ދަނީ ދައުލަތުގެ ފަރާތުން ހުށައަޅާ ހެކިންގެ ހެކިބަސް ނެގުމެވެ. 

އެންމެ ފަހުން ބޭއްވި އަޑުއެހުމުގައި ދައުލަތުގެ ފަރާތުން ވަނީ ހެއްކެއްގެ ގޮތުގައި ހުށައަޅާފައިވާ މަޖިލީހުގެ މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ގެ ހެކިބަސް ނަގާފައެވެ. 

ބޮންޑެއަކީ ފުއްގިރި މުއާމަލާތުގައި އޭރު އެރަށް ހޯދުމަށް މަސައްކަތް ކުރަމުންދިޔަ ބޭރުގެ ކްލަސިކް ސިޓީ ދުބާއީ ކުންފުނީގެ ފަރާތުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބއްގެ ގޮތުގައި ހަރަކާތްތެރިވެފައިވާ ފަރާތެކެވެ. 

އެގޮތުން އެ ދުވަހުގެ އަޑުއެހުމުގައި ބޮންޑެ ވިދާޅުވީ ފުއްގިރި ކުއްޔަށް ދޫކުރުމުގެ އަގަކީ 1.2 އާއި 1.5 މިލިއަން ޑޮލަރުކަމަށް ކަނޑައަޅާފައި ވަނިކޮށް ކުއްލިއަކަށް އެ އަގު 4 ހައްކައަށް ބަދަލުވެގެން ދިއުމާއި ގުޅިގެން ޝައްކުކުރެވޭ ކަންތައްތަކެއް ފާހަގަވާތީ ކުންފުނީގެ ސަމާލުކަމަށް އެކަން ގެނެސްފައިވާނެ ކަމަށެވެ. 

އެހެން ނަމަވެސް ފަހުން ޓުއަރިޒަމް މިނިސްޓްރީން އަންގައިގެން ރަށް ކުއްޔަށް ދޫކުރުމުގެ އިނީޝިއަލް ޕޭމަންޓެއްގެ ގޮތުގައި 150،000 ޑޮލަރު ކުންފުނީގެ ފަރާތުން ދައްކާފައިވާނެކަމަށް ބޮންޑެ ވިދާޅުވި އެވެ. އަދި އޭނާ ވިދާޅުވީ އެ ލާރި ޖަމާކުރިތާ 6 ދުވަސް ބަހުން ނެގި ބޭންކު ސްޓޭޓުމަންޓެއްގައި ކުންފުނިން އެމްއެމްޕީއާރުސީއަށް ޖަމާކުރި ފައިސާ އެސްއޯއެފް ކިޔާ ކުންފުންޏަކަށް ޖަމާވެފައިވާކަން ދެނެގަނެވިފައިވާ ކަމަށެވެ. 

އެ ހިސާބުން އެ ކުންފުންޏަކީ އޭރުގެ ޓުއަރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ގާތް ގުޅުމެއް އޮންނަ ބައެއްގެ ކުންފުންޏެއްކަން އެނގުނު ކަމަށާއި، އަދި ދައުލަތަށް ޖަމާވާން ޖެހޭ ފައިސާއެއް އަމިއްލަ ފަރާތެއްގެ އެކައުންޓަށް ޖަމާވިކަން އެނގޭތީ އެ މައްސަލަ އޭސީސީއަށް ވެސް ހުށައަޅާފައި ވާނެކަމަށް ބޮންޑެ ވިދާޅުވި އެވެ. 

އޭނާ ކޯޓަށް ވިދާޅުވި ގޮތުގައި ފުއްގިރި ޚިޔާނާތް ހިންގިކަން އޭރު ސަރުކާރުގެ ވެރިންނަކަށް ނޭނގޭނެއެވެ. އެކަން ކޮށްފައިވަނީ ޓުއަރިޒަމް މިނިސްޓްރީ ތެރެއިން އަދީބުކަމަށް ބޮންޑެ ވިދާޅުވި އެވެ. 

އެދުވަހުގެ އަޑުއެހުމުގައި ބޮންޑެ ވަނީ އަދީބު ކޯޓަށް ދޮގުހެކިދިން ކަންވެސް ހާމަކޮށްފައެވެ. އަދި ފުއްގިރީގެ އަގު ކަނޑައެޅުމަށް ކުރިއަށް ގެންދެވުނު އެއްވެސް ބައްދަލުވުމެއްގައި ބޮންޑެ ބައިވެރިވެފައި ނުވާނެކަމަށް އޭނާ ވަނީ ކޯޓުގައި ބުނެފައެވެ. 

ފުއްގިރި މައްސަލައިގެ އަޑުއެހުމެއް ދެން އޮންނާނެ ސީދާ ތާރީހެއް އަދި ކަނޑައަޅާފައެއް ނުވެއެވެ. އެހެން ނަމަވެސް އެ މައްސަލަ އަވަސް ސްޕީޑުގައި ނިންމުމަށް ކްރިމިނަލް ކޯޓުން ދަނީ މަސައްކަތް ކުރަމުންނެވެ. 

ކޮމެންޓް
ގުޅޭ ލިޔުންތައް
05 Oct 2026
ރަސްމާލެ މަޝްރޫޢުގައިވެސް ވިސާ ދޫކުރާނީ ޤާނޫނީ އިމުގެ ތެރެއިން: އުޝާމް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން، އީގަލް ހިލްސްއާ ހަވާލުކޮށްގެން ކުރިއަށްގެންދާ ރަސްމާލެ މަޝްރޫޢުގެ ދަށުން ބޭރުގެ އިންވެސްޓަރުންނަށް ވިސާ ދޫކުރުމުގެ ކަންކަން ކުރިއަށްދާނީ ރާއްޖޭގެ އިމިގްރޭޝަން ޤާނޫނާއި ގަވާއިދުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކޯޕަރޭޓް ރެސިޑެންސް ވިސާގެ އުސޫލުން ކަމަށް ބަންޑާރަ ނާއިބު އަހުމަދު އުޝާމް ވިދާޅުވެއްޖެއެވެ.
05 Oct 2026
އޭޝިއާއަށް ވިއްކާ ތެލުގެ އަގު، ސައުދީ އަރަބިއްޔާއިން ބޮޑުތަނުން ދަށްކޮށްފި
ނޮވެމްބަރު މަހު އޭޝިއާގެ ބާޒާރުތަކަށް ވިއްކާ ސާފުނުކުރާ ތެލުގެ އަގު، ފާއިތުވި ހަ އަހަރު ދުވަހުގެ ތެރޭގައި ދަށްނުކުރާ މިންވަރަކަށް ސައުދީ އަރަބިއްޔާއިން ކުޑަކޮށްފިއެވެ. މިއީ މާކެޓް އެނަލިސްޓުން އަންދާޒާކުރި ގޮތާ މުޅިން ޚިލާފަށް ނިންމި ނިންމުމެކެވެ.
05 Oct 2026
މުދައްރިސުންގެ ބުރަ ކުރުމަށް މި ސަރުކާރުން އިސްކަންދޭނެ: ރައީސް މުޢިއްޒު
މުދައްރިސުންގެ ދުޅަހެޔޮކަމަށް އިސްކަންދީ، އެ ބޭފުޅުންގެ މަސައްކަތުގެ ބުރަ ކުޑަކުރުމަށާއި މަސައްކަތުގެ މާޙައުލު ރަނގަޅުކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތްކުރާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
05 Oct 2026
ކ. ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ޗާލުކަން; ތަފާތު ރީތި, މަސައްކަތެއް
ގުރައިދޫ ފެރީ ގިމަތައާއެކު ރަށުގެ މަލަމައްޗަށް ވަނީ ބޮޑު ފުރިހަމަ ކަމެއް ލިބިގެން ގޮސްފަ އެވެ.
05 Oct 2026
ޝެއިޚް ނައިފަރީގެ "މަގޭ ސުވާލަކީ" ގެ 100 ވަނަ ޕްރަގްރާމް ހިންނަވަރުގައި، ވަރަށް ޚާއްސަ ވާނެ
މީގެ އިތުރުން އެރޭގެ ޕްރަގްރާމަށް ހާޒިރުވާ ބައިވެރީންގެ މެދުގައި ގުރުއަތެއް ނަގާ އުމްރާ ދަތުރެއް ދޭން ނިންމާފައިވާ ކަމަށް "މަގޭ ސުވާލަކީ" ޓީމުން ބުނެ އެވެ.
05 Oct 2026
އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓެމުންދިޔަ ކުޑަކުއްޖަކު ހިފައި، ސަލާމަތްކޮށްފި
މިޞްރުގެ ޖީޒާ ޕްރޮވިންސްގެ ކާރުބާރު ބޮޑު ސަރަޙައްދެއްގައި ހުރި އިމާރާތެއްގެ ދެވަނަ ބުރިން ވެއްޓުނު 4 އަހަރުގެ ކުޑަކުއްޖަކު، އެ ވަގުތު އެތަނުގައި ހުރި ޒުވާނަކު ހުޝިޔާރުކަމާއެކު ހިފަހައްޓައި އެ ކުއްޖާގެ ފުރާނަ ސަލާމަތްކޮށްފިއެވެ. މި ހައިރާންކުރުވަނިވި ހާދިސާ ހިނގި ގޮތުގެ ވީޑިއޯ މިހާރު ވަނީ ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ވައިރަލްވެފައެވެ.
05 Oct 2026
ސައިކަލު މަތީ އޮށޯވެގެންއޮވެ ހައިވޭގައި ދުއްވި މީހާ ހައްޔަރު؛ ހުރީ މަސްތުގެ ހާލުގައި، 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ އޮތް
އޭނާ 44,000 ރުފިޔާގެ ޓްރެފިކް ޖޫރިމަނާ ނުދައްކައި އޮތް އިރު، އޭނާގެ ޓްރެފިކް ކުށުގެ ރެކޯޑުތަކުގެ ތެރޭގައި ލައިސަންސް ނެތި ދުއްވުމާއި ވަންވޭއާ ހިލާފަށް ދުއްވުމާއި ބާރު ސްޕީޑުގައި ދުއްވުމާއި ލޯގަނޑު ނުޖަހައި ދުއްވުމާއި ލައިސަންސް ހިފަހައްޓާފައި އޮއްވައި ތަކުރާރުކޮށް ދުއްވުމާއި މަގުމަތީގެ އަމާންކަން ގެއްލޭގޮތަށް ނުރައްކާތެރިކޮށް ދުއްވުމާއި ސައިކަލުގެ ލައިޓުތައް މޮޑިފައިކޮށްގެން ދުއްވުން ހިމެނެ އެވެ.
04 Oct 2026
އުސް އިމާރާތްތަކުގައި ރޯވެއްޖެނަމަ އަލިފާން ނިންވަން ޑްރޯން ބޭނުންކުރަން ފަށަނީ
އުސް އިމާރާތްތަކުގައި ހިނގާ އަލިފާނުގެ ހާދިސާތަކުގައި އަލިފާން ނިންވުމަށް ޑްރޯން ބޭނުންކުރަން ފަށަން ތައްޔާރުވަމުންދާ ކަމަށެވެ.