ކްރިމިނަލް ކޯޓް
ހަބަރު
13 Sep 2023 | 13:20
ބޭބެ މަރާލި ކޮއްކޮއަށް އައީ 12 އަހަރުގެ ޖަލު ހުކުމެއް

މިއަހަރުގެ މޭމަހު އައްޑޫ ސިޓީ މަރަދޫ ފޭދޫގައި ހިންގި މާރާމާރީގައި މަރުވި މަރަދޫފޭދޫ، ބްލޫސްޓާ، އަހުމަދު ޝުޢައިބުގެ މަރުގެ މައްސަލާގައި ދައުވާ އުފުލާފައިވާ އޭނާގެ ކޮއްކޮ ހުސެއިން މަވާޒް 12 އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން މިއަދު ޙުކުމް ކޮށްފި އެވެ.

ޝުޢައިބު އާއި މަވާޒް އާއި ދެމެދު ހިންގި ހަމަނުޖެހުމެއް މާރާމާރީއަކަށް ބަދަލުވެ ޝުޢައިބް މަރާލި 25 އަހަރުގެ މަވާޒްގެ މައްޗަށް ކްރިމިނަލް ކޯޓުން ކޮށްފައިވަނީ އެނގިހުރެ މީހަކު މަރާލި ކަމުގެ ކުށުގެ ދައުވާއެވެ. މިމައްސަލައިގައި ތަހްޤީޤީ މަރުޙަލާގައި ކުށަށް އިޢްތިރާފް ވެ މަވާޒްވަނީ އެ އިޢްތިރާފް ކޯޓުގައިވެސް ދަމަހައްޓައިފައެވެ.

މިއަދު އޭނާގެ ކުށަށް ޙުކުމް އިއްވުމަށް ބޭއްވި ޝަރީޢަތުގެ މަޖިލީހުގައިވެސް އޭނާ ވަނީ ދައުލަތާއި އެކު އެނާ ވެފައިވާ އިޢްތިރާފް ދަމަހައްޓައިފައެވެ.

މަވާޒް އާއި ދައުލަތާއި ދެމެދުގައި ވެފައިވާ އިޢްތިރާފްގައި ބުނެފައިވަނީ މިއީ މީހަކު މަރުވެފައިވާ މައްސަލައަކަށް ވާއިރު އަނިޔާވެރިކަން އިންތިހާޔަށް ފެންނާތީ ކުށުގެ އަދަބުން ދަރަޖައެއް އިތުރު ކޮށްފައިވާ ކަމަށެވެ. އަދި ވޭތުވެ ދިޔަ ހަ އަހަރު ތެރޭ މަވާޒްގެ މައްޗަށް ޑައިމޯފިން ބޭނުން ކުރުމުގެ މައްސަލައަކާއި ރޭޕްގެ މައްސަލައެއް ސާބިތުވެފައިވާތީ އަދަބުގެ ދަރަޖައެއް މަތި ކޮށްފައިވެސް ވެއެވެ. އެއްބަސްވުމުގައި ދައުލަތުން އޭނާގެ މައްޗަށް ކަނޑައަޅާފައި ވަނީ 15 އަހަރުގެ ޖަލު ހުކުމެކެވެ.

ނަމަވެސް ތަހްޤީޤީ މަރުހަލާއިން ފެށިގެން ކުށް ކުރިކަމަށް އެއްބަސްވެ ، އިއްތިރާފް ވެ އަދި އެއްބާރުލުން ދޭތީ އެ އަދަބުން ދަރަޖައެއް ދަށްކޮށް، އޭނާގެ މައްޗަށް 12 އަހަރާއި ހަ މަހުގެ ޖަލު ހުކުމެއް ކަނޑައަޅުމަށް އެއްބަސްވުމުގައި ބަޔާންކޮށްފައިވެ އެވެ.

މަވާޒް އެގޮތައް އެއްބަސްވެފައިވާތީ އިސް ގާޒީ އާދަމް މުހައްމަދު ވަނީ އެއްބަސްވުމުގައި ކަނޑައަޅާފައިވާ ގޮތަށް 12 އަހަރާއި ހަމަސް ދުވަހަށް މަވާޒް ޖަލަށްލުމަށް ހުކުމްކޮށްފަ އެވެ. ހަމައެއާއި އެކު ކައްފާރާގެ ގޮތުގައި 60 ދުވަހު ރޯދަ ހިފަން މަވާޒްއަށް ވަނީ އަންގާފަ އެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.
03 Aug 2026
ފެނަކައިގެ ގަވާއިދާ ޚިލާފު ޕްރޮމޯޝަންތައް ތަޙުޤީޤުކުރަން ފޮނުވަން ފާސްކޮށްފި
ފެނަކައިގެ މުވައްޒަފުންނަށް 2022 އަދި 2023ގައި ގަވާއިދާ ޚިލާފަށް ދީފައިވާ ވަޒީފާގެ ކުރިއެރުންތައް ތަޙުޤީޤުކުރުމަށް އޭސީސީ އަދި ފުލުހުންނަށް ފޮނުވަން މަޖިލީހުން ފާސްކޮށްފި.
03 Aug 2026
ޖަންގިޔަލުން ޑްރަގު ފެނުނު އަންހެންމީހާއަށް ކުރިދައުވާ އަނބުރާ ގެންދިޔަ ސަބަބު
އަންހެނެއްގެ ޖަންގިޔާ ތެރޭގައި ފޮރުވާފައި ހުރި މަސްތުވާތަކެއްޗަކީ އޭނާގެ އެއްޗެއް ކަމަށް ބުނެ، އެކަމާ ފިރިމީހާ ހަވާލުވުމާ ގުޅިގެން އެ އަންހެންމީހާގެ މައްޗަށް ކުރި ދައުވާ އަނބުރާ ގެންދަން ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން ނިންމި ސަބަބު އެ އޮފީހުން ހާމަކޮށްދީފިއެވެ.
03 Aug 2026
މިޞްރަށް 5.6 މެގްނިޓިއުޑްގެ ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
މިޞްރުގެ ނޭޝަނަލް ރިސާޗް އިންސްޓިޓިއުޓް އޮފް އެސްޓްރޯނޮމީ އެންޑް ޖިއޯފިޒިކްސްއިން ހާމަކޮށްފައިވާ ގޮތުގައި، ރިކްޓަރ މިންގަނޑުން 5.6 ގެ ބާރުމިނުގައި އައި މި ބިންހެލުން ލޮގްކުރެވިފައިވަނީ ހޯމަ ދުވަހުގެ ފަތިހު 3:00 ގައެވެ. ނަމަވެސް، ޖަރުމަނުގެ ރިސާޗް ސެންޓަރ ފޯ ޖިއޯސައިންސަސް (ޖީ.އެފް.ޒެޑް) އިން ބުނެފައިވަނީ މި ބިންހެލުމުގެ ބާރުމިނަކީ 5.4 ކަމަށާއި، މިއީ ބިމުގެ 10 ކިލޯމީޓަރު އަޑިން އައި ބިންހެލުމެއް ކަމަށެވެ.