ކްރިމިނަލް ކޯޓު-- ފޮޓޯ: އެޑިޝަން އެމްވީ
ހަބަރު
23 Jan 2024 | 16:10
މޫސާ އަހުމަދުގެ މަރުގެ ދައުވާ ލިބުނު މީހާގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ހުކުމްކޮށްފި

2017 ވަނަ އަހަރުގެ ސެޕްޓެންބަރު މަހުގެ 23 ވަނަ ދުވަހު ސައިކަލެއްގައި ދަނިކޮށް ގްރޫޕަކުން ގޮސް ތޫނު އެއްޗަކުން ހަމަލާދީ ވ. ކެޔޮދޫ ދޭލިއާގޭ މޫސާ އަހުމަދުމަނިކު މަރާލި މައްސަލާގައި ދައުވާ ލިބުނު މީހާގެ މައްޗަށް ކުށްސާބިތު ނުވާކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފިއެވެ.

މޫސާ އަހުމަދުމަނިކު މަރާލިކަމަށް ދައުލަތުން ދައުވާ އުފުލާފައިވަނީ އދ. މާމިގިލި، ސޭޑީ ގްރޯވް އިބްރާހިމް ސައްމާހު އަހުމަދު ފަތުހީގެ މައްޗަށެވެ.

ކްރިމިނަލް ކޯޓުން ކުރި ހުކުމުގައި ވަނީ މޫސާ ފަތުހީ މަރާލީ ސައްމާހު ކަމަށް ބުނެ ހެކި ބަސް ދިނީ އެންމެ މީހަކު ކަމަށާއި އެއްވެސް ފަރާތަކުން ހާދިސާ ހިނގި ތަނުގައި ސައްމާހް ހުރިކަން ބަޔާންކޮށް ހެކި ބަސް ދީފައިނުވާ ކަމަށެވެ. އަދި ސައްމާހް އާއި ދެކޮޅަށް ހެކިބަސް ދިން މީހާ ގެ ހެކި ބަހަކީ އިތުބާރު ކުރެވޭ ހެކިބަހަކަށް ނުވާތީ އެ ހެކި ބަހަށް ބުރަދަން ނުދެވޭ ކަމަށް ވެސް ހުކުމްގައި ވެއެވެ.

މީގެ އިތުރުންވެސް ކްރިމިނަލް ކޯޓުން ބުނީ ފުލުހުން ހުށައަޅާފައިވާ ސީސީޓީވީ ފޫޓޭޖުގައި މޫސާ އަށް ސައްމާހު ހަމަލާދޭކަން ފާހަގަކޮށްފައިވީ ނަމަވެސް މީ ގްރޫޕެއްގެ މެދުގައި ހިނގާފައިވާ މާރާމާރީ އަކަށް ވާތީ، ފޫޓޭޖުން ފެންނަ މަންޒަރުގައި ހަމަލާ އަމާޒުވަނީ މޫސާ އަށް ކަން ކަށަވަރުކޮށްދެވިފައި ނުވާ ކަމަށެވެ. އަދި މި މައްސަލައިގެ ސީނުން ނެގުނު އެއްވެސް އިނގިލީގެ ނިޝާނެއް ވެސް އަދި ޑީއެންއޭ ސާމްޕަލެއް ވެސް ސައްމާހު އާއި ގުޅުމެއް ނެތް ކަމަށް ކޯޓުން ވަނީ ބުނެފައެވެ.

މި ކަންކަމަށް ރިއާޔަތް ކޮށް މައްސަލަ ބެއްލެވި ގާޒީ އިބްރާހިމް އިހްސާން ކުރެއްވި ހުކުމުގައިވަނީ ސައްމާހުގެ މައްޗަށް ކުރި ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ސާބިތުނުވާ ކަމަށެވެ.

މި ދައުވާގެ އިތުރުންވެސް ސައްމާހު އާއި ސ.ހިތަދޫ ގުލްބަކާގެ މުހައްމަދު ނާޒިޝް ނާޒިމް ގެ މައްޗަށް ދައުލަތުން ވަނީ މަގްބޫލު ސަބަބެއް ނެތި ތޫނު އެއްޗެއް ގެންގުޅުމުގެ ދައުވާ ވެސް ކޮށްފައެވެ. ހަމަލާދިން ސަރަހައްދުގައި ވަޅި ގެންގުޅުނު ކަމަށް ބުނެ ކުރި މި ދައުވާ ވެސް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ވަނީ ހުކުމް ކޮށްފައެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
03 Aug 2026
ކޮރަޕްޝަން ހުއްޓުވަން އޭސީސީ އާއި ސްޓެލްކޯއާ ދެމެދު އެއްބަސްވުމެއް
މި ފަހުމުނާމާގެ ދަށުން ދެ ފަރާތުގެ މެދުގައި ފަންނީ އެހީތެރިކަން ބަދަލުކުރުމާއި، ދެ ފަރާތުން ގުޅިގެން ކުރާ މަސައްކަތްތަކުގައި ވަސީލަތްތައް ހިއްސާކުރުން ވެސް ހިމެނެ އެވެ.
03 Aug 2026
ޑީއެންއާރުގެ ކައުންޓަރުތަކަށް 17 އަހަރު، ޒަމާނީ ފެންވަރަށް ތަރައްގީ ކުރަނީ
ޑީއެންއާރުގެ މިހާރުގެ ކައުންޓަރުން ހިދުމަތް ދެމުންދާތާ 17 އަހަރުވީ އެވެ.
03 Aug 2026
ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސަކަށް މަމްދޫހް އައްޔަނުކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ވަޒީފާއާބެހޭ ޓްރައިބިއުނަލްގެ ނައިބު ރައީސް ކަމަށް، މއ. އެރަލްސީ، އަޙްމަދު މަމްދޫހް ޢައްޔަން ކުރައްވައިފި އެވެ.
03 Aug 2026
ޔުއެފާގެ އިންޒާރެއް އިންފަންޓީނޯއަށް، ޤާނޫނީ ފިޔަވަޅު އަޅަންޖެހިދާނެ
މީޑިއާގެ ބައެއް ރިޕޯޓްތައް ބުނާގޮތުގައި ވިލާތުގެ ބައެއް ޤައުމުތަކުން ވަނީ އިންފަންޓީނޯ މަގާމުން ވަކުކުރުމުގެ މަސައްކަތްވެސް ފަށާފައެވެ. ނަމަވެސް މިހާތަނަށް އިންފަންޓީނޯ މަގާމުން އިސްތިއުފާ ދިނުމުގެ އެއްވެސް އިޝާރާތެއް ދީފައެއް ނުވެއެވެ
03 Aug 2026
ވެހިކަލް ފީ މާލެ ސިޓީ ކައުންސިލް ބަޖެޓުން އުނިކުރަން އެދިއްޖެ
އެއްގަމު އުޅަނދުތަކުގެ އަހަރީ ފީގެ ގޮތުގައި މާލޭ ސިޓީ ކައުންސިލަށް ލިބޭ ފައިސާ އެ ކައުންސިލުގެ ބަޖެޓުން އުނިކޮށް ސަރުކާރަށް ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުމަށް ހައުސިން ވުޒާރާގެ ވަޒީރު ޑރ. ޢަބްދުالله މުއްޠަލިބު އެދިވަޑައިގެންފިއެވެ.
03 Aug 2026
އުފެއްދުންތެރިކަމުގެ ޤައުމީ މައުރަޒުގައި އިންސާފްކޮށްދޭނޭ ފަނޑިޔާރުން ހޯދަނީ
ޝަރުތުތަކުގެ ތެރޭގައި ވާދަކުރުމުގެ ބައިގައި އެއްވެސް ގިންތިއަކުން ވާދަކުރާ ފަރާތެއް ކަމުގައި ނުވުމާއި، ފަނޑިޔާރުކަން ކުރުމަށް ހުށަހަޅާ ގިންތީގައި ވާދަކުރާ ފަރާތަކާއި އާއިލީ ގުޅުމެއް އޮތް ފަރާތެއް ނުވަތަ ވިޔާފާރީގެ މަސްލަހަތު އޮތް ފަރާތެއްކަމުގައި ނުވުމެވެ. މީގެ އިތުރުންވެސް އިތުރު ޝަރުތުތައް ހިމެނޭ
03 Aug 2026
ގިނަބަޔަކު އެ ފިލްމަކަށް އިންތިޒާރުކުރާ ޖަންނަތު މިރޭ އޮލިމްޕަހަށް
03 Aug 2026
ބެލްޖިއަމަށާއި، އީޔޫ ސަފީރުކަމުގެ މަޤާމަށް ދިޔާނާ ޢައްޔަންކޮށްފި
ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ބެލްޖިއަމަށާއި، ޔޫރަޕިއަން ޔޫނިއަނަށް ދިވެހިރާއްޖެއިން ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަޤާމަށް ކުރީގެ ބަންޑާރަ ނާއިބު ފާޠިމަތު ދިޔާނާ މިއަދު ޢައްޔަންކުރައްވައިފިއެވެ.