ފިލްމީ ތަރި އަޒޭ
ހަބަރު
11 Jan 2024 | 16:53
މަސތުވާތެކެތީގެ މައްސަލައިގައި ހައްޔަރުކުރި އަޒްމީލް ކޯޓުން ދޫކޮށްލައިފި

ފިލްމީ ދާއިރާގައި މަސައްކަތް ކުރާ އަހުމަދު އަޒްމީލް (އަޒޭ) މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށް ބަންދުގެ މުއްދަތު ޖެހުމަށް ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން އޭނާ ދޫކޮށްލަން އަމުރުކޮށްފިއެވެ.

ފުލުހުން އަޒޭ ހައްޔަރު ކޮށްފައިވަނީ މަސްތުވާތަކެއްޗާއި ދެކޮޅަށް ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޑްރަގް އެންފޯސްޓްމަންޓާއި ފުލުހުންގެ އިންޓެލިޖެންސް ގުޅިގެން ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި އިއްޔެގެ ރޭ ކޯޓު އަމުރެއްގެ ދަށުން ވިލިމާލޭގެ ފުލެޓެއް ބަލައިފާސްކުރުމުގެ ތެރެއިންނެވެ.

މި ކަމާއި ގުޅިގެން ފުލުހުން ބުނެފައިވަނީ އެ ފްލެޓް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ އެއްޗެއް ހުރި ފަސް ރަބަރު ޕެކެޓާއި މަސްތުވާތަކެތި ބަންދުކުރުމަށް ބޭނުންކުރާ ސާމާނު ފެނިފައިވާ ކަމަށެވެ.

މި މައްސަލާގައި ފުލުހުން ހައްޔަރުކުރި އަޒޭގެ ބަންދުގެ މުއްދަތު އިތުރުކުރުމަށް އިއްޔެ ކޯޓަށް ގެންދިއުމުން ކްރިމިނަލް ކޯޓުން ނިންމީ ޝަރުތުތަކާ އެކު އޭނާ ދޫކޮށްލުމަށެވެ.

ކޯޓުގެ އަމުރުގައިވާ ގޮތުން އޭނާ ހައްޔަރުކުރި ވަގުތު އޭނާ ހުރި ކޮޓަރީގެ ތެރޭގައި އޮތް ދަބަހެއްގެ ތެރެއިން މަސްތުވާތަކެތި ކަމަށް ބެލެވޭ ޕެކެޓެއް ފެނިފައިވެ އެވެ. ނަމަވެސް އޭނާގެ އިތުރު ކުށުގެ ރެކޯޑެއް ނެތުމާއި މުޖްތަމައުގެ ސަލާމަތަށް ނުރައްކަލެއް ނެތުމުން އޭނާ ދޫކޮށްލަން ނިންމީ ކަމަށެވެ.

ކޮމެންޓް
ގުޅޭ ލިޔުންތައް
06 Jul 2026
ދުވާރުތަކުގައި އުޅަނދު ޕާކުކުރާ މައްސަލަ؛ ހަނދާންކޮށްދެނީ، ފިޔަވަޅެއް ނާޅާ
ހުޅުމާލޭގެ ދެ ފޭހުގައިވާ ސޯޝަލް ހައުސިންތަކުގައި މިގޮތަށް ވެހިކަލް ޕާކުކުރުމަކީ ވަރަށް އާންމު ކަމެކެވެ. ތަކުރާރުކޮށް އެކަން ކުރާ މީހުންގެ މައްސަލަ ފުލުހަށް ހުށައެޅި ނަމަވެސް ފިޔަވަޅު ނާޅާކަމުގެ ޝަކުވާ ބޮޑެވެ.
06 Jul 2026
އިމިގްރޭޝަންގެ އޮޕަރޭޝަން ފުޑް ކޯޓްތަކަށް، 27 ބިދޭސީން ހައްޔަރު
މި އޮޕަރޭޝަނުގައި ޖުމްލަ 88 ބިދޭސީއަކު ބަލައި ފާސްކޮށް، ގަވާއިދާ ހިލާފަށް އުޅެމުންދިއަ 27 ބިދޭސީއަކު ވަނީ އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނެސްފަ އެވެ.
06 Jul 2026
ޒުވާން ޚަޠީބުންގެ ޤައުމީ މަހާސިންތާގައި ބައިވެރިވާން ހުޅުވާލައިފި
މި މަހާސިންތާގައި ބައިވެރިވާން އެދޭ ފަރާތްތަކުން 15 ޖުލައިގެ ކުރިން އެޕްލިކޭޝަނަށް ފޯމު ހުށައެޅުމަށް ވުޒާރާއިން އެދެ އެވެ.
06 Jul 2026
އަދާލަތާއި އެމްއެންޕީން އޮޑިޓް ރިޕޯޓް ހުށަނާޅާ: އިލެކްޝަންސް
އިލެކްޝަންސް ކޮމިޝަނުން ބުނީ 2025 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް ހުށައަޅަން މެއި 20 ވަނަ ދުވަހުގެ ނިޔަލަށް ފުރުސަތު ދިން ކަމަށެވެ.
06 Jul 2026
ސަޢޫދީގެ ވަފުދެއް ރާއްޖޭގައި، ރައީސް ބައްދަލުކުރައްވައިފި
ސަޢޫދީ ޢަރަބިއްޔާގެ ވަފުދުން ވަނީ، ދިވެހި ސަރުކާރާއި ދިވެހިރާއްޖެއިން ދެންނެވި ހޫނު މަރަޙަބާއަށާއި ބެހެއްޓެވި މެހުމާންދާރީއަށް ޝުކުރު އަދާކުރައްވާފަ އެވެ.
06 Jul 2026
ބޯހިޔާވަހިކަމުގެ މައުލޫމާތު ފޯރުކޮށްދިނުމަށް ވައިބާ ކޮމިއުނިޓީތަކެއް
ގެދޮރުވެރިކަމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާއިން ބުނީ އެކަމަށް ހާއްސަކޮށް ހަތަރު, ވައިބާ ކޮމިއުނިޓީއެއް އުފައްދާފައިވާ ކަމަށެވެ.
06 Jul 2026
ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަތުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް
ރަށްރަށުގައި ބޭސްލިބުމަށް ދިމާވާ ދަތިތައް ދެނެގަނެ، ހަރުދަނާ ސިޔާސަތެއް ބިނާކުރުމަށް ސްޓޭޓްފާމާއިން ސިލްސިލާ ބައްދަލުވުންތަކެއް ފަށައިފި އެވެ.
06 Jul 2026
ހޯރަފުށީ ފަރުމައްޗަށް ބޮޑުމަހެއް ލައްގައިފި
ލެއްގި ބޮޑުމަހުގައި 30 ކިލޯ ހުރިއިރު އެ މަސް މިހާރު ވަނީ ވަޅުލާފައެވެ